ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އިންސާނީ ޙައްޤުތަކުގެ ޙާލަތު
ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުންނާއި ،ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި،
ދިވެހިރާއްޖޭގައި އެކުލަވާލައި ޢަމަލުކުރަމުންދާ ޤާނޫނުތަކުންނާއި ޤަވާޢިދުތަކުން އަދި އެކަށައަޅާފައިވާ އެކިއެކި ސިޔާސަތުތަކުން ރާއްޖޭގައި ދިރިއުޅޭ
ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޔާންކޮށްފައިވާ ސިޔާސީ ،މަދަނީ ،އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭ މިންވަރުގެ
މަޢުލޫމާތު މި ރިޕޯޓުގައި ހިމަނާފައިވާނެއެވެ .މި ރިޕޯޓުގައި މަޢުލޫމާތު ހިމަނާފައިވަނީ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި
ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްފައިވާ މަޢުލޫމާތާއި ކޮމިޝަންގެ އެކިއެކި މޮނިޓަރިންގެ މަސައްކަތުން ފާހަގަވާ ކަންކަމުގެ މައްޗަށެވެ.
މި ރިޕޯޓުގައި އަލިއަޅުވާލާފައިވަނީ ސިޔާސީ ،މަދަނީ ،އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކުގެ މައްޗަށެވެ .މިގޮތުން މައިގަނޑު ގޮތެއްގައި ތަޢުލީމު
އުގެނުމުގެ ޙައްޤު ،ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު ،ނުކުޅެދުންތެރިކަން ހުންނަމީހުންގެ ޙައްޤު ،އަންހެނުންގެ ޙައްޤު ،އިޖްތިމާއީ ރައްކާތެރިކަން،
ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤު ،ބޯހިޔާވަހިކަން ލިބުމުގެ ޙައްޤު ،ތިމާވެށި ރައްކާތެރި ކުރުމުގެ ޙައްޤު ،މަސައްކަތްކުރުމާއި
އެކަށީގެންވާ އުޖޫރަލިބުމުގެ ޙައްޤު ،އެއްވެ އުޅުމުގެ މ��ނިވަންކަމާއި ޖަމްޢިއްޔާ/ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ،އަމިއްލަ މުދަލާއި ޒާތީ
މިނިވަންކަން ،މައުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ،ވޯޓުދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް
ކުރިމަތިލުމުގެ ޙައްޤު ،އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު ،ދިރިހުރުމުގެ ޙައްޤު ،އަނިޔާ ކުރުމާއި ލާއިންސާނީ ޢަމަލުތަކުން
މިނިވަންވެގެންވުމުގެ ޙައްޤު ،މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ބަންދުމީހުންނާއި ގައިދީން އަދި ކުދިންގެ ޙައްޤުތަކަށް
އަލިއަޅުވާލާފައިވާނެއެވެ.
1 .1ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު
12
ހިއުމަން ރައިޓްސް ރިޕޯޓް 2022