‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪y y‬މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި‬ ‫ކުޑަކުދިންނާ މުޢާމަލާތްކުރާނެ ތަމްރީނު ނެތް އަދި ކުދިން ބައިތިއްބާ މަރުކަޒުތަކުގައި ހިނގާ ކަންކަން ބެލުމުގެ އެއްވެސް‬ ‫ހައިސިއްޔަތެއްނެތް އަމިއްލަ ފަރާތްތަކުން މަރުކަޒު ތެރެއަށް ވަދެ‪ ،‬މީޑިއާތަކުން ކުދިންގެ ޙަރަކާތްތައް ފެންނަހެން ފޮޓޯ‪/‬‬ ‫ވީޑިއޯ ނަގައި އެފަރާތްތަކުގެ ސޯޝަލް މިޑިޔާތަކުގައި ޕޯސްޓުކުރުންފަދަ ކުދިންގެ ކަރާމަތަށް އަސަރު ފޯރާ ފަދަ ކަންކަން‬ ‫ހިންގާފައިވާކަން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައިން ފާހަގަކުރެވިފައިވާތީ މި މައްސަލައަށް ރިޢާޔަތްކޮށް ކޮމިޝަނުގެ‬ ‫ކަންބޮޑުވުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޙިއްޞާކޮށްފައިވާނެއެވެ‪.‬‬ ‫‪y y‬ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުދިން އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރު ނުވަތަ ގެންދާއިރު އެކަން‬ ‫އެ ކުދިންގެ ޢާއިލާއަށް ނުވަތަ ބެލެނިވެރިފަރާތަށް އަންގާފައިނުވާކަން ފާހަގަކުރެވިފައިވާތީ‪ ،‬އެކަމާގުޅުންހުރި އުޞޫލެއް‬ ‫އެކުލަވާލުމަށްފަހު ކޮމިޝަނަށް ޙިއްޞާކުރުމަށް ދަންނަވާފައިވާނެއެވެ‪.‬‬ ‫‪2.22.2‬ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން މަނާކުރުން‬ ‫‪2020‬ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ އާންމު ޤަވާއިދުގެ ‪ 11‬ވަނަ މާއްދާގައި ތަމްރީނު ދިނުމަށާއި ޢާއިލާގެ‬ ‫މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި‪ ،‬ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލަންވާނެކަމަށް ބަޔާން‬ ‫ކޮށްފައިވެއެވެ‪ .‬އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ ޢާންމު ޤަވާޢިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ‪3‬‬ ‫މަސްދުވަހުގެ ތެރޭގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މި އުޞޫލު އެކުލަވާލައި‪ ،‬ދިވެހި ސަރުކާރުގެ‬ ‫ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ‪ .‬އެހެންނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު‬ ‫ޤަވާޢިދުގެ ‪ 11‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު އެކުލަވާލައި ނިމިފައިނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން‬ ‫ސަރވިސްއިން ކޮމިޝަނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪ .‬އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢާންމު ޤަވާޢިދު‬ ‫އިޞްލާޙުކުރުމުގެ މަސައްކަތްކުރަމުންދާއިރު‪ ،‬ބަޔާންކޮށްފައިވާ އުޞޫލުގައި ހިމަނަންޖެހޭ ބައިތައް ޤަވާޢިދުގެ ތެރޭގައި‬ ‫ހިމެނިގެންދާނެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫‪2121‬މި ރިޕޯޓްގެ މުއްދަތުގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން ކުރިއަށް ގެންދިޔަ ‪ 486‬އިންސްޕެކްޝަންގެ ތެރެއިން ކުޑަކުދިން‬ ‫ލައްވައި މަސައްކަތް ކުރުވުމާ ގުޅޭ ‪ 31‬މައްސަލައެއް ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪2222‬ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާ ގުޅޭ މައްސަލަތައް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިނިސްޓްރީ އޮފް ޖެންޑަރ‬ ‫ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހިއްސާކޮށްފައިވެއެވެ‪ .‬މި މަސައްކަތުގެ ތެރޭގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް‬ ‫ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމާބެހޭ ޢާންމު ޤަވާޢިދަށް މުޖުތަމަޢު ހޭލުންތެރިކަން‬ ‫ކުޑަވުމާއި މާލީ ވަސީލަތްތައް ނެތުން ހިމެނެއެވެ‪.‬‬ ‫‪2323‬ކުޑަ ދެކުއްޖަކު ދިރިއުޅެމުންދާ މާޙައުލު ރައްކާތެރި ނޫންކަމަށާއި‪ ،‬އެކުދިން ލައްވައި ޢުމުރާ ނުގުޅޭ މަސައްކަތް ކުރުވާކަމަށްބުނެ‬ ‫ކޮމިޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޮމިޝަނުން އިސްނަގައިގެން މައްސަލައެއް ބަލައި ތަޙްޤީޤު ކޮށްފައިވެއެވެ‪.‬‬ ‫‪2424‬ކޮމިޝަންގެ ‪ 2021‬ވަނަ އަހަރުގެ އިންސާނީ ހައްޤުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި‬ ‫ކުރުމުގެ އާންމު ޤަވާއިދުގެ ‪ 11‬ވަނަ މާއްދާގައި ތަމްރީނު ދިނުމަށާއި ޢާއިލާގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމުގައި‪ ،‬ވަޒީފާދޭ‬ ‫ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާފައިނުވެއެވެ‪ .‬އެހެންނަމަވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ‬ ‫އާންމު ޤަވާއިދު އިސްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމާއި މި އުޞޫލުގައި ހިމަނަންޖެހޭ ބައިތައް ޤަވާއިދުގެ ތެރޭގައި‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪19‬‬

Выберите целевой абзац3