‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪20200‬ހިއުމަން ޓްރެފިކިންގ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޝާމިލްވާ ޕޮލިސް އޮފިސަރުންގެ ޢަދަދު މަދުވުމުގެ ސަބަބުން ތަޙްޤީޤު‬ ‫މަރުހަލާ ދިގުލައިގެންގޮސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާއިރު ހެކިން ޤައުމުން ފުރައިގެން ދިޔުން‬ ‫ނުވަތަ ވިސްނުން ބަދަލުވުން ހިމެނޭކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ‪ .‬ހަމައެހެންމެ‪ ،‬ވިޓްނަސް‬ ‫ޕްރޮޓެކްޝަން ފްރޭމްވާރކް ނެތުމަކީ ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ގޮތުގައި ދެނެގަތުމަށް ބޭނުންވާން‬ ‫ފަސްޖެހޭ ސަބަބެއްކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ‪ .‬މީގެ އިތުރުން ވެސް ޝަރީޢަތް‬ ‫ލަސްވުމުގެ ސަބަބުން ގިނަ ހެކިންގެ އެއްބާރުލުން ނުލިބުމާއި މިދާއިރާއިން ޚާއްޞަ ތަމްރީން ލިބިފައިވާ ޕްރޮސެކިއުޓަރުން‬ ‫މަދުކަން ވަނީ ފާހަގަކޮށްފައެވެ‪.‬‬ ‫‪ 11.11.11‬ޓްރެފިކްކުރެވޭ މީހުންކަމުގައި ބެލެވޭ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް‬ ‫‪20201‬މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުގައި އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޤާއިމުކޮށް ދައުލަތުގެ ބަޖެޓުން‬ ‫އޮފީސް ހިންގުމުގެ ޚަރަދާއި އެކްޝަން ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްކުރަމުންދެއެވެ‪.‬‬ ‫‪208‬‬ ‫ޝެލްޓަރގެ ޚިދުމަތްތައް (ގެސްޓް ހައުސްތަކުގައި) ފޯރުކޮށްދީ‬ ‫‪209‬‬ ‫މިނިސްޓްރީ އޮފް ޑިފެންސުން‬ ‫އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން ރިވައިސް ކުރުމަށް‬ ‫މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ‪.‬‬ ‫‪20202‬ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން ވަނީ ވިކްޓިމް ސަޕޯޓް އަދި ޝެލްޓަރ ގައިޑްލައިނެއް‬ ‫އެކުލަވާލާފައެވެ‪.‬‬ ‫‪210‬‬ ‫އެންޓި ޓްރެފިކިންގ އޮފީހުގެ ފަރާތުން ޝެލްޓަރގެ ޚިދުމަތްތަކުގެ އިތުރުން ޞިއްޙީ ފަރުވާއާއި ހެލްތް‬ ‫އެޑިޔުކޭޝަން‪ ،‬ކައުންސިލިންގ އަދި ތަރުޖަމާނުންގެ ޚިދުމަތްތައް ޓްރެފިކްކުރެވޭ މީހުންނަށް ދަނީ ފޯރުކޮށްދެމުންނެވެ‪ .‬މިގޮތުން‬ ‫މިރިޕޯޓުގެ މުއްދަތުގެ ނިޔަލަށް ޓްރެފިކްވެފައިވާ‪ ،‬ތައިލެންޑްގެ ‪ 5‬އަންހެނުންނަށް ބޯހިޔާވަހިކަމުގެ ޚިދުމަތް އެންޓި ޓްރެފިކިންގ‬ ‫އޮފީހުން ފޯރުކޮށްދީފައިވެއެވެ‪ .‬މި ‪ 5‬އަންހެނުންނަކީ ވެސް މަޖުބޫރުކުރުވައިގެން ހަށިވިއްކުމުގެ ޝިކާރައަކަށްވެފައިވާ‬ ‫އަންހެނުންނެވެ‪.‬‬ ‫‪20203‬ޓްރެފިކް ކުރެވޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލުކުރާނެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރތައް ނެތުމަކީ‬ ‫ގޮންޖެހުމެއްކަމަށް އެންޓި ޓްރެފިކިންގ އިން ޕާރސަން އޮފީހުން ފާހަގަކޮށްފައިވެއެވެ‪ .‬އެހެންނަމަވެސް އެ ފަރާތުން މިނިސްޓްރީ އޮފް‬ ‫ހެލްތާއެކު ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫‪20204‬ޓްރެފިކްކުރެވޭ މީހުންކަމަށް ބެލެވޭ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންގެ‬ ‫ޚިދުމަތްތައް ފަސޭހައިން ލިބެން ނެތުމަކީވެސް އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ‪.‬‬ ‫ސަބަބަކީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ އަދި ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިކަން‬ ‫ފޯރުކޮށްދިނުމުގައި މި ދާއިރާއަށް އަހުލުވެރިވެފައިވާ‪ ،‬ތަޖުރިބާއާއި ހުނަރުހުރި މީހުން މަދުވުމެވެ‪ .‬ހަމައެހެންމެ‪ ،‬ފާއިތުވި‬ ‫ދުވަސްތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ ޢަދަދު މަތިވެފައިވާއިރު އެފަރާތްތަކުން‬ ‫ބޭނުންވަނީ އަންހެން ތަރުޖަމާނުންނާ މުޢާމަލާތްކުރަން ކަމުގައިވާތީ މިއީ އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހަށް‬ ‫ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ‪ .‬އެހެންކަމުން މިކަން ހައްލުކުރުމަށް ތަރުޖަމާނުންނާއި ޖެންޑަރ ސެންސިޓިވިޓީ ކޮމްޕޯނެންޓެއް‬ ‫ހިމެނޭގޮތަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވިފައިވާ ކަމުގެ މަޢުލޫމާތު އެންޓި ޓްރެފިކިންގ އިން‬ ‫ޕާރސަންސް އޮފީހުން ހިއްސާކޮށްފައިވެއެވެ‪ .‬ހަމައެހެންމެ އާންމު ގޮތެއްގައި ޓްރެފިކްކުރެވޭ ކަމުގައި ބެލެވޭ މީހުންނަށް ޤާނޫނީ‬ ‫އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫‪ 202120205‬ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކާބެހޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މިއަހަރުގެ ރިޕޯޓުގައި ޖުމްލަ ގޮތެއްގައި‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪71‬‬

Выберите целевой абзац3