‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪12126‬އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ރަށްރަށުގެ ޞިއްޙީ މަރުކަޒުން ލިބެން ނުހުންނަ ޚިދުމަތްތައް ހޯދުމަށް ދަތުރުކުރަނީ އަތޮޅު‬ ‫ހޮސްޕިޓަލުތަކަށެވެ‪ .‬އަދި އަތޮޅުތެރެއިން ލިބެން ނުހުންނަ ޚިދުމަތްތައް ހޯދަމުންދަނީ މާލެއިންނެވެ‪ .‬ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި‬ ‫މާލެ އަށް ދަތުރުކުރަންޖެހުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަކުލީފުބޮޑުކަމެކެވެ‪ .‬ބޭސްފަރުވާ ކުރުމަށްޓަކައި މާލެއަށް‬ ‫ދަތުރުކުރުމާއި‪ ،‬ކެއިންބުއިމާއި‪ ،‬ކުއްޔަށް ތަންތަން ހިފައިގެން ހުރުމާއި‪ ،‬އަދި އެޕޮއިންޓްމަންޓް ނުލިބިގެން ޑޮކްޓަރަށް ނުދެއްކި‬ ‫ގިނަދުވަސްވުމަކީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލީގޮތުންވެސް ބުރަ ކަމެކެވެ‪ .‬ޚާއްޞަކޮށް ނިކަމެތި ފަގީރު‬ ‫ޢާއިލާތަކަށް މިކަމުގެ ތަކުލީފު ބޮޑުވުމުގެ ސަބަބުން‪ ،‬ބޭސް ފަރުވާ ހޯދަންޖެހޭ ކަންކަމުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުހޯދާ‬ ‫ތިބޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪118‬‬ ‫‪12127‬އަތޮޅުތެރޭގެ ރަށްރަށުގައި އެކަށީގެންވާ ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތް ދިނުމަށް‬ ‫ބޭނުންވާ އާލަތްތައް ހެލްތް ސެންޓަރުތަކުގައި ލިބެން ނެތްކަމާއި އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ބޭނުން ޖެހިފައިވާ މިންވަރަށް‬ ‫ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ޞިއްޙީ ވަސީލަތްތައް ލިބެން ނުހުންނަކަން ކޮމިޝަނުން ކުރި މޮނިޓަރިންގ ދަތުރުތަކުން‬ ‫ފާހަގަކުރެވިފައިވެއެވެ‪ .‬އިންސާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތައް ކުރިއަށް‬ ‫ނުގެންދެވޭކަމާއި‪ ،‬އެކަށީގެންވާ ބަޖެޓް ލިބިފައި ނެތުމަކީ އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ‬ ‫ގޮތުގައި ހެލްތް ސެންޓަރުތަކުންނާއި އަތޮޅު ހޮސްޕިޓަލުތަކުން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪119‬‬ ‫‪12128‬ރަށުގެ ބޭސްފިހާރައިން ލިބެންނުހުންނަ ބޭސް އެސްޓީއޯ ބޭސްފިހާރަ މެދުވެރިކޮށް އަތޮޅުގެ އެހެން ބޭސްފިހާރައަކުން ނުވަތަ‬ ‫މާލެއިން ބޭސް ގެނެސްދޭ އުސޫލެއް ހަމަޖެހިފައި އޮންނަކަމާއި‪ ،‬އެހެންނަމަވެސް މި ގޮތަށް ބޭސްލިބުމުގައި ގިނަދުވަސް‬ ‫ވޭތުވެގެންދާކަމާއި‪ ،‬އަތުގައިހުރި ބޭސް ހުސްވާއިރުވެސް ބައެއްފަހަރު ބޭސް ނުލިބޭކަމަށް މަޢުލޫމާތުދީފައިވެއެވެ‪.‬‬ ‫‪120‬‬ ‫‪12129‬ކޮންމެ ސްކޫލެއްގައިވެސް ކައުންސިލަރަކާއި ހެލްތް އޮފިސަރެއް ހުންނަ ގޮތަށް ސްކޫލްތަކުގެ އޮނިގަނޑު އޮތްނަމަވެސް‬ ‫ރަށްރަށުގެ ސްކޫލުތަކުގައި ކައުންސިލަރުން އަދި ހެލްތްއޮފިސަރުން ނުތިބޭކަން ފާހަގަކުރެވިފައިވެއެވެ‪ .‬މި މަގާމުތަކަށް‬ ‫ބަޖެޓްކުރެވިފައިވީ ނަމަވެސް‪ ،‬މަގާމަށް މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީއިން ހުއްދަ ލިބުމުގައި ގޮންޖެހުންތައް‬ ‫ހުރިކަމާއި‪ ،‬އުނދަގޫތަކާއެކު ހުއްދަ ލިބިގެން އިއުލާނު ކުރުމުން ކުރިމަތިލާނެ މީހުން ނުވާކަމަށް މަޢުލޫމާތުދީފައިވެއެވެ‪.‬‬ ‫‪121‬‬ ‫މީގެ‬ ‫ސަބަބެއްކަމުގައި ސުކޫލުތަކުން މަޢުލޫމާތު ދީފައިވަނީ‪ ،‬މި ދާއިރާގެ ޕްރައިވެޓް ސެކްޓަރގެ މުސާރައާއި އިނާޔަތްތަކާ އަޅާބަލާއިރު‬ ‫ސަރުކާރުގެ ސްކޫލުތަކުން ކައުންސިލަރުންނަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް ކުޑަވުން ކަމުގައެވެ‪.‬‬ ‫‪13130‬ލ‪ .‬ގަމުގައި ކެންސަރ ހޮ��ްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމާއި‪ ،‬ތަރައްގީކުރާ ކެންސަރ ހޮސްޕިޓަލުގެ‬ ‫ޓެކްނިކަލް ފީޒިބިލިޓީ ހަދައި ނިމި‪ ،‬މިހާރު ކުރިއަށްދަނީ ހަދަންޖެހޭ އިތުރު ސްޓަޑީތައް ހެދުމުގެ މަސައްކަތްތައްކަން‪.‬‬ ‫‪122‬‬ ‫‪13131‬އަންނަ އަހަރު ދަޢުލަތުގެ ބަޖެޓް އެކުލަވާލުމުގައި ޞިއްޙީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެވިގެންދާނެކަމާއި‪ ،‬މި ބަޖެޓްގެ‬ ‫ދަށުން ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ނުނިމި ހުރިކަންކަން ނިންމުމަށް ބޭނުންވާ ބަޖެޓް ހިމެނިގެންދާނެކަމާއި‪،‬‬ ‫ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މި ދާއިރާއަށް ބޭނުންވާވަރަށް ފަންނީ މުވައްޒަފުން‬ ‫ލިބިފައިނުވުންކަމުގައި ވުމާއެކު މިކަން ހައްލުކުރުމުގެ ގޮތުން ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަންނަ‬ ‫އަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަމާއި‪ ،‬ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް ޕްލޭންކުރެވިފައިވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪123‬‬ ‫‪13132‬އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން ލެބޯޓްރީގެ ޚިދުމަތް ޤާއިމުވެފައިނުވާ ރަށްރަށަށް ލެބޯޓްރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ‬ ‫ގޮތުން މޯބައިލް ލެބޯޓްރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރެވެމުންދާކަމާއި‪ ،‬ފެރީގެ ނިޒާމު ގާއިމުވެފައިވާ އުތުރުގެ ތިން‬ ‫‪50‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3