‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1414‬އަމިއްލަ މުދަލާއި ޒާތީ މިނިވަންކަން‬ ‫ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ‪ 24‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި‪،‬‬ ‫ގޯތި ގެދޮރާއި‪ ،‬އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ބަޔާންކޮށްފައިވެއެވެ‪ .‬ފަރުދުންގެ‬ ‫ޒާތީ މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށްގެން ހޯދައި އާންމުކުރުން އިތުރުވަމުން އަންނައިރު އެފަދަ ޢަމަލުތައްކުރާ މީހުން‬ ‫ޒިންމާދާރު ކުރުމަށްޓަކައި ސައިބަރ ކްރައިމްއާބެހޭ ޤާނޫނެއް އެކުލަވާލަންޖެހެއެވެ‪.‬‬ ‫‪21217‬ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ‪ 24‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން‪ ،‬ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި‪،‬‬ ‫ގޯތި ގެދޮރާއި‪ ،‬އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ބަޔާންކޮށްފައިވެއެވެ‪.‬‬ ‫ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ޤާނޫނުގެ ‪ 41‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން‬ ‫މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ އެއްވެސް‬ ‫މަޢުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެން ނުވާނޭކަން ބަޔާންކޮށްފައިވެއެވެ‪ .‬ހަމައެހެންމެ‪ ،‬ފަރުދުންގެ‪ ،‬ޒާތީ‬ ‫މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށް ހާމަކުރާ ފަރާތްތަކަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން ޒިންމާދާރު ކުރަންޖެހޭ‬ ‫ފަރާތްތަކަށް ސައިބަރ ކުރައިމްއާބެހޭ ޤާނޫނެއްގެ ބޭނުންތެރިކަން ބޮޑެވެ‪.‬‬ ‫‪21218‬އަމިއްލަ މުދަލާއި ޢާއިލާގެ ޒާތީ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ‪ 24‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ‬ ‫ގޮތުގެމަތިން‪ ،‬ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި‪ ،‬ގޯތި ގެދޮރާއި‪ ،‬އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ‬ ‫ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ‪ .‬އަދި މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އަނެކުންގެ ޒިންމާއެކެވެ‪.‬‬ ‫‪21219‬ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ޤާނޫނުގެ ‪ 41‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކަސްޓަމަރެއްގެ ހުއްދައެއް‬ ‫ލިބިގެން މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ‬ ‫އެއްވެސް މަޢުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ‪ .‬ބޭންކިން މުއާމަލާތަކީ ކޮންމެ މީހެއްގެވެސް‬ ‫ޒާތީ މަޢުލޫމާތަކަށްވެފައި އެމަޢުލޫމާތުގެ ނާޒުކުކަމުގެ ސަބަބުން‪ ،‬އެފަދަ މަޢުލޫމާތެއް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ‬ ‫އިދާރާއެއްގެ ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލިޔުމަކުން ހާމަކުރުމަކީ އެމީހެއްގެ ޒާތީ މިނިވަންކަމުގެ ޙައްޤަށް އުނިކަމެއް‬ ‫އަތުވެދާނެ ކަމެއްކަމަށް ފާހަގަކުރެވެއެވެ‪ .‬އެހެންކަމުން އެފަދަ މަޢުލޫމާތެއް ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ ހާމަނުކުރުމަކީ‬ ‫ޒާތީ ދިރިއުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެވެއެވެ‪ .‬މިގޮތަށް ބޭންކިންގ އާ ބެހޭ‬ ‫ޤާނޫނުގައި ބަޔާންކޮށްފައި އޮތުމުގެ ސަބަބުން ޑޮކްޓްރިން އޮފް ކޮންފިޑެންޝަލިޓީ އާއި ޤާނޫނު އަސާސީގެ ‪ 24‬ވަނަ މާއްދާގައި‬ ‫ބަޔާންކޮށްފައިވާ ކަންކަމާ ތަޢާރަޟްވާނެކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪22220‬ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޑޭޓާ ޙިމާޔަތްކުރުމަށާއި ޒާތީ މަޢުލޫމާތު ޙިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް އެކަށައެޅިފައި‬ ‫ނުވެއެވެ‪ .‬ފަރުދުންގެ ޒާތީ މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށް ހާމަކުރާ ފަރާތްތަކަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން‬ ‫ޒިންމާދާރު ކުރަންޖެހޭ ފަރާތްތަކަށް ސައިބަރ ކުރައިމްއާބެހޭ ޤާނޫނެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ‪ 2023-2018‬ސައިބަރ ކްރައިމާބެހޭ ބިލެއް ހިމެނިފައިވީ ނަމަވެސް މިއަދާ ހަމަޔަށް މި‬ ‫ބިލް މަޖިލީހަށް ހުށައެޅިފައި ނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪76‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3