‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1515‬ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މި ވޭތުވެދިޔަ ‪ 2‬އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ‪ 32.6%‬އަކީ‬ ‫ކުޑަކުދިންނަށް ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ‪ .‬މީގެތެރެއިން ‪ 58%‬މައްސަލައަކީ އަންހެންކުދިންނަށް‬ ‫ގެވެށި އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪6‬‬ ‫‪1616‬މި ރިޕޯޓުގެ މުއްދަތުގައި ކުޑަކުދިންގެ ޙައްޤަށް ރިޢާޔަތްކޮށް ‪ 25‬މައްސަލައެއް ކޮމިޝަނުން ބަލައި ތަޙްޤީޤު ކުރުމަށް‬ ‫ނިންމާފައިވެއެވެ‪ .‬އޭގެތެރޭގައި މުޖުތަމަޢުން ކުޑަކުދިންނަށް އެކިކަހަލަ އަނިޔާކޮށްގެން ބަލައި ތަޙްޤީޤު ކުރުމަށް ނިންމުނު ‪11‬‬ ‫މައްސަލައަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ‪ 10‬ކުއްޖަކާ ގުޅުންހުރި މައްސަލަ ހިމެނެއެވެ‪ .‬އަދި ޝަރުޢީ މަރުޙަލާގައި‬ ‫ކުޑަކުއްޖެއްގެ މައްސަލައާމެދު ގޮތެއް ނިންމުން ލަސްވެގެން ދިއުމުން އެމައްސަލަ ބަލައި ތަޙްޤީޤު ކުރުމަށް ނިންމާފައިވާ‬ ‫މައްސަލައަކާއި ޢާއިލީ މައްސަލަތަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު ‪ 3‬މައްސަލަ ބަލައި ތަޙްޤީޤު ކުރުމަށް ކޮމިޝަނުން‬ ‫ނިންމާފައިވެއެވެ‪ .‬މި ރިޕޯޓުގެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ‪ 10‬މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ވަނީ‬ ‫ބަލައިނިންމާފައެވެ‪.‬‬ ‫‪1717‬މި ރިޕޯޓްގެ މުއްދަތުގައި ސްކޫލްގެ މާހައުލުން ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލަތައް މީޑިއާތަކުގައި‬ ‫ދައުރުވެފައިވާކަން ފާހަގަކުރެވުނެވެ‪ 7.‬ސުކޫލްގެ މާޙައުލުގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލައެއް ކޮމިޝަނުން‬ ‫ބަލައި ތަޙްޤީޤް ކޮށްފައިވެއެވެ‪.‬‬ ‫‪1818‬ޖުމްލަގޮތެއްގައި ކުޑަކުދިންނަށް އަނިޔާ ކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް‬ ‫އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށާއި ކޮމިޝަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކާއި‬ ‫އިހުމާލުގެ މައްސަލަތައްކަން ފާހަގަކުރަމެވެ‪ .‬ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ޖިންސީ އަނިޔާގެ މައްސަލަތައް‬ ‫މަދުކަމާއި ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތައްކަންވެސް ފާހަގަކުރެވުނެވެ‪ .‬ހަމަ އެހެންމެ‪ ،‬ކުޑަކުދިންނަށް އަނިޔާކޮށްގެން‬ ‫ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނައީ އަންހެން ކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަންވެސް‬ ‫ފާހަގަކުރަމެވެ‪ .‬ސްކޫލްގެ މާހައުލުން ކަންބޮޑުވާ މިންވަރަށް ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓުތައް މީޑިއާގައި‬ ‫ދައުރުވެފައިވާކަން ފާހަގަކުރަމެވެ‪.‬‬ ‫‪1919‬ހަމައެހެންމެ‪ ،‬ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ރިޕޯޓުގެ މުއްދަތުގައި ވެސް އަނިޔާއާ ކުރިމަތިލާންޖެހިފައިވާކަން‬ ‫ފާހަގަކުރަމެވެ‪ .‬މި މައްސަލަތަކުގައި އަމަލުކުރަން އޮންނަ ނިޒާމް ހަރުދަނާ ކުރަން އެޅިދާނެ ފިޔަވަޅުތައް ކޮމިޝަނުންވަނީ‬ ‫ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ‪ .‬އޭގެތެރޭގައި؛‬ ‫‪y y‬ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުޑަކުދިން‪ ،‬ވަގުތީގޮތުން ތަންތަނުގައި ބޭތިއްބުމުގައި ޢަމަލުކުރާނެ އުޞޫލެއް‬ ‫އެކުލަވާލާފައިނުވާކަން ފާހަގަކުރެވިފައިވާތީ މިކަން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ‬ ‫ސަމާލުކަމަށް ކޮމިޝަނުން ގެނެސްފައިވާނެއެވެ‪.‬‬ ‫‪y y‬ހަމައެހެންމެ‪ ،‬ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ސީންއަށް‬ ‫އެޓެންޑްވާ ފުލުހުންނާއި މިނިސްޓްރީގެ މުވައްޒަފުން މިފަދަ ޙާލަތްތަކުގައި ކުދިން ކޮންޓްރޯލް ކުރުމަށާއި ތަނުގެ ޙާލަތު‬ ‫ކޮންޓްރޯލް ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ ޕްލޭނެއް ނުވަތަ އުޞޫލެއް އެކުލަވާލާފައި ނެތުމުން މިނިސްޓްރީ އޮފް‬ ‫ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ދިވެހި ފުލުހުންގެ ޚިދުމަތާއި މަޝްވަރާކޮށް މިފަދަ އުޞޫލެއް‬ ‫އެކުލަވާލުމަށް ކޮމިޝަނުން ވާނީ ދަންނަވާފައެވެ‪.‬‬ ‫‪18‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3