‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫އަތޮޅުގައި މިހާރުވެސް ސާމްޕަލް ޓްރާސްފަރ ކުރުމުގެ މަސައްކަތް އާރްޓީއެލް މެދުވެރިކޮށް ކުރިއަށްދާކަމާއި‪ ،‬ފެރީގެ ޚިދުމަތް‬ ‫ލިބެން ނެތް ރަށްރަށުގައި ސާމްޕަލް ޓްރާންސްފަރގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪124‬‬ ‫‪7.17.1‬މެންޓަލް ހެލްތް‬ ‫‪13133‬ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ޞިއްޙީ ‪ 9‬ދާއިރާއަކަށް އިސްކަންދީފައިވާއިރު މީގެތެރޭގައި ނަފްސާނީ‬ ‫ދުޅަހެޔޮކަން ހިމެނިފައިވެއެވެ‪ .‬މި ޕޮލިސީގެ ދަށުން ނަފްސާނީ ބަލިތަކަށް މުޖުތަމަޢުން ދޭ އަހައްމިއްޔަތުކަން އިތުރުކޮށް‪،‬‬ ‫ނަފްސާނީ ދުޅަހެޔޮކަމާގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް‪ ،‬ތަފާތު ނަފްސާނީ ބަލިތަކަށް ރަނގަޅު ފެންވަރުގެ ފަރުވާ ލިބުމުގެ‬ ‫ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހިމަނާފައެވެ‪.‬‬ ‫‪125‬‬ ‫‪13134‬ދިވެހި މުޖްތަމަޢުގައި ނަފްސާނީ ދުޅަހެޔޮކަމާގުޅޭގޮތުން އެންމެ އެކަށީގެންވާ މިންވަރަށް އާންމުން ހޭލުންތެރިވެފައި ނުވުމާއި‪،‬‬ ‫ނަފްސާނީބައްޔާ ގުޅޭގޮތުން ނޭދެވޭ ނަޒަރިއްޔާތުން ދެކުމަކީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުންތަކެވެ‪.‬‬ ‫‪126‬‬ ‫އަދި ދިވެހިރާއްޖޭގައި‪ ،‬ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި އާންމުންނަށް ކުރިމަތިވާ ދަތިތަކުގެ ތެރޭގައި ޚިދުމަތްތައް‬ ‫ލިބުން ލަސްވުމާއި އަމިއްލަ‬ ‫ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ހިމެނެއެވެ‪.‬‬ ‫‪127‬‬ ‫‪13135‬ސަރުކާރުގެ ޞިއްޙި ޚިދުމަތް ފޯރުކޮށްދޭ ނިޒާމުގެ ތެރެއިން ސެންޓަރ ފޯރ މެންޓަލް ހެލްތުންނާއި އައްޑޫ އިކުއެޓޯރިއަލް‬ ‫ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް‪ ،‬ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް‪،‬‬ ‫ލާމު ގަން ރީޖަނަލް ހޮސްޕިޓަލް އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ސައިކިއެޓްރީގެ ޚިދުމަތް ލިބެއެވެ‪ .‬އެހެންނަމަވެސް‪،‬‬ ‫މިހޮސްޕިޓަލްތަކުންވެސް ނަފްސާނީ ބަލިތަކަށް ސައިކޮލޮޖީ‪ ،‬ކައުންސެލިންގ އަދި އިތުރު ތެރަޕީގެ ޚިދުމަތް ލިބެންނެތްކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫‪128‬‬ ‫‪13136‬ނަފްސާނީ އަދި ސިކުނޑީގެ ބަލިތަކަށް ޑައިގްނޯޒްކޮށް ތެރަޕީ ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދީފައި ވީނަމަވެސް‪ ،‬އަތޮޅުތެރޭގައި‬ ‫މި ޚިދުމަތްތައް ނުލިބޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪129‬‬ ‫‪13137‬ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ ބަލީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން‬ ‫‪ 2022‬ވަނަ އަހަރުން ‪ 2025‬ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ''ސެންޓްރަލް‬ ‫އެންޑް ރީޖަނަލް މެންޓަލް ހެލްތް ޑިވެލޮޕްމެންޓް ޕްލޭން'' އެއް އެކުލަވާލާފައިވެއެވެ‪ .‬މި ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ‪5‬‬ ‫ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ މައްޗަށެވެ‪ .‬އެއީ ކޯޑިނޭޝަން އެންޑް ގައިޑެންސް (ލީޑަރޝިޕް)‪ ،‬ރީޖަނަލް މެންޓަލް ހެލްތް‬ ‫ޤާއިމްކުރުމަށްޓަކައި ސްޓިއަރިންގ ކޮމިޓީ އެކުލަވާލުން‪ ،‬ނަފްސާނީ ބަލިތަކަށް މުޖްތަމަޢު ހޭލުންތެރިކުރުމަށްޓަކައި ތަފާސްހިސާބު‬ ‫ބޭނުންކުރުން‪ ،‬ރީޖަނަލް މެންޓަލް ހެލްތްގެ ރިވިއު ހެދުމާއެކު މޮނިޓަރިންގ އެންޑް އިވެލުއޭޝަން ކުރިއަށް ގެންދިޔުމާއި ރިސޯސް‬ ‫މޮބިލައިޒްކުރުމެވެ‪.‬‬ ‫‪130‬‬ ‫‪13138‬ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މެންޓަލް ހެލްތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް‬ ‫‪ 4‬ދަރަޖައެއް ކަނޑައެޅިފައިވެއެވެ‪ .‬އެއީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ރީޖަނަލް ފެންވަރުގައާއި‬ ‫ގްރޭޓަރ މާލެ‬ ‫ސަރަހައްދުގެ ޓަރޝަރީ ހޮސްޕިޓަލް ފެންވަރުގައެވެ‪.‬‬ ‫‪131‬‬ ‫‪13139‬ނަފްސާނީ ޞިއްޙަތުގެ ދާއިރާ ތަރައްޤީކުރުމަށް މެންޓަލް ހެލްތު ސެންޓަރެއް ހުޅުމާލޭގައި ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވިފައިވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪ .‬އަދި އައްޑޫ އިކުއެޓޯރަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪51‬‬

Выберите целевой абзац3