ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
7 .7ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު
ޤާނޫނުއަސާސީގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައުލަތުގެ ތަނަވަސްކަމާއި ،ކުޅަދާނަކަން ހުރި މިންވަރަކުން ރަނގަޅު
ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމަކީ ދައުލަތުގެ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ ފަސް ސަރަހައްދެއްގައި ރީޖަނަލް ޓަރޝިއަރީ ހޮސްޕިޓަލުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މާލެ ދަތުރުކުރަންޖެހުމަކީ ބަލިހާލުގައިވާ މީހުންނަށް ތަކުލީފުބޮޑުކަމެކެވެ.
ދިވެހި މުޖްތަމައުގައި ނަފްސާނީ ދުޅަހެއޮކަމާގުޅެގޮތުން އެންމެ އެކަށީގެންވާ މިންވަރަށް އާމުން ހޭލުންތެރިވެފައި ނުވުމާއި ،ނަފްސާނީބައްޔާ
ގުޅޭގޮތުން ނޭދެވޭ ނަޒަރިއްޔާތުން ދެކުމަކީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް ކުރިމަތިވާ ގޮންޖެހުމެކެވެ .ރާއްޖޭގައި ،ނަފްސާނީ
ބަލިތަކަށް ފަރުވާ ހޯދުމަށްޓަކައި އާންމުންނަށް ކުރިމަތިވާ ދަތިތަކުގެ ތެރޭގައި ޚިދުމަތްތައް ލިބުން ލަސްވުމާއި އަމިއްލަ
ކްލިނިކްތަކުން
ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުން ހިމެނެއެވެ.
ސިއްޙީ ދާއިރާގައި އެކަށީގެންވާ ފޮރެންސިކްސް ތަހުލީލުތަކުގެ ޚިދުމަތްތަކާއި ،ފޮރެންސިކްސް ދާއިރާއިން ތަމްރީނުވެފައިވާ މާހިރުން
ނެތުމަކީ ،ހިއުމަން ރައިޓްސް ކޮމިޝަނުން އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުންވެސް ޖިނާއީ ތަޙްގީގުތަށް ކުރިއަށްގެންދިއުމަށް
ދިމާވެފައިވާ ގޮންޖެހުމެކެވެ .ހަމައެފަދައިން ،ސިއްހީ ދާއިރާއާ ގުޅުންހުރި ތަފާތު ނެގްލެޖެންސްގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު،
މިހާތަނަން މެޑިކަލް ނެގްލިޖެންސް ޤާނޫނެއް އެކުލަވާފައި ނެތުމުން މިދަފަ ޤާނޫނެއް އެކުލަވައިލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
12123ޤާނޫނުއަސާސީގެ 23ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ތަނަވަސްކަމާއި ،ކުޅަދާނަކަން ހުރި މިންވަރަކުން
ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ރައްޔިތުންނަށް ހޯދޭނޭ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމަކީ
ދައުލަތުގެ ޒިންމާއެކެވެ .ދިވެހިރާއްޖޭގައި ޓަރޝަރީ ހޮސްޕިޓަލްގެ ގޮތުގައި 4ހޮސްޕިޓަލެއް ހިންގަމުންދެއެވެ .އެއީ ސަރުކާރުގެ
2ހޮސްޕިޓަލާއި ޕްރައިވެޓް 2ހޮސްޕިޓަލެވެ .މި ހޮސްޕިޓަލްތަކަކީ އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމް
ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ .މާލެ ރީޖަންގެ އިތުރުން ދިވެހިރާއްޖޭގެ ފަސް ސަރަޙައްދެއްގައި ރީޖަނަލް
ޓަރޝަރީ ހޮސްޕިޓަލުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންކަމާއި ،އެއީ ހދ .ކުޅުދުއްފުށި ހޮސްޕިޓަލާއި ރ.
އުނގޫފާރު ހޮސްޕިޓަލާއި ލ .ގަމު ހޮސްޕިޓަލާއި ގދ .ތިނަދޫ ހޮސްޕިޓަލާއި އައްޑު އަތޮޅުގައި ޤާއިމުކުރެވިފައިވާ ހޮސްޕިޓަލެވެ.
115
12124އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން އަސާސީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ .މީގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރަށް
ދެއްކުމާއި ،ބޭސްއަޅައިދިނުމާއި ،ބޭސް ސިޓީ އާކޮށްދިނުން ފަދަ ޚިދުމަތްތައް ފޯރުކޮށްދެވެއެވެ .އެހެންނަމަވެސް ،ސްޕެޝަލިސްޓް
ޚިދުމަތްތައް މި މަރުކަޒުތަކުން ލިބެންނުހުންނަކަން ފާހަގަކުރެވިފައިވެއެވެ.
116
12125އައިޖީއެމްއެޗްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެވެމުން
ނުދާކަމާއި ،ޚިދުމަތް ދިނުމުގައި ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ނަޒަރިއްޔާތުން ޚިދުމަތް ދެވެމުން ނުދާކަމާއި،
ޚިދުމަތް ފޯރުކޮށްދިނުމުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ޤަވާޢިދުން ވަޒަން ކުރެވިގެން ނުދާކަން ފާހަގަކުރެވިފައިވެއެވެ.
މިގޮތުން ،ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ނަމްބަރެއް ހޯދުމަކީ އުނދަގޫ ކަމެއްކަމާއި،
އެތައް ދުވަހެއްވަންދެން ނަމްބަރަކަށް މަޑުކުރަންޖެހޭކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ .އަދި ހަމަ ،އެމްއާރްއައި ފަދަ
މުހިއްމު ޓެސްޓްތައް ހެދުމަށްވެސް ގިނަދުވަހު ވެއިޓްލިސްޓް ކިޔުގައި މަޑުކުރަންޖެހެއެވެ .މި ގޮތަށް ބައްޔަށް ފަރުވާނުކުރެވި
ގިނަދުވަސްވުމުން ބަލި އިތުރަށް ގޯސްވާކަމުގައި ޚިދުމަތް ހޯދާ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
117
ހިއުމަން ރައިޓްސް ރިޕޯޓް 2022
49