‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ‪.‬‬ ‫ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ދާއިރާ ‪2020‬‬ ‫މެނުފެކްޗަރިން‬ ‫‪9,835‬‬ ‫ހޮޓަލާއި ރެސްޓޯރެންޓް‬ ‫‪10,568‬‬ ‫ހޯލް ސޭލް އެންޑް ރީޓެއިލް ޓްރޭޑް؛ މޮޓޯ ވެހިކަލް‪ ،‬މޮޓޯ ސައިކަލް &‬ ‫‪11,190‬‬ ‫އަމިއްލަ ގޭތެރޭގެ ތަކެތި މަރާމާތުކުރުން‬ ‫ޓުއަރިޒަމް‬ ‫‪24,749‬‬ ‫ކޮންސްޓްރަކްޝަން‬ ‫‪52,369‬‬ ‫‪10,000 20,000 30,000 40,000 50,000 60,000‬‬ ‫‪0‬‬ ‫އިންޑަސްޓްރީތަކުގައި އެކްސްޕެޓްރިއޭޓް އެމްޕްލޯއިމަންޓް‬ ‫‪175‬‬ ‫‪18184‬ބިދޭސީން ދިވެހިރާއްޖެއަށް އަންނަނީ އެމީހެއްގެ ގައުމެއްގައި ގާއިމުކޮށްފައިވާ އޭޖަންސީތައް މެދުވެރިކޮށްގެންކަމާއި ޖުމްލަ‬ ‫ގޮތެއްގައި ވަކި ސިނާއީ ޕްރޮޖެކްޓެއްގެ މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް އައިސްފައިވާ ބިދޭސީ މަސައްކަތްތެރިން އެމީހުން‬ ‫ދިވެހިރާއްޖޭގައި ކުރާނެ މަސައްކަތަކީ ކޮބައިކަން ދުރާލާ ބިދޭސީ މަސައްކަތްތެރިންނާ ހިއްސާކޮށްފައިވެއެވެ‪.‬‬ ‫‪176‬‬ ‫ކަންމިހެން އޮތްއިރު‬ ‫އިމާރާތް ކުރުމުގެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ޚާއްޞަކޮށް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ބޮޑު މުސާރައެއް‬ ‫ލިބޭނެކަމަށް ވައުދުވެ އެމީހުންގެ އަތުން ކޮމިޝަންގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪177‬‬ ‫އެގައުމުތަކުގެ އޭޖެންޓުން ނަގާކަން‬ ‫މިގޮތުން އާންމު ގޮތެއްގައި ބަންގްލަދޭޝް އޭޖެންޓުން ފައިސާ ނަގާކަމާއި (‪200,000–70,000‬‬ ‫އިން ފެށިގެން ‪ 2‬ލައްކަ ޓަކާ) މިފައިސާ ބިދޭސީ މަސައްކަތްތެރިން ހޯދަނީ ބިމާ އަދި އަތުގައި ހުންނަ މުދާ ވިއްކައިގެންކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪178‬‬ ‫އަދި ބައެއް ހާލަތްތަކުގައި ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝް މަސައްކަތްތެރިންވެސް‬ ‫''އޭޖެންޓުން''ގެ ގޮތުގައި މަސައްކަތްކޮށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަތުން ކޮމިޝަންގެ ގޮތުގައި ފައިސާނަގާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪179‬‬ ‫ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވައުދުވެފައިވާ ވަޒީފާއާ ތަފާތު ވަޒީފާއެއް އަދާކުރަންޖެހޭކަން‬ ‫އެނގެނީ އެމީހުން ދިވެހިރާއްޖެއަށް އައުމުންކަމަށް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪180‬‬ ‫‪ 11.11.2‬މުސާރަ‬ ‫‪18185‬ދިވެހިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަށްވުރެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ‬ ‫މުސާރަ ކުޑަކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪181‬‬ ‫ޤާނޫނު ނަންބަރު ‪( 22/2020‬ވަޒީފާއާބެހޭ ޤާނޫނަށް ‪ 6‬ވަނަ އިޞްލާޙު ގެނައުމުގެ‬ ‫ޤާނޫނު) ގެ ދަށުން ބިދޭސީއެއްނަމަ‪ ،‬އެންމެ ކުޑަ އުޖޫރަ ފޯރުކޮށްދޭންވާނީ މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ‪02‬‬ ‫އަހަރު ދުވަހުގެ ތެރޭގައި ކަމުގައި ކަނޑައެޅުނެވެ‪ .‬ނަމަވެސް ޤާނޫނު ނަންބަރު ‪( 15/2022‬ވަޒީފާއާބެހޭ ޤާނޫނަށް ‪ 7‬ވަނަ‬ ‫އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ‪ 62‬ވަނަ މާއްދާއަށް ގެނެވުނު އ��ޞްލާޙުގައި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް‬ ‫ބަޔާންކުރެވިފައިވާ މުއްދަތު އުނިކޮށް އިޤްތިޞާދީ އަދި ފުދުންތެރިކަމަށް ރިޢާޔަތްކޮށް މިނިސްޓަރު ވަކި ތާރީޚެއް ކަނޑައެޅުމަށް‬ ‫ބަޔާންކޮށްފައިވެއެވެ‪ .‬ވީމާ‪ ،‬ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުމަކީ ބިދޭސީ މަސައްކަތްތެރިން ލައްވާ އެކަށީގެންވާ‬ ‫މިންވަރަށްވުރެ ކުޑަ އުޖޫރައެއްގައި މަސައްކަތްކުރުވުމަށް ފުރުޞަތު ބޮޑުވެގެންދާނެ ކަމެއްކަމުގައި ދެކެމެވެ‪ .‬އަދި ވަޒީފާގެ‬ ‫މާހައުލުގައި ބިދޭސީ މަސައްކަތްތެރީންނާމެދު ކުރެވޭ ތަފާތުކުރުންތައް އިތުރުވެގެންދާނެ ކަމެއްކަމުގައިވެސް ދެކެމެވެ‪.‬‬ ‫‪66‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3