ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އިތުރުކޮށްފައިވާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ވަޒީފާދޭ ފަރާތުން ،އެފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ،ނުވަތަ ނިދުމަށް
ހަމަޖައްސާ ތަންތަނާއި ،އެމީހުންގެ ޒަރޫރީ ބޭނުންތަކަށް އެތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ
ޢާންމު މިންގަނޑުތައް ،ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އަދި މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ލާޒިމުވާނެކަމަށް ބަޔާންކޮށްފައިވެއެވެ .އަދި ގަވާއިދު
ނަންބަރު ( 15-R/2021ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަޑުތަކުގެ ގަވާއިދު)
ވަނީ ޝާއިޢުކޮށްފައެވެ .މިގަވާއިދުގައި ވަޒީފާދޭ އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ،ނުވަތަ ނިދުމަށް ހަމަޖައްސާ
ތަންތަނާއި ،އެ ތަންތަނުގެ ޒަރޫރީ ބޭނުންތަކަށް އެ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު
މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ .އަލިކަން ހުންނަންޖެހޭ މިންގަނޑާއި ،ވައި ދައުރުވުމާއި ތަނުގެ ބޮޑު މިނުގައި އެންމެ
މަދުވެގެން ފުރިހަމަވާންޖެހޭ މިންތައް ކަނޑައަޅާފައިވެއެވެ .އެހެންނަމަވެސް ގިނަ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެނީ ކުދިކުދި
ކޮޓަރިތަކުގައި ތޮއްޖެހިފައިވާ ހާލުގައިކަން އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން މައުލޫމާތު
ހިއްސާކޮށްފައިވެއެވެ.
198
11.11.6ޗުއްޓީ
19193އިމާރާތްކުރުމުގެ ދާއިރާގައި ރަސްމީ ލިޔެކިޔުންތައް ފުރިހަމަވެފައިވާ ގިނަ ބިދޭސީ މަސައްކަތްތެރިންނަށް ޗުއްޓީއަށް އެނބުރި
އެމީހުންގެ ގައުމަށް ދަތުރުކުރުމަށް ޓިކެޓް ލިބެނީ ވަޒީފާއަދާކުރާތާ 2އަހަރުވުމުންކަމާ އަދި ޗުއްޓީ ނަގާ މުއްދަތަށް
މުސާރަ ނުލިބޭކަން ފާހަގަކުރެވެއެވެ.
199
މީގެ އިތުރުން 2އަހަރަށްވުރެ ކުރިން ޗުއްޓީ ނަގަން ބޭނުންވާނަމަ އެނބުރި
ގައުމަށް ދަތުރުކުރުމަށް ޓިކެޓް ނަގަންޖެހެނީ އަމިއްލައަށް ކަމަށް ފާހަގަކުރެވިފައިވެއެވެ.
200
އަދި މަސައްކަތް ކުރަމުންދާ
ބައެއް ބިދޭސީންގެ އަތުގައި ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެމީހުންގެ ގައުމަށް އެނބުރި ނުދާތާ ގިނަ ދުވަސްތަކެއް
ވެފައިވާކަން ފާހަގަކުރެވެއެވެ.
201
11.11.7އަނިޔާ އަދި ފުރައްސާރަކުރުން
19194ވަޒީފާއަދާކުރުމުގައި މަދުން ނަމަވެސް ބިދޭސީ މަސައްކަތްތެރިން ޖިސްމާނީ އަދި ވާރބަލް އެބިއުސްއަށް ހުށަހެޅެއެވެ.
202
ބައެއް
ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ފުރައްސާރަކޮށް އެމީހުންގެ އަތުން ލާރި ފަދަ ތަކެތި ފޭރުމުގެ އަމަލުތައް މަދުންނަމަވެސް
ހިންގާކަން ފާހަގަކުރެވެއެވެ.
203
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2021ވަނަ އަހަރު އަދި 2022ވަނަ އަހަރުގެ ތަފާސް
ހިސާބުތައް ދައްކާގޮތުން ބިދޭސީންގެ ތެރެއިން ގެވެށި އަނިޔާއަށް ހުށަހެޅިފައިވަނީ ބިދޭސީ އަންހެނުންނަށެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ބިދޭސީން
7
7
2
އަންހެން
1
8
7
6
5
4
3
2
1
0
ފިރިހެން
2022
2021
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް 2021އިން 2022
ހިއުމަން ރައިޓްސް ރިޕޯޓް 2022
69