ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
މެދުވެރިއެއްގެ ދައުރު އަދާކުރާ ދެވަނަ ފަރާތެއްގެ އެހީތެރިކަން ހޯދާކަމާއި ،މިފަދަ ހާލަތްތަކުގައި ރަށުގެ އެހެން އިދާރާއަކުން
ތަރުޖަމާނެއް ނުލިބިއްޖެނަމަ އާންމުކޮށް މެދުވެރިއެއްގެ ދައުރު އަދާކުރަނީ އެމީހެއްގެ ޢާއިލާގެ މެމްބަރެއްކަމަށް މައުލޫމާތުދީފައިވެއެވެ.
އެހެންނަމަވެސް ،ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގެއްލުންދެނީ ގޭތެރެއިން ނުވަތަ ޢާއިލާގެ ފަރާތުން ކަމަށް ވާ ހާލަތުގައި
މެދުވެރިޔާގެ ފަރާތުން އެންމެ ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ފުރުސަތު އޮތްކަމާއި މި ކަމަކީ ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް ޢަދުލު އިންޞާފު ހޯދުމުގައި އޮތް ހުރަހެއްކަން ފާހަގަކުރެވިފައިވެއެވެ.
24247ވަޒީފާދޭ ފަރާތްތަކާއި މުވައްޒަފުންނާ ދެމެދު ދިމާވާ ޤާނޫނީ މައްސަލަތައް ބަލައި އިންޞާފު ހޯދައިދިނުމުގެ މަސްއޫލިއްޔަތު
މަތިކުރެވިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއެވެ .ޓްރައިބިއުނަލްގައި މައްސަލަތައް ބަލަނީ ދިވެހި ބަހުން ކަމަށްވުމާއެކު،
ދިވެހިބަހުން ތަރުޖަމާކޮށްދޭނެ މަންދޫބަކު އައްޔަން ކޮށްދެވިގެން ނޫން ގޮތަކަށް ދިވެހިބަހުން ވާހަކަ ނުދައްކާ ބިދޭސީ
މަސައްކަތްތެރިންނަށް ޓްރައިބިއުނަލް މެދުވެރިކޮށް ޙައްލު ލިބޭނެމަގު ހަނިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
240
ވަޒީފާއާ
ބެހޭ ޤާނޫނާއި އެއާ ގުޅުން ހުރި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރޭތޯ ބެލުމުގެ ޒިންމާ ލޭބަރ ރިލޭޝަންސް
އޮތޯރިޓީ (އެލްއާރްއޭ) އަށް ލިބިގެންވެއެވެ .މަސައްކަތުގެ މާހައުލުގައި ހުރި ކަންކަން އިޞްލާޙހުކޮށްފައި ނުވާ ،އަދި ޖޫރިމަނާ
ދެއްކުމަށްވެސް ދެކޮޅު ހަދާ ފަރާތްތައް ބްލެކްލިސްޓް ކުރުމަށް އެލްއާރުއޭ އިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި
އެދިފައިވީ ނަމަވެސް 2021 ،ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ މިނިސްޓްރީން ބްލެކްލިސްޓްކޮށްފައި ވަނީ
އެލްއާރްއޭ އިން އެދިފައިވާ ތަންތަނުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަން ކަން ފާހަގަކުރެވިފައިވެއެވެ.
241
24248ވަޒީފާއާގުޅުންހުރި މައްސަލަތައް ޝަރުއީ ނިޒާމުގެ ތެރޭގައި އެންމެ ފަހުގެ ނިންމުންތައް ނުނިމި ލަސްވަމުންދާކަމާއި ،މީގެ
ބައެއް މައްސަލަތައް 6އަހަރަށްވުރެ ގިނަދުވަސްވެ ދިގުލައިގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.
242
24249އެކަށީގެންވާ އަވަސް މިނެއްގައި ޝަރީޢަތްތައް ކުރިއަށް ނުގެންދާކަމަށްބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުން
ފާހަގަކުރެވޭ ކަންކަމަށް ބަލާއިރު؛ ކޯވިޑް19-ގެ ޙާލަތުގައި ކޯޓުތަކުގައި ޝަރީޢަތުގެ އަޑުއެހުންތައް ނުބޭއްވި ޝަރީޢަތްތައް
ލަސްވެފައިވާކަމާއި ،ދިފާޢީ ވަކީލުން އަޑުއެހުންތަކަށް ޙާޟިރުވެފައިނުވާތީ އަޑުއެހުންތައް ކެންސަލްކުރަން ޖެހުމާއި ،މައްސަލާގައި
ތަރުޖަމާނަކު ނުލިބުމުގެ ސަބަބުންވެސް އަޑުއެހުންތައް ނުބޭއްވި ޝަރީޢަތްތައް ކެންސަލްކުރަން ޖެހުމާއި ،ދައުލަތުގެ ބެލުމުގެ
ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީން މާލެ ގެނައުމުގައި ދަތިތަކެއް ދިމާވެ އަޑުއެހުން
އޮންނަ ދުވަހު މާލެ ނުގެނެވުމުގެ ސަބަބުން އަޑުއެހުންތައް ކެންސަލްކުރަން ޖެހިފައިވާކަން
1818ކައުންޓަރ-ޓެރަރިޒަމް
84
ހިއުމަން ރައިޓްސް ރިޕޯޓް 2022
ފާހަގަކުރެވިފައިވެއެވެ.