‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪22221‬ސައިބަރ ކްރައިމްގެ ތެރޭގައި ފަރުދުންގެ ޒާތީ މަޢުލޫމާތާއި އެމީހުންގެ އަމިއްލަ ޑޭޓާ އެމީހުންގެ ރުހުން ނެތި ނަހަމަގޮތުގައި‬ ‫އިންޓަނެޓްގެ ޒަރީޢާއިން ބޭނުންކުރުމާއި ހާމަކުރުމުގެ ކުށް ހިމެނެއެވެ‪ .‬ކަން މިހެން އޮތްއިރުގައި ޤާނޫނު ނަންބަރު ‪12/2020‬‬ ‫(މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގައި ވެސް މުދާ ގަންނަ ފަރާތްތަކާއި‬ ‫ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޒާތީ މަޢޫލާމާތު ހިމާޔަތް ކުރެވޭނެ ކަމަށް އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިނުވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪ .‬މިޤާނޫނުގައި މިހެން ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް ހޯދާ ގިނަ ފަރާތަތަކަށް‬ ‫ލިބިދޭންޖެހޭ ރައްކާތެރިކަން ނުދެވި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރު ކުރެވެންނެތްކަން ފާގަހަކުރެވިފައިވެއެވެ‪.‬‬ ‫‪1515‬މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪77‬‬

Выберите целевой абзац3