ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިމެނިގެންދާނެކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ .މިއަހަރު ރިޕޯޓުގެ
މުއްދަތުގައި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާ ގުޅޭ މައްސަލަތައް ލޭބަރ ރިލޭޝަން އޮތޯރިޓީއިން ފާހަގަކޮށްފައިވާކަމާއި
މި ކަމާ ގުޅޭ މައްސަލައެއް ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
2.32.3ޖުވެނައިލް ޖަސްޓިސް
2525ޤާނޫނު ނަންބަރު ( 2019/18ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގައި ،ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި،
ޤާނޫނުގެ ވެރިކަމަށް ބޯލަނބައި ،ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކޮށް،
އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ކުރެވުނު ޢަމަލަށް ޒިންމާ ނަގައި ،ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި
އެ ޢަމަލުގެ ކޮޑަބޮޑުމިނަށް ރިޢާޔަތްކުރުމަށްފަހު ،މައްސަލަ ޝަރީޢަތަށް ހުށަހެޅުމަކާ ނުލައި ،ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ
ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް ،ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ
ފިޔަވަޅުތައް އެޅުމަށް އިސްކަންދިނުމަށް އަންގައި ބަޔާންކޮށްފައިވެއެވެ.
2626ޤާނޫނު ނަންބަރު ( 2019/18ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ ދަށުން ޖިނާއީ ޒިންމާ އުފުލޭ ޢުމުރު ކަމުގައި ކަނޑައަޅާފައިވަނީ
15އަހަރެވެ .މިގޮތުން 15އަހަރުން ދަށުގެ ކުދިން އެއްވެސް ޖިނާއީ ދައުވާއެއްގައި ހައްޔަރު ނުކުރެވޭކަންވެސް ވަނީ
ބަޔާންކޮށްފައެވެ.
8
2727މާރާމާރީއެއްގެ މައްސަލައެއްގައި ' ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ' ދަޢުވާ ދައުލަތުގެ ފަރާތުން
އުފުލައިފައިވާ ކުޑަކުއްޖަކު ބަންދުކޮށްފައިވާ ބަންދު މަރުކަޒަކީ ،ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް
ނޫންކަމަށް މި ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތައް ،ކުއްޖާގެ ބަންދަށް ލުޔެއްދީ ޝަރުތުތަކާއެކު އެކުއްޖާ ގޭބަންދަށް
ބަދަލުކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވާކަން ފާހަގަކުރެވިފައިވެއެވެ.
9
2828ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބައިވެރިވުމާ ބެހޭ
އުޞޫލު އެކުލަވާލާފައިވާކަން ފާހަގަކުރެވިފައިވެއެވެ .މި އުޞޫލުގެ ދަށުން ،ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ
ޝަރީޢަތްތައް ހިންގާއިރު ،އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ ޟަރޫރަތެއް
އޮތްކަމަށް ފަނޑިޔާރު ނިންމަވައިފިނަމަ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް
މެދުވެރިކޮށް ޝަރީޢަތްތަކުގައި ބައިވެރިވުމާ ބެހޭ ކަންކަން ބަޔާންކޮށްފައިވެއެވެ.
10
2929ޤާނޫނު ނަމްބަރު ( )2019/18ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 36ވަނަ މާއްދާއާ އެއްގޮތްވާގޮތުގެމަތިން ،ޖުވެނައިލް
ޑައިވަރޝަން ނިޒާމުގެދަށުން މި ރިޕޯޓުގެ މުއްދަތުގައި ނަގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ،ކުއްޖާ ތައުލީމީ މަރުކަޒަކަށް
ވަކި މުއްދަތަކަށް ހާޒިރުވުމަށް އަންގައިދިނުމާއި ،ކުއްޖާގެ ޢާއިލާއާ ނުވަތަ ބެލެނިވެރިޔާއާއެކު ކަނޑައެޅިފައިވާ މުއްދަތަކަށް
ވަގުތު ހޭދަކުރުމަށް އެންގުމާއި ،ކުއްޖާއަށް ކައުންސެލިންގ ،ގްރޫޕް ކައުންސެލިންގ ،އަދި ތެރަޕިއުޓިކް ޕްރޮގްރާމްތަކުގައި
ބައިވެރިވުމަށް އިރުޝާދު ދިނުމާއި ،ޒިންމާދާރު މީހެއްގެ އިރުޝާދުގެ ދަށުން ކުއްޖާގެ ސުލޫކު މޮނިޓަރ ކުރުމަށް އިރުޝާދު
ދިނުމާއި ،ވޮކޭޝަނަލް ޓްރެއިނިންގ ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުމާއި ،ހަރުދަނާ ބެލެނިވެރިން ތަމްރީނު
ކުރުމުގެ ޕްރޮގްރާމް ހިންގުން ހިމެނެއެވެ.
11
3030ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި ޖުވެނައިލް ޑައިވަރޝަން ޕްރޮގްރާމް ކުރިއަށް
ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާވަރަށް އިންސާނީ ވަސީލަތްތައް ނުލިބުމާއި ،ޑައިވަރޝަން
ކޮންސެޕްޓަކީ ރާއްޖެއަށް އައު ކޮންސެޕްޓަކަށް ވުމާއެކު ގޮންޖެހުންތައް ދިމާވާކަމާއި ،ކުޑަކުދިންނާ ގުޅުންހުރި ޕްރޮގްރާމްތައް
20
ހިއުމަން ރައިޓްސް ރިޕޯޓް 2022