‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ޕްލޭންކުރެވިފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪132‬‬ ‫‪14140‬މެންޓަލް ހެލްތް ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމެންޓްކޮށް‪ 2020 ،‬ވަނަ އަހަރުގައި މި ކޮމެންޓްތައް މިނިސްޓްރީ‬ ‫އޮފް ހެލްތާވަނީ ހިއްސާކޮށްފައެވެ‪ .‬އެ ގޮތުން ޤާނޫނުގެ ބައެއް މާއްދާތަކަށް ހަވާލާދީ އެކުލަވާލަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ‬ ‫ޤަވާޢިދު އެކުލަވާލަންޖެހޭ މުއްދަތާއި ޤަވާޢިދު އެކުލަވާލާނޭ ބެލެނިވެރި މުއައްސަސާއެއް މި ޤާނޫނުގައި ހިމެނުމުގެ މުހިއްމުކަން‬ ‫ފާހަގަކުރުމާއި‪ ،‬މިޤާނޫނުގެ ‪ 37‬ވަނަ މާއްދާގައި ސައިކޭޓްރިސްޓުންގެ ފަރާތުން ޚިދުމަތް ހޯދުން ބަޔާންވެފައި އޮތުމުން‪ ،‬ޞިއްޙީ‬ ‫ދާއިރާގައި ސައިކިއޭޓްރިސްޓުންގެ ޢަދަދު އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކޮށްފައިވާނެއެވެ‪.‬‬ ‫‪133‬‬ ‫‪'14141‬ނެޝަނަލް މެންޓަލް ހެލްތު ޕޮލިސީ ‪'2015-2025‬‬ ‫މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައި ވީނަމަވެސް‪ ،‬ނަފްސާނީ‬ ‫ޞިއްޙަތާގުޅޭ ބިލު ތަޞްދީޤުވެފައި ނުވުމަކީ މި ޕޮލިސީ ތަންފީޛުކުރުމަށްޓަކައި ޤާނޫނީ ބާރު ލިބިދިނުމަށް އޮތް ހުރަހެއްކަމުގައި‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪7.27.2‬ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ޞިއްހަތު‬ ‫‪14142‬ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓޭކްހޯލްޑަރުންނާ ގުޅިގެން‬ ‫ކުރެވެމުން އަންނަކަމަށާއި‪ ،‬ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅޭ ފަރާތްތަކަށް ޕްރިވެންޓިވް ޕްރޮގްރާމްތައް މުޖުތަމަޢުގައި‬ ‫މަސައްކަތްކުރާ ޖަމްޢިއްޔާތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭކަމަށް މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ‪.‬‬ ‫އެހެންނަމަވެސް‪ ،‬އެކަށީގެންވާ ފެންވަރެއްގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭކަމާއި‪ ،‬ޚާއްޞަކޮށް މިފަދަ ހޭލުންތެރިކަން‬ ‫އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް މި މަޢުލޫމާތާއި‪ ،‬ވަސީލަތްތައް ލިބެން ނެތްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪134‬‬ ‫‪ 201814143‬ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ 'މޯލްޑިވްސް ޑެމޮގްރެފިކް ހެލްތް ސަރވޭ' އިން ދައްކާގޮތުން ‪15��‬ ‫އަހަރާއި ‪ 49‬އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ‪ 13%‬މީހުންނަކީ ޚިތާނު ކޮށްފައިވާ މީހުންނެވެ‪ .‬އަންހެނުންގެ ތެރެއިން ‪45‬‬ ‫އަހަރާއި ‪ 49‬އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ‪ 38%‬މީހުންނަކީ ޚިތާނު ކޮށްފައިވާ މީހުންނެވެ‪ .‬އިސްލާމްދީނުގައި ޚިތާނުކުރުމަކީ‬ ‫ކުރަންޖެހޭކަމެއް ކަމުގައި ހިތާނު ކޮށްފައިވާ އަންހެނުންގެ ތެރެއިން ‪ 10%‬މީހުން ގަބޫލުކުރާކަން ފާހަގަކުރެވިފައިވާއިރު‪،‬‬ ‫އަންހެނުންނާއި އަންހެންކުދިން ޚިތާނުކުރުމަކީ ޤާނޫނީ ކުށެއްކަމުގައި މިހާތަނަށް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪135‬‬ ‫‪14144‬ޒުވާނުންނަށާއި‪ ،‬ކުޑަކުދިންނަށް އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ލިބުމުގެ މުހިއްމުކަން ފާހަގަކުރެވިފައިވީ ނަމަވެސް‪،‬‬ ‫ޢުމުރާ އެކަށޭނަ ޖިންސީ ދުޅަހެޔޮކަމާއި‪ ،‬އުފަންވަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު ލިބޭނޭ ނިޒާމެއް ގާއިމުވެފައި ނުވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫‪136‬‬ ‫އަދި އުފަންވަނިވި ޞިއްޙަތާގުޅިގެން ލިބެންހުރި ޚިދުމަތްތަކުގެ މަޢުލޫމާތު ޢާންމުންނަށް އެނގިފައިވާ‬ ‫މިންވަރު ކުޑަކަން ‪ 2021‬ވަނަ އަހަރުގެ ރިޕޯޓުގައި ފާހަގަކުރެވިފައިވީ ނަމަވެސް‪ ،‬މި ކަމަށް ހޭލުންތެރިކުރުމަށް އެކަށީގެންވާ‬ ‫މަސައްކަތްތަކެއް ކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪137‬‬ ‫‪7.37.3‬ޑްރަގް އެޑިކްޝަން‬ ‫‪14145‬އެންޑީއޭއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބެމުންނުދާކަމަށާއި‪ ،‬މަސްތުވާތަކެތި ބޭނުންކުރާ މީހުން‬ ‫ހޭލުންތެރިކުރުމަށް އެންޑީއޭއިން މުޖުތަމަޢުގައި ޕްރޮގްރާމެއް ކުރިއަށްގެންދާކަން އެނގިފައިނުވާކަމަށް މަސްތުވާތަކެތި ބޭނުންކުރާ‬ ‫ބައެއް ފަރާތްތަކުން މަޢުލޫމާތުދީފައިވެއެވެ‪.‬‬ ‫‪138‬‬ ‫‪14146‬އެންޑީއޭގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުން އަމިއްލަ އިޚްތިޔާރުގައި ފަރުވާ ހޯދުމަށްދާ މީހުންނަށް ފުރުސަތުލިބުމުގައި‬ ‫‪52‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3