‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪3535‬ރަށުކައުންސިލްތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް‬ ‫ބެލެހެއްޓުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުގެންދާކަމާއި‪ ،‬ރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ‬ ‫ދަފްތަރެއް އެކުލަވާލާފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ‪ .‬އަދި ލާމަރުކަޒީ އުޞޫލުން ކައުންސިލްތަކުން ނުކުޅެދުންތެރިކަން‬ ‫ހުންނަ ފަރާތްތަކަށް އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު ކައުންސިލްތަކަށް ލިބިފައިނުވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪15‬‬ ‫‪3636‬ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫއު ތަކުގައި އަދި ތަރައްޤީގެ އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ނުކުޅެދުންތެރިކަން‬ ‫ހުންނަ މީހުން ބައިވެރިކޮށް އެ މީހުންގެ ބަސް ހޯދާފައި ނުވާކަމާއި‪ ،‬އެ މީހުން ބައިވެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައި‬ ‫ނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪16‬‬ ‫‪3737‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރާއްކާތެރިކުރުމުގެ ޤާނޫނު ރިވިއުކުރުމުގެ މަސައްކަތް ކުރެވިފައިވީނަމަވެސް‪،‬‬ ‫އެފަދަ މަޢުލޫމާތެއް އަތޮޅުތެރޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިފައިނުވާކަމާއި‪ ،‬އެފަދަ ޑްރާފްޓަކަށް‬ ‫ނުވަތަ ބިލަކަށް ކޮމެންޓްކުރުމުގެ ފުރުސަތުވެސް ލިބިފައިނުވާކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަރާތްތަކުގެ‬ ‫ޢާއިލާތަކުން ކޮމިޝަނަށް މަޢުލޫމާތު ދީފައިވެއެވެ‪.‬‬ ‫‪17‬‬ ‫‪3838‬މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެފްސީއެސްސީތަކުގައި‬ ‫ބަޖެޓްގެ ތާށިކަން ހުރުމާއެކު‪ ،‬މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ގޮންޖެހުންތައް ދިމާވާކަމާއި‪ ،‬އެހެނިހެން‬ ‫ވުޒާރާތަކުގެ އެހީތެރިކަން ހޯދަންޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪18‬‬ ‫‪3939‬ޤާނޫނު ނަމްބަރު ‪( 8/2010‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އިންސާނީ ޙައްޤުތަކުގެ‬ ‫ނަޒަރުން ރިވިއުކުރުމަށްފަހު‪ ،‬ޖުމްލަ ‪ 50‬އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް ‪ 25‬މާރިޗު ‪ 2021‬ގައި ކަމާގުޅުންހުރި‬ ‫އިދާރާތަކާ ޙިއްޞާކުރެވިފައިވެއެވެ‪ .‬އެހެންނަމަވެސް‪ ،‬މިހާތަނަށް މި ޤާނޫނު ރިވިއުކުރުމުގެ މަސައްކަތް ފުރިހަމަކޮށް ޤާނޫނު‬ ‫އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ނުވާކަން ފާހަގަކުރެވެއެވެ‪ .‬ހަމައެހެންމެ‪ ،‬ނުކުޅެދުންތެރިކަން ހުންނަ‬ ‫މީހުންނަށް ޤާނޫނީގޮތުން ލިބޭ ޙައްޤުތައް ފުޅާކޮށް ގާނޫނީ ފަރަގުތައް ނައްތައިލުމަށްޓަކައި މި ޤާނޫނު ރިވިއުކޮށް އިޞްލާޙުކުރުމަކީ‬ ‫މުހިއްމުކަމެއް ކަމުގައި ކޮމިޝަނުން ދެކޭކަމާއި‪ ،‬މިފަދަ ރިވިއުއެއް ކުރިއަށްގެންދާއިރު އިޞްލާޙު ކުރެވިގެންދާ ކަންކަމުގެ މަންފާ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރިހަމައަށް ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޤާނޫނު ރިވިއުކުރުމުގައި އިންސާނީ‬ ‫ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ބެލެނިވެރިންގެ‬ ‫ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަން ފާހަގަކުރަމެވެ‪.‬‬ ‫‪3.23.2‬ޚިދުމަތްތަކަށް ވާސިލުވެވުމާ އަދި އަމިއްލައަށް އެއްތަނުން އަނެއްތަނަށް ގޮސްއައިސް އުޅުމުގެ ފުރުޞަތުތައް‬ ‫ތަނަވެސްވެފައިވުން‬ ‫‪4040‬ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ވަދެނުކުތުމާ ގުޅޭގޮތުން‪ ،‬ޤާނޫނު ނަންބަރު‬ ‫‪( 8/2010‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު)‬ ‫އާއި ޤާނޫނު ނަންބަރު ‪( 4/2017‬ޢިމާރަތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ބާރުލިބިގެން އެކަށައަޅާފައިވާ ޤަވާއިދު‬ ‫ނަންބަރު ‪( 1020-R/2019‬ބިލްޑިންގ ކޯޑް) އަދި ޤަވާއިދު ނަންބަރު ‪( 1004-R/2019‬ޢިމާރަތްކުރުމާ ބެހޭ އިދާރީ‬ ‫ޤަވާއިދު) ގައި އުޞޫލުތަކެއް އެކަށައަޅާފައިވެއެވެ‪ .‬މިގޮތުން ޤަވާއިދު ނަންބަރު ‪( 1004-R/2019‬ޢިމާރަތްކުރުމާ ބެހޭ‬ ‫އިދާރީ ޤަވާއިދު) ގައި ޢިމާރަތުގެ ބާވަތް ‪ 1‬އަދި ޢިމާރާތް ބާވަތް ‪ 2‬ގެ ގޮތުގައި ޢިމާރަތްތައް ބަޔާންކޮށްފައިވާއިރު‪ ،‬މި‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪23‬‬

Выберите целевой абзац3