‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1717‬އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު‬ ‫ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި‪ ،‬ހައިކޯޓަށާއި‪ ،‬ޤާނޫނުގައި‬ ‫ކަނޑައަޅައިފައިވާ ދަށުކޯޓުތަކަށެވެ‪ .‬ދިވެހިރާއްޖޭގައި އޮމްބަޑްސްޕާސަންސް އޮފީސް ފޯ ޓްރާންސިޝަނަލް ޖަސްޓިސްގެ ނަމުގައި ވަކި‬ ‫މުއައްސަސާއެއް އެކުލަވައިލެވިގެން ދިއުމަކީ ރާއްޖޭގައިހުރި ޒަމާންވީ މައްސަލަތައް ތަހްގީގުކޮށް ޢަދުލު އިންސާފު ޤާއިމުކުރުމަށް‬ ‫އެޅުގެންދިއަ ހަރުދަނާ ފިޔަވަޅެކެވެ‪ .‬ދިވެހިރާއްޖޭގެ ޖިނާއީ ކޯޓު ތަކުގައި މައްސަލަތައް ބެކްލޮގްވެފައި ހުރުމުގެ ސަބަބުން އަދުލު އިންސާފު‬ ‫ލިބުމުގައި ލަސްތައް ކުރިމަތިވެފައިވެއެވެ‪ .‬ނުކުޅެދުންތެރިކަން ހުންނަ މީހުން ޢަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ގާއިމުވާންޖެހޭ ޚާއްޞަ‬ ‫ނިޒާމު ކޯޓުތަކުގަޔާއި ކަމާގުޅުންހުރި މުއައްސަސާތަކުގައި އެކުލަވައިލެވިފައިނުވެއެވެ‪ .‬ހަމަ އެފަދައިން‪ ،‬މައްސަލަތައް ކުރިއަށްގެންދިއުމަށް‬ ‫ބޭނުންވާ ތަރުޖަމާނުން ހަމަޖެހިފައިނުވާތީ ކޯޓުތައް މެދުވެރިކޮށް ޤާނޫނީ މައްސަލަތަކުގައި އިންސާފު ހޯދުމުގެ ޙައްޤު ހަނިވެފައިވެއެވެ‪.‬‬ ‫‪24241‬ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ކޮންމެ މީހަކާމެދުވެސް ދަޢުވާ އުފުލައި ޝަރީއަތްކުރަންވާނީ‬ ‫ޤާނޫނުތަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ‬ ‫ތެރޭގައި‪ ،‬އާންމުކޮށް ހުޅުވާލެވިގެން ބާއްވާ‪ ،‬އަޑުއެހުމެއްގައި އިންޞާފު ވެރިކަމާއެކުގައެވެ‪ .‬އަދި އިދާރީ ހިންގުމުގެ ދާއިރާއިން‬ ‫ކޮންމެ މީހަކާމެދުވެސް ޢަމަލު ކުރެވެންވާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން‪ ،‬ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ‬ ‫އަވަސް މިނެއްގައިކަންވެސް ބަޔާންކޮށްފައިވެއެވެ‪.‬‬ ‫‪237‬‬ ‫‪24242‬ދިވެހިރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި‪ ،‬ހައިކޯޓަށާއި‪ ،‬އަދި‬ ‫ޤާނޫނުގައި ކަނޑައަޅާފައިވާ ދަށުކޯޓުތަކަށެވެ އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި‪ ،‬އަދި ޝަރީޢަތުން‬ ‫ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ‪.‬‬ ‫‪238‬‬ ‫‪24243‬ދިވެހިރާއްޖޭގައި ‪ 1953‬ވަނަ އަހަރުން ފެށިގެން ‪ 2018‬ވަނަ އަހަރާ ހަމައަށް ހިނގާފައިވާ އަނިޔާވެރިކަމުގެ މައްސަލަތައް‬ ‫ތަޙްޤީޤުކޮށް އިންސާފު ހޯދައިދިނުމުގެ މަޤްޞަދުގައި‪ ،‬ދައުލަތުން ‪ 2021‬ވަނަ އަހަރުގެ ޖަނަވަރީމަހު‪ ،‬އޮމްބަޑްސްޕާސަންސް‬ ‫އޮފީސް ފޯ ޓްރާންސިޝަނަލް ޖަސްޓިސްގެ ނަމުގައި މުއައްސަސާއެއް އުފައްދަވާފައި ވެއެވެ‪ .‬މިފަދައިން ވަކި މުއައްސަސާއެއް‬ ‫އުފެދިގެން ދިއުމަކީ އިންތިޤާލީ އިންޞާފު ހޯދައިދީ‪ ،‬ޒަމާންވީ މައްސަލަތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމަށް މަގުފަހިކޮށްދިނުމަށް‬ ‫އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ‪.‬‬ ‫‪239‬‬ ‫‪24244‬ދިވެހިރާއްޖޭގެ ޖިނާއީ ކޯޓު ތަކުގައި މައްސަލަތަ ބެކްލޮގްވެފައި ހުރުމުގެ ސަބަބުން މީހުންނަށް ލިބިދޭންޖެހޭ އެންމެ އަވަސްމިނުގައި‬ ‫ޢަދުލު އިންޞާފު ލިބިފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬އިންޞާފު ނުލިބި ލަސްވުމަކީ އިންޞާފު ނުލިބުމާ އެއްހަމަ ކަމެކެވެ‪.‬‬ ‫‪24245‬ޝަރުޢީ ދާއިރާގެ ޚިދުމަތްތައް ހޯދުމުގައި ބައެއްކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެކަން‬ ‫ފާހަގަކުރެވުނެވެ‪ .‬ރަށްރަށުގެ ކޯޓުތަކުގައި އަދި އެހެންވެސް މުއައްސަސާތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ‬ ‫ފަރާތްތަކަށް މުޢާމަލާތްކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތްކަމާއި‪ ،‬ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް‬ ‫ދެނެގަނެވޭނެ ފޯމެޓްތަކުގައި ލިޔެކިޔުންތައް ހިއްސާކުރެވޭނެ ގޮތް ތަނަވަސްވެފައި ނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪24246‬ނުކުޅެދުންތެރިކަން ހުންނަ ފަރާ��ްތަކުން ޝަރުޢީ ދާއިރާ ނުވަތަ އެހެންވެސް އިދާރާއަކުން ޚިދުމަތް ހޯދަން ޖެހިއްޖެނަމަ‪،‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪83‬‬

Выберите целевой абзац3