‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪6 .6‬އިޖްތިމާޢީ ރައްކާތެރިކަން‬ ‫ދިވެހިރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ޙައްޤު ކަށަވަރުކުރުމަށްޓަކައި ޤާނޫނު ނަމްބަރު ‪( 2/2014‬އިޖްތިމާޢީ ރައްކާތެރިކަމުގެ‬ ‫ޤާނޫނު) އެކުލަވައިލައި އެކަން ތަންފީޛުކުރާ އިދާރާ ކަމުގައި ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ކަނޑައަޅައިފައިވެއެވެ‪.‬‬ ‫ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައި ރަޖިސްޓްރީކުރުމާއި އެފަރާތުން ފޯރުކޮށްދޭ ތަފާތު ރައްކާތެރިކަމުގެ ޚިދުމަތްތަކަށް‬ ‫އެދުމަށް ބޭނުންވާ ލިޔެކިއުންތަކާއި ކޯޓޭޝަންފަދަ ތަކެތި ޚިދުމަތަށްއެދޭ ފަރާތްތަކުން ހޯދަން އުޅެންޖެހުމަކީ އުނދަގޫކަމެކެވެ‪ .‬އިޖްތިމާއީ‬ ‫ބޯހިޔާވަހިމަށް އިސްކަންދީގެން ގައުމީފެންވަރުގައި ބޯހިޔާވަހިކަމާގުޅޭ ޤާނޫނެއް އެކުލަވައިލެވެފައި ނުވުމުގެ ސަބަބުން ރާއްޖޭގައި ހިންގޭ‬ ‫އެކި ބޯހިޔާވަހިކަމުގެ ސްކީމްތައް ކުރިއަށްގެންދެވެނީ އެކިއުސޫލުންނެވެ‪.‬‬ ‫‪11115‬ޤާނޫނު ނަންބަރު ‪( 2/2014‬އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) އެކުލަވާލާފައިވަނީ ފަޤީރުކަމުގެ ލޮޅުންތަކުން ތައްޔިތުންގެ‬ ‫ތެރެއިން ދަތި ޙާލުގައި ޖެހޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ދިނުމަށާއި‪ ،‬މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަގު‬ ‫ކުޑަކުރުމަށާއި‪ ،‬ޤައުމުގެ ހުރިހާ ވަސީލަތް ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމާއި‪ ،‬އަސާސީ ބޭނުންތައް‬ ‫ފުއްދުމުގެ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ‪.‬‬ ‫‪11116‬ޤާނޫނު ނަންބަރު ‪( 28/2015‬ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު) ގައި ކާރިސާތަކުގެ ޙާލަތްތަކުގައި ދައުލަތުގެ‬ ‫ދައުރާއި‪ ،‬ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި‪ ،‬ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކާއި ޓީމްތަކުން ހާލުގައި ޖެހިފައިވާ‬ ‫ފަރާތްތަކަށް ރިލީފް ފޯރުކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬ކާރިސާއެއް ދިމާވާއިރު ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި‬ ‫ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އެހީތެރިކަން ބޭނުންވާއިރު މިފަރާތްތަކަށް އަޅާލާނެ ނުވަތަ ރައްކާތެރިކަން‬ ‫ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިނުވާކ��ން ފާހަގަކުރެވިފައިވެއެވެ‪ .‬އެހެންނަމަވެސް‪ ،‬ނެޝަނަލް‬ ‫ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން އެކުލަވާލާފައިވާ 'ނޭޝަނަލް ފްރޭމްވޯރކް ފޮރ މެނޭޖިންގ އިންޓާނަލީ ޑިސްޕްލޭސްޑް‬ ‫ޕަރސަންސް އިން ދަ މޯލްޑިވްސް އިން ކޭސް އޮފް އަ ޑިޒާސްޓަރ‪/‬ކްރައިސިސް' ގައި އުމުރުން ދުވަސްވީ އަދި ނުކުޅެދުންތެރިކަން‬ ‫ހުންނަ ފަރާތްތަކަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަމަށް ރިޢާޔަތްކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪11117‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދީފައިވެއެވެ‪.‬‬ ‫އިޖްތިމާޢީ ބޯހިޔާވަހިކަމަށް އިސްކަންދީގެން ގައުމީފެންވަރުގައި ބޯހިޔާވަހިކަމާގުޅޭ ޤާނޫނެއް އެކުލަވާލެވިފައި ނުވާކަމާއި‪،‬‬ ‫މީގެ ސަބަބުން ރާއްޖޭގައި ހިންގޭ ބޯހިޔާވަހިކަމުގެ އެކި ސްކީމްތައް ކުރިއަށް ގެންދެވެނީ އެކިއުޞޫލުންނެވެ‪ .‬ސްކީމްގައި‬ ‫ތަފާތު ގްރޫޕްތަކަށް ޕޮއިންޓްދޭ އުޞޫލުތައްވެސް ތަފާތެވެ‪ .‬އެހެންނަމަވެސް‪ ،‬ބޯހިޔާވަހިކަމަށް ހިންގޭ ގިނަ ސްކީމްތަކުގައި‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕޮއިންޓް ލިބުމަށް މަގުފަހިކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪11118‬އުޞޫލު ނަންބަރު ‪( 20-G/2022‬ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ދޫކުރުމުގެ އުޞޫލު) ގައި ފުލެޓް ލިބޭ ފަރާތްތައް‬ ‫ކަނޑައެޅުމުގައި ޕޮއިންޓް ދެވޭ ގޮތާ ގުޅޭގޮތުން މި އުޞޫލުގެ ‪ 5‬ވަނަ މާއްދާގެ (ޅ) ގައި 'އެޕްލިކަންޓަކީ ނޭޝަނަލް ސޯޝަލް‬ ‫ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ މީހެއްނަމަ‪ ،‬ނުވަތަ އެންސްޕާގެ‬ ‫ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތެއް‪/‬ފަރާތްތަކެއް‪ ،‬މައި އެޕްލިކަންޓް ބަލަމުންގެންދާނަމަ' މިގޮތަށް‬ ‫‪46‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3