ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1111ހިއުމަން ޓްރެފިކިންގ
އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުން އަންނަނީ އިމާރާތް ކުރުމުގެ ދާއިރާގައެވެ .އިމާރާތް ކުރުމުގެ ދާއިރާތަކުގައި
މަސައްކަތްކުރާ ބިދޭސީންނަށް މާބޮޑު އިޖްތިމާޢީ ރައްކާތެރިކަމެއް ލިބިދީފައި ނުވާކަމާއި ،އެމީހުންގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުޞަތު
ބޮޑުކަމާ އަދި ހިއުމަން ޓްރެފިކިންގގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ރައްކާތެރިކުރުމުގެ ނިޔަތުގައި ވަޒީފާދޭ ފަރާތްތަކުން ބަލަހައްޓަމުންދާކަން ފާހަގަކުރެވެއެވެ.
ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީ މަސައްކަތްތެރިން ޞިއްޙީ ފަރުވާ ހޯދުމަށް ފަސްޖެހޭކަން ފާހަގަކުރެވެއެވެ .މިނިސްޓްރީ އޮފް
އިކޮނޮމިކް ޑިވެލޮޕްމަންޓުން ބިދޭސީންގެ ސެލްފް ރެގިއުލަރައިޒޭޝަން ޕްރޮސެސްގެ ދަށުން ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒްކުރަނީ
އެމްޕްލޯޔަރުންގެ ފަރާތުން އަންނަ ރިކުއެސްޓްތައް މެދުވެރިކޮށް މޯލްޑިވްސް އިމިގްރޭޝަނުގެ ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ސަހައްހަ
ހުއްދައެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީނަށް ޓްރެފިކިންގ އަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން ޕީނަލައިޒްނުކޮށް
އެފަރާތްތަކުން އަމިއްލައަށް އެދިގެން އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތު ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން
ލިބުނު މައުލޫމާތުން ފާހަގަކުރެވުނެވެ .އެގޮތުން 2021ވަނައަހަރު ވޮލަންޓްރީ ރިޕެޓްރިއޭޝަންގެ ދަށުން 5000
އަންޑޮކިއުމަންޓަޑް
މައިގްރަންޓުން އެމީހުންގެ ގައުމަށް އަބުރާ ފޮނުވާފައިވާކަންފާހަގަކުރެވުނެވެ.
މީގެއިތުރުން މޯލްޑިވްސް އިމިގްރޭޝަނުން 2022ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ކައުންޓަރ ޓްރެފިކިންގ ތަމްރީން
ހިންގުމާއި 2އޮފިސަރަކަށް ބަންގްލަދޭޝް ބަސް ދަސްކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަންގެ އެންޓި-ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި ގުޅިގެން 11
ޖޮއިންޓް އޮޕަރޭޝަންއެއް ހިންގިފައިވާކަން ލިބުނު މަ��ުލޫމާތުން ފާހަގކުރެވުނެވެ .މި މިއޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ
ދަށަށް ގެނެވޭ ބިދޭސީ ފަރާތްތައް ޓްރެފިކް ކުރެވިފައިވާ މީހެއް ކަމުގައި ބެލެވޭ މީހެއް އެއްކަމށް ކަނޑައެޅުމަށް ސްކްރީންކުރެވޭކަން
ފާހަގަކުރެވުނެވެ .މި އޮޕަރޭޝަންތަކުގައި ޓްރެފިކްކުރެވިފައިވާ ފަރާތެއް ހޯދިފައިނުވާކަން ފާހަގަކުރެވެއެވެ .ފާއިތުވި އަހަރު ޓްރެފިކް
ކުރެވިފައިވާ 02ފަރާތަކަށް ޤާނޫނު ނަންބަރު ) 12/2013މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު(ގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދީ
އެފަރާތްތައް ނިސްބަތްވާ ޤައުމަށް އަނބަރާ ދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދީފައިވާކަން ފާހަގަކުރެވުނެވެ.
ފާއިތުވި 5އަހަރުގެ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޓްރެފިކިންގ އިން ޕާރސަންސް ރިޕޯޓުގައި ދިވެހިރާއްޖެ ހިމެނެނީ ޓިއަރ2-
ވޮޗް ލިސްޓްގައެވެ .ޓިއަރ 2-ވޮޗް ލިސްޓްގައި ހިމެނެނީ ޓްރެފިކިންގ ވިކްޓިމްސް ޕްރޮޓެކްޝަން އެކްޓްގައި ކަނޑައަޅާފައިވާ އެންމެ
ކުޑަ މިންގަނޑު ހާސިލްކުރެވިފައިނުވާ އެހެންނަމަވެސް މި މިންގަނޑަށް ވާސިލްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ގައުމުތަކެވެ.
މި ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ،ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަތަކާއި ،ކޮމިޝަނުން ކުރިއަށް
ގެންގޮސްފައިވާ އެކިއެކި ފޯކަސް ގްރޫޕް ބައްދަލުވުންތަކަށް ރިޢާޔަތްކުރާއިރު އިމާރާތް ކުރުމުގެ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް
މާބޮޑު އިޖްތިމާޢީ ރައްކާތެރިކަމެއް ލިބިދީފައި ނުވާކަމާއި ،އެމީހުންގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުޞަތު ބޮޑުކަމާ އަދި ހިއުމަން
ޓްރެފިކިންގ އަމަލުތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ .ތިރީގައި ބަޔާންކޮށްފައި އެވަނީ ޚާއްސަކޮށް އިމާރާތްކުރުމުގެ
ދާއިރާގައި މަސައްކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތެވެ.
11.11.1ރެކްރޫޓްމަންޓް
18183އެންމެ ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުން އަންނަނީ އިމާރާތް ކުރުމުގެ ދާއިރާގައިއެވެ .ދެވަނައަށް ،އެންމެ
ހިއުމަން ރައިޓްސް ރިޕޯޓް 2022
65