‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ގޮންޖެހުންތައް ހުރިކަމާއި‪ ،‬ފަސޭހައިން ފުރުސަތު ތަނަވަސްވެފައިވަނީ ހުކުމެއް ކޮށްގެން އޭގެ އަދަބެއްގެ ގޮތުން ފަރުވާހޯދަންޖެހޭ‬ ‫މީހުންނަށްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪139‬‬ ‫‪14147‬އެންޑީއޭގެ ޑީޓޮކްސިފިކޭޝަން ޕްރޮގްރާމުން ފުރުޞސަތު ލިބޭކަމާއި‪ ،‬އެހެންނަމަވެސް މި ޕްރޮގްރާމްގެ ފުރިހަމަ މުއްދަތު‬ ‫ހަމަނުކޮށް ދޫކޮށްލާކަމަށް މަޢުލޫމާތު ދީފައިވެއެވެ‪ .‬ޑީޓޮކްސިފިކޭޝަން ސެންޓަރުގައި ދޭ ބޭސް އެތަނުން ދޫކޮށްލުމަށްފަހު‬ ‫ލިބެން ނެތުމުގެ ސަބަބުން އެބޭ��ް ހޯދަނީ ބްލެކް މާކެޓުގައިކަމާއި‪ ،‬އެ ބޭސް ބްލެކްމާކެޓުގައި ގަންނަންލިބޭ ވަރަށްވުރެ‬ ‫އަގުހެޔޮކޮށް މަސްތުވާތަކެތި ލިބެންހުންނާތީ އެފަދަ މީހުން އަނބުރާ މަސްތުވާ ތަކެއްޗަށް ދިއުމުގެ ފުރުސަތު ބޮޑުވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪140‬‬ ‫‪7.47.4‬ފޮރެންސިކްސް‬ ‫‪14148‬ޞިއްޙީ ދާއިރާގައި އެކަށީގެންވާ ފޮރެންސިކް ތަހުލީލުތަކުގެ ޚިދުމަތްތަކާއި‪ ،‬ފޮރެންސިކްސް ދާއިރާއިން ތަމްރީނުވެފައިވާ މާހިރުން‬ ‫ނެތުމަކީ‪ ،‬ހިއުމަން ރައިޓްސް ކޮމިޝަނުން އަދި އެހެނިހެން ކަމާގުޅުންހުރި އިދާރާތަކުންވެސް ޖިނާއީ ތަޙްޤީޤުތައް ކުރިއަށް‬ ‫ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުމެއްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪141‬‬ ‫‪7.57.5‬މެޑިކަލް ނެގްލިޖެންސް‬ ‫‪14149‬ޞިއްޙީ ދާއިރާއާ ގުޅުންހުރި ތަފާތު ނެގްލިޖެންސްގެ މައްސަލަތައް ފެންމަތިވަމުން އަންނައިރު‪ ،‬މިހާތަނަން މެޑިކަލް ނެގްލިޖެންސް‬ ‫ޤާނޫނެއް އެކުލަވާފައި ނެތުމުން މިފަދަ ޤާނޫނެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪15150‬ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤާ ގުޅޭގޮތުން މި ރިޕޯޓުގެ މުއްދަތުގައި ‪ 13‬މައްސަލައެއް ކޮމިޝަނުން ބަލައި‬ ‫ތަޙްޤީޤު ކޮށްފައިވެއެވެ‪ .‬މި ‪ 13‬މައްސަލައިގެ ތެރެއިން ‪ 6‬މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލައި ތަޙްޤީޤުކުރުމަށް‬ ‫ނިންމުނު މައްސަލަތަކެވެ‪ .‬މި ‪ 13‬މައްސަލައިގެ ތެރޭގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބިގެން ނިޔާވެފައިވާކަމަށްބުނެ‬ ‫ކޮމިޝަނަށް ހުށަހެޅުނު ‪ 9‬މައްސަލައާއި ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާ މަރުކަޒުތަކުން އެކަށީގެންވާ ޞިއްޙީ ފަރުވާ‬ ‫ލިބެމުންނުދާކަމަށްބުނެ ހުށަހެޅުނު ‪ 4‬މައްސަލައެއް ހިމެނެއެވެ‪ .‬މީގެތެރެއިން ‪ 4‬މައްސަލައެއްގެ ތަޙްޤީޤު ކޮމިޝަނުން ވަނީ‬ ‫ބަލައި ނިންމާފައެވެ‪.‬‬ ‫‪15151‬ދިވެހިރާއްޖޭގެ މައި ރެފަރަލް ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް ހޯދުމަށް އޮތް ކިޔު ކުޑަކުރުމުގެ ގޮތުން‬ ‫އަތޮޅުތެރޭގެ ފަސް ސަރަޙައްދެއްގެ ހޮސްޕިޓަލުތައް ޓަރޝަރީ ފެންވަރަށް ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ‬ ‫މަސައްކަތަކީ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ކަށަވަރުކުރުމަށް އެޅިފައިވާ މުހިއްމު ފިޔަވަޅެއްކަމުގައި‬ ‫ދެކެމެވެ‪ .‬އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އުފުލާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށްޓަކައި މި‬ ‫ހޮސްޕިޓަލުތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އަވަސް މުސްތަޤްބަލެއްގައި ޚިދުމަތްތައް‬ ‫ލިބޭނެ އިންތިޒާމެއްގެ މުހިއްމުކަން ފާހަގަކުރަމެވެ‪ .‬ހަމައެހެންމެ‪ ،‬މެންޓަލް ހެލްތް ބިލަކީ ރާއްޖޭގައި ތަފާތު ނަފްސީ ބަލިތައް‬ ‫ތަހައްމަލުކުރަމުންދާ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބިލަކަށްވާއިރު‪ ،‬މި ބިލު މަޖިލީހަށް ހުށަހަޅައި އެ ބިލު ފާސްކުރުމުގެ‬ ‫ކަންކަމަށް އިސްކަންދިނުމުގެ މުހިއްމުކަން ފާހަގަކުރަމެވެ‪ .‬އަދި މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ބޭސްފަރުވާ ހޯދުމުގައި‬ ‫ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ހުޅުމާލޭ ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ހުޅުވިފައިވާކަމަށްޓަކައި‬ ‫އެކަމަށް ކޮމިޝަނުން މަރުހަބާ ކިޔަމެވެ‪ .‬ހަމަ އެހެންމެ‪ ،‬ދިވެހިރާއްޖޭގައި މަދުންނަމަވެސް އަންހެންކުދިން ޚިތާނުކުރުމަކީ‬ ‫ކުރަމުން އަންނަ ކަމެއްކަން އެނގެން އޮތުމާއި‪ ،‬އެކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަކާލާތުކުރެވޭކަމީ‬ ‫ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ‪ .‬ވީމާ‪ ،‬މިކަމަށް އެކަށީގެންވާ ހައްލެއް ހޯދައި އަންހެނުންނާއި އަންހެންކުދިންގެ ޞިއްޙީ‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪53‬‬

Выберите целевой абзац3