‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ބޭނުންވި ކުއްޖާއަށް ދައުލަތުގެ އެހީތެރިކަމާއެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ނަފްސާނީ ބައްޔަށް ފަރުވާދެވިފައިވާ‬ ‫ކަމަށާއި‪ ،‬ފަރުވާއަށްފަހު އެނބުރި ރަށަށް އައިފަހުން ހާލަތު އެއްކޮށް ރަނގަޅު ނުވިކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް‬ ‫ރަނގަޅުވެފައިވާތީއާ‪ ،‬އަދި ކުއްޖާގެ ޙާލަތު ދުވަހުން ދުވަހަށް ރަނަގޅުވަމުން އަންނާތީ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ‬ ‫ގެންދިޔުމަށް ޢާއިލާއިން މިހާރު ބޭނުންނުވާކަން މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުން އެކަން ބެލެނިވެރިޔާއަށް‬ ‫އެތައް ފަހަރެއްގެ މަތިން އަނގަބަހުން އަންގާފައިވާކަމާއި‪ ،‬އަދި މި ފަދަ ކަންކަމުގައި ހައްލު ހޯދުމަށްޓަކައި‪ ،‬ލިޔުމުން އެކަން‬ ‫ބެލެނިވެރިޔާއާ ޙިއްޞާކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ‪ .‬ހަމަ އެހެންމެ ''ހުރިހާ ދަރިވަރުން‬ ‫ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު''ގެ ‪ 11‬ވަނަ މާއްދާގެ (ހ)އަށް ރިޢާޔަތްކޮށް ކުއްޖާ ޤަވާޢިދުން ސްކޫލަށް‬ ‫ފޮނުވާފައި ނުވާކަމާއި‪ ،‬ދަރިވަރުގެ ކަރިކިއުލަމް ޕްލޭން އިވެލުއޭޓް ކުރުމަށް ބެލެނިވެރިޔާގެ ފަރާތުން ޓީޗަރުންނަށް ފުރިހަމަ‬ ‫އެއްބާރުލުންދީ އެހީތެރިވެފައިނުވާކަން މި މައްސަލައިން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪6 .6‬އިޖްތިމާޢީ ރައްކާތެރިކަން‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪45‬‬

Выберите целевой абзац3