ތަޢާރަފު
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 190ވަނަ މާއްދާއާއި ،ޤާނޫނު ނަންބަރު
( 6/2006ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ،ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 5މެންބަރުންގެ
މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ .ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދަކީ އިސްލާމީ ޝަރީޢަތާއި ،ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީއާއި ،ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ
ގޮތުގެމަތިން ،ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި ،އެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމާއި ،އިންސާނީ
ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ ،ހިތްވަރުދިނުމެވެ .ހިއުމަން ރައިޓްސް ކޮމިޝަނަކީ،
އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކުރާ ސަރަޙައްދީ ޖަމްޢިއްޔާއެއް
ކަމުގައިވާ ،އޭޝިއާ ޕެސިފިކް ފޯރަމް (އޭ.ޕީ.އެފް) ގެ މެންބަރެކެވެ .އަދި ހިއުމަން ރައިޓްސް ކޮމިޝަނަކީ ،އ.ދ .ގެ އިންސާނީ ޙައްޤުތައް
ކުރިއެރުވުމަށް ޖެނީވާގައި ޤާއިމުވެފައިވާ މެކޭނިޒަމްގެ ތެރޭގައިވާ ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުޝަންސް
(ޖީ.އޭ.އެން.އެޗް.އާރް.އައި)ގައި ހިމެނި ''B'' ،ސްޓޭޓަސް ލިބިފައިވާ މުއައްސަސާއެކެވެ.
އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި ،ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި ،އިންސާނީ ކަރާމާތް ގެއްލޭފަދަ
އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ އިޚްތިޔާރީ މުޢާހަދާ ،އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ
ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވެފައިވާ ދައުލަތްތަކުން އެ ދައުލަތެއްގެ ބާރު ހިނގާ ސަރަޙައްދުގައި އަނިޔާވެރި،
ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އެއް ޤާއިމުކުރުމަށް ލާޒިމުކުރެއެވެ.
14ސެޕްޓެންބަރު 2005ގައި އޮޕްކެޓްގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅިގެން ،ދިވެހިރާއްޖޭގެ އެން.ޕީ.އެމް.އަކީ ހިއުމަން ރައިޓްސް ކޮމިޝަން
ކަމުގައި ޑިސެންބަރު 2007ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ހަމަޖައްސަވާފައެވެ .މީގެއިތުރުން 2013 ،ވަނަ އަހަރު ،ޤާނޫނު ނަންބަރު
( 13/2013އެންޓި ޓޯޗަރ ޤާނޫނު)ގެ 44ވަނަ މާއްދާގެ (ނ) ގެދަށުން ،ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަކީ ހިއުމަން ރައިޓްސް
ކޮމިޝަން ކަމުގައި ކަނޑައަޅާފައިވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު 2ވަނަ އިޞްލާޙުގެ 20ވަނަ މާއްދާގެ (ތ)ގައި ،އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް
ހިތާ މިންވަރު ބަލައި މޮނިޓަރކޮށް ،އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރ��ޕޯޓެއް އެކުލަވާލައި ޝާއިޢުކުރުމަކީ ހިޔުމަން ރައިޓްސް
ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާ ދިވެހިރާއްޖޭގެ
އިންސާނީ ޙައްޤުތަކުގެ ހާލަތު ބަޔާންކުރާ ރިޕޯޓެކެވެ .މި ރިޕޯޓުގައި ހިމަނާފައިވާނީ 1އޮކްޓޫބަރު 2021އިން 31އޮގަސްޓު 2022ގެ ނިޔަލަށް
ފާހަގަކުރެވުނު ކަންކަމެވެ.