ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1515ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މި ވޭތުވެދިޔަ 2އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 32.6%އަކީ
ކުޑަކުދިންނަށް ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ .މީގެތެރެއިން 58%މައްސަލައަކީ އަންހެންކުދިންނަށް
ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަން ފާހަގަކުރެވިފައިވެއެވެ.
6
1616މި ރިޕޯޓުގެ މުއްދަތުގައި ކުޑަކުދިންގެ ޙައްޤަށް ރިޢާޔަތްކޮށް 25މައްސަލައެއް ކޮމިޝަނުން ބަލައި ތަޙްޤީޤު ކުރުމަށް
ނިންމާފައިވެއެވެ .އޭގެތެރޭގައި މުޖުތަމަޢުން ކުޑަކުދިންނަށް އެކިކަހަލަ އަނިޔާކޮށްގެން ބަލައި ތަޙްޤީޤު ކުރުމަށް ނިންމުނު 11
މައްސަލައަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި 10ކުއްޖަކާ ގުޅުންހުރި މައްސަލަ ހިމެނެއެވެ .އަދި ޝަރުޢީ މަރުޙަލާގައި
ކުޑަކުއްޖެއްގެ މައްސަލައާމެދު ގޮތެއް ނިންމުން ލަސްވެގެން ދިއުމުން އެމައްސަލަ ބަލައި ތަޙްޤީޤު ކުރުމަށް ނިންމާފައިވާ
މައްސަލައަކާއި ޢާއިލީ މައްސަލަތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު 3މައްސަލަ ބަލައި ތަޙްޤީޤު ކުރުމަށް ކޮމިޝަނުން
ނިންމާފައިވެއެވެ .މި ރިޕޯޓުގެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 10މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ވަނީ
ބަލައިނިންމާފައެވެ.
1717މި ރިޕޯޓްގެ މުއްދަތުގައި ސްކޫލްގެ މާހައުލުން ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލަތައް މީޑިއާތަކުގައި
ދައުރުވެފައިވާކަން ފާހަގަކުރެވުނެވެ 7.ސުކޫލްގެ މާޙައުލުގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލައެއް ކޮމިޝަނުން
ބަލައި ތަޙްޤީޤް ކޮށްފައިވެއެވެ.
1818ޖުމްލަގޮތެއްގައި ކުޑަކުދިންނަށް އަނިޔާ ކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް
އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށާއި ކޮމިޝަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކާއި
އިހުމާލުގެ މައްސަލަތައްކަން ފާހަގަކުރަމެވެ .ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ޖިންސީ އަނިޔާގެ މައްސަލަތައް
މަދުކަމާއި ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތައްކަންވެސް ފާހަގަކުރެވުނެވެ .ހަމަ އެހެންމެ ،ކުޑަކުދިންނަށް އަނިޔާކޮށްގެން
ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނައީ އަންހެން ކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަންވެސް
ފާހަގަކުރަމެވެ .ސްކޫލްގެ މާހައުލުން ކަންބޮޑުވާ މިންވަރަށް ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓުތައް މީޑިއާގައި
ދައުރުވެފައިވާކަން ފާހަގަކުރަމެވެ.
1919ހަމައެހެންމެ ،ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ރިޕޯޓުގެ މުއްދަތުގައި ވެސް އަނިޔާއާ ކުރިމަތިލާންޖެހިފައިވާކަން
ފާހަގަކުރަމެވެ .މި މައްސަލަތަކުގައި އަމަލުކުރަން އޮންނަ ނިޒާމް ހަރުދަނާ ކުރަން އެޅިދާނެ ފިޔަވަޅުތައް ކޮމިޝަނުންވަނީ
ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ .އޭގެތެރޭގައި؛
y yދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުޑަކުދިން ،ވަގުތީގޮތުން ތަންތަނުގައި ބޭތިއްބުމުގައި ޢަމަލުކުރާނެ އުޞޫލެއް
އެކުލަވާލާފައިނުވާކަން ފާހަގަކުރެވިފައިވާތީ މިކަން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ
ސަމާލުކަމަށް ކޮމިޝަނުން ގެނެސްފައިވާނެއެވެ.
y yހަމައެހެންމެ ،ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ސީންއަށް
އެޓެންޑްވާ ފުލުހުންނާއި މިނިސްޓްރީގެ މުވައްޒަފުން މިފަދަ ޙާލަތްތަކުގައި ކުދިން ކޮންޓްރޯލް ކުރުމަށާއި ތަނުގެ ޙާލަތު
ކޮންޓްރޯލް ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ ޕްލޭނެއް ނުވަތަ އުޞޫލެއް އެކުލަވާލާފައި ނެތުމުން މިނިސްޓްރީ އޮފް
ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ދިވެހި ފުލުހުންގެ ޚިދުމަތާއި މަޝްވަރާކޮށް މިފަދަ އުޞޫލެއް
އެކުލަވާލުމަށް ކޮމިޝަނުން ވާނީ ދަންނަވާފައެވެ.
18
ހިއުމަން ރައިޓްސް ރިޕޯޓް 2022