ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
3535ރަށުކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް
ބެލެހެއްޓުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުގެންދާކަމާއި ،ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ދަފްތަރެއް އެކުލަވާލާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ .އަދި ލާމަރުކަޒީ އުޞޫލުން ކައުންސިލްތަކުން ނުކުޅެދުންތެރިކަން
ހުންނަ ފަރާތްތަކަށް އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު ކައުންސިލްތަކަށް ލިބިފައިނުވާކަން
ފާހަގަކުރެވިފައިވެއެވެ.
15
3636ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއު ތަކުގައި އަދި ތަރައްޤީގެ އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ނުކުޅެދުންތެރިކަން
ހުންނަ މީހުން ބައިވެރިކޮށް އެ މީހުންގެ ބަސް ހޯދާފައި ނުވާކަމާއި ،އެ މީހުން ބައިވެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި
ނުވާކަން ފާހަގަކުރެވިފައިވެއެވެ.
16
3737ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރާއްކާތެރިކުރުމުގެ ޤާނޫނު ރިވިއުކުރުމުގެ މަސައްކަތް ކުރެވިފައިވީނަމަވެސް،
އެފަދަ މަޢުލޫމާތެއް އަތޮޅުތެރޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިފައިނުވާކަމާއި ،އެފަދަ ޑްރާފްޓަކަށް
ނުވަތަ ބިލަކަށް ކޮމެންޓްކުރުމުގެ ފުރުސަތުވެސް ލިބިފައިނުވާކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަރާތްތަކުގެ
ޢާއިލާތަކުން ކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ.
17
3838މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެފްސީއެސްސީތަކުގައި
ބަޖެޓްގެ ތާށިކަން ހުރުމާއެކު ،މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ގޮންޖެހުންތައް ދިމާވާކަމާއި ،އެހެނިހެން
ވުޒާރާތަކުގެ އެހީތެރިކަން ހޯދަންޖެހޭކަން ފާހަގަކުރެވިފައިވެއެވެ.
18
3939ޤާނޫނު ނަމްބަރު ( 8/2010ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިންސާނީ ޙައްޤުތަކުގެ
ނަޒަރުން ރިވިއުކުރުމަށްފަހު ،ޖުމްލަ 50އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް 25މާރިޗު 2021ގައި ކަމާގުޅުންހުރި
އިދާރާތަކާ ޙިއްޞާކުރެވިފައިވެއެވެ .އެހެންނަމަވެސް ،މިހާތަނަށް މި ޤާނޫނު ރިވިއުކުރުމުގެ މަސައްކަތް ފުރިހަމަކޮށް ޤާނޫނު
އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ނުވާކަން ފާހަގަކުރެވެއެވެ .ހަމައެހެންމެ ،ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް ޤާނޫނީގޮތުން ލިބޭ ޙައްޤުތައް ފުޅާކޮށް ގާނޫނީ ފަރަގުތައް ނައްތައިލުމަށްޓަކައި މި ޤާނޫނު ރިވިއުކޮށް އިޞްލާޙުކުރުމަކީ
މުހިއްމުކަމެއް ކަމުގައި ކޮމިޝަނުން ދެކޭކަމާއި ،މިފަދަ ރިވިއުއެއް ކުރިއަށްގެންދާއިރު އިޞްލާޙު ކުރެވިގެންދާ ކަންކަމުގެ މަންފާ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރިހަމައަށް ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޤާނޫނު ރިވިއުކުރުމުގައި އިންސާނީ
ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ބެލެނިވެރިންގެ
ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރަމެވެ.
3.23.2ޚިދުމަތްތަކަށް ވާސިލުވެވުމާ އަދި އަމިއްލައަށް އެއްތަނުން އަނެއްތަނަށް ގޮސްއައިސް އުޅުމުގެ ފުރުޞަތުތައް
ތަނަވެސްވެފައިވުން
4040ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ވަދެނުކުތުމާ ގުޅޭގޮތުން ،ޤާނޫނު ނަންބަރު
( 8/2010ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)
އާއި ޤާނޫނު ނަންބަރު ( 4/2017ޢިމާރަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބާރުލިބިގެން އެކަށައަޅާފައިވާ ޤަވާއިދު
ނަންބަރު ( 1020-R/2019ބިލްޑިންގ ކޯޑް) އަދި ޤަވާއިދު ނަންބަރު ( 1004-R/2019ޢިމާރަތްކުރުމާ ބެހޭ އިދާރީ
ޤަވާއިދު) ގައި އުޞޫލުތަކެއް އެކަށައަޅާފައިވެއެވެ .މިގޮތުން ޤަވާއިދު ނަންބަރު ( 1004-R/2019ޢިމާރަތްކުރުމާ ބެހޭ
އިދާރީ ޤަވާއިދު) ގައި ޢިމާރަތުގެ ބާވަތް 1އަދި ޢިމާރާތް ބާވަތް 2ގެ ގޮތުގައި ޢިމާރަތްތައް ބަޔާންކޮށްފައިވާއިރު ،މި
ހިއުމަން ރައިޓްސް ރިޕޯޓް 2022
23