‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪ 11.11.8‬މައްސަލަ ރިޕޯޓުކުރުމާއި ހިއުމަން ޓްރެފިކް ކުރިވިފައިވާ މީހުން ދެނެގަތުމާއި އެކަށައަޅާފައިވާ ރެފަރަލް‬ ‫ނިޒާމު‬ ‫‪19195‬ބައެއް ބިދޭސީ މަސައްކަތްތެރިން އެމީހުން މައްސަލަތައް ހުށަހަޅާނެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަކީ ކޮބައިކަން ނޭނގޭކަމާއި‬ ‫ރަސްމީ ލިޔެކިޔުމެއް ނެތުމަކީ ބިދޭސީ މަސައްކަތްތެރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ޖެހިލުންވާ‬ ‫ސަބަބެއްކަމަށް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪204‬‬ ‫‪19196‬ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކުރަމުންދަނީ ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން ‪ 2016‬ވަނަ‬ ‫އަހަރު ފާސްކޮށްފައިވާ ވިކްޓިމް އައިޑެންޓިފިކޭޝަން ގައިޑްލައިނަށެވެ‪ .‬ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ހިއްސާކޮށްފައިވާ‬ ‫ގޮތުގައި ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވާ މީހުން ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުގެ މެދުގައި އަމަލުކުރާނެ ސްޓޭންޑަރޑް‬ ‫މެކޭނިޒަމެއް ނެތްކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪19197‬ޔޫ‪.‬އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މޮނިޓަރ އެންޑް ކޮމްބެޓް ޓްރެފިކިންގ އިން ޕާރސަންސް އިން ‪ 2022‬ވަނަ އަހަރު‬ ‫ޝާއިޢުކޮށްފައިވާ ޓްރެފިކިންގ އިން ޕާރސަންސް ރިޕޯޓުގައި ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވާ މީހުން ދެނެގަތުމަށް‬ ‫ޚިދުމަތްތަކަށް ރިފަރކުރުމުގައި ޢަމަލުކުރާނެ އެސްއޯޕީއެއް ގާއިމުވެފައިނެތްކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪205‬‬ ‫އެހެންނަމަވެސް ހިއުމަން‬ ‫ޓްރެފިކިންގގެ ޝިކާރައަކަށްވާ ފަރާތްތައް ޕްރޮއެކްޓިވްކޮށް ދެނެގަތުމާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރެފަރަލް ޚިދުމަތްތައް‬ ‫ހަރުދަނާކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪ .‬ހަމައެހެންމެ ދިވެހި‬ ‫ފުލުހުންގެ ޚިދުމަތުގެ ފަރާތުން އޮންލައިން ރެފަރަލް މެކޭނިޒަމެއް ގާއިމުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ‪ .‬އެހެންނަމަވެސް މި‬ ‫އޮންލައިން ރެފަރަލް މެކޭނިޒަމް އަދި އެކި ބަސްބަހަށް ތަރުޖަމާކުރެވިފައި ނުވާކަމަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫‪ 11.11.9‬ހިއުމަން ޓްރެފިކިންގ މައްސަލަތައް ތަޙްޤީޤުކުރުން‬ ‫‪19198‬ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި މި ރިޕޯޓުގެ މުއްދަތުގައި ހިއުމަން ޓްރެފިކިންގގެ އެއް‬ ‫މައްސަލައެއް ތަޙްޤީޤުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ މަޖުބޫރުކުރުވައިގެން ހަށިވިއްކުމުގެ ޝިކާރައަކަށް ވެފައިވާ‬ ‫އުމުރުން ‪ 18‬އަހަރުން ދަށުގެ‬ ‫ބިދޭސީ ‪ 3‬ކުދިންނެވެ‪ .‬އަދި މައްސަލަ ރައްދުވަނީ ވެސް ބިދޭސީންނަށެވެ‪ .‬ހިއުމަން‬ ‫ޓްރެފިކިންގގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން ތަޙްޤީޤަށް އެއްބާރުލުން ނުލިބުމާއި‪ ،‬ބިދޭސީންނާ މުއާމަލާތްކުރަންޖެހޭ‬ ‫ހާލަތްތަކުގައި ތަރުޖަމާނުން ހޯދުމަށް ދަތިވުމާއި ހިއުމަން ޓްރެފިކިންގ މައްސަލަތައް ރެގިއުލޭޓްކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ‬ ‫މެދުގައި ޤައުމީ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ ނެތުމަކީ ވެސް ގޮންޖެހުމެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން‬ ‫ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪ 11.11.10‬ޕްރޮސެކިއުޝަށް‬ ‫‪19199‬ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި ރިޕޯޓުގެ މުއްދަތުގައި ހިއުމަން ޓްރެފިކިންގއާ ގުޅިގެން‬ ‫ޑިއުޓީ ޕްރޮސެކިއުޝަނަށް ‪ 28‬މައްސަލައެއް ހުށަހަޅާފައިވެއެވެ ‪ .‬މީގެ ތެރެއިން އިތުރު މަޢުލޫމާތު ސާފުކުރުމަށް ‪ 27‬މައްސަލައެއް‬ ‫އިތުރު މަޢުލޫމާތު ހޯދުމަށް އަނބުރާ ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން‬ ‫މަޢުލޫމާތު ހިއްސާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪206‬‬ ‫އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނުން‬ ‫ބަލައިގެންފައިވާ ހިއުމަން ޓްރެފިކިންގގެ މައްސަލައިގައި ހިމެނެނީ މަޖުބޫރުކުރުވައިގެން ހަށިވިއްކުމުގެ ޝިކާރައަކަށްވެފައިވާ‬ ‫‪ 18‬އަހަރުން ދަށުގެ ‪ 3‬ބިދޭސީ ކުއްޖެއްގެ މައްސަލައެއް ކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪70‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪207‬‬

Выберите целевой абзац3