‫ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތިވެ‪،‬‬ ‫ހެއްކާބެހޭ ބިލު ޤާނޫނަކަށް ވެގެން އަންނައިރު މިހާރު ފަރުމާކުރެވިފައިވާ ގޮތަށް ފާސްކޮށްފިނަމަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ‬ ‫ނޫސްވެރިކަމުގެ ޙައްޤަށް އުނިކަން އައުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ ‪221.‬ހެއްކާބެހޭ ބިލްގެ ‪ 136‬ވަނަ މާއްދާގެ ދަށުން ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގެ ބާރު ކޯޓުތަކަށް‬ ‫ދީފައިވާތީ‪ ،‬ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަސް ޖަމްޢިއްޔާއަކުން އެކަމާ‬ ‫ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާން ނެރެފައިވެއެވެ‪.‬‬ ‫‪325‬‬ ‫ ‪ 13222.‬އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާފައިވާ ހާދިސާއާބެހޭ މަޢުލޫމާތު މީޑިއާތަކުގައި ޝާއިޢުކުރުމުގައި ކުއްޖާގެ‬ ‫ޒާތީ މަޢުލޫމާތާއި ކުއްޖާގެ ފޮޓޯ ޢާއްމުކޮށް މި ހާދިސާއާއި ގުޅޭ ޞައްޙަނޫން މަޢުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިންކަން‬ ‫ފާހަގަކުރެވުނެވެ‪.‬‬ ‫ ‪223.‬މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކުން މިޚަބަރު ޝާއިޢުކުރުމުގައި ޤާނޫނު ނަންބަރު ‪18/2019‬‬ ‫(ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ ‪ 15‬ވަނަ މާއްދާގެ (ހ)‪( ،‬ށ)‪( ،‬ރ) އަދި (ބ) އާއި ޤާނޫނު ނަންބަރު ‪( 19/2019‬ކުޑަކުދިންގެ‬ ‫ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ‪ 33‬ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ‪ ،‬މިކަން ކުށްވެރިކޮށް ޝާއިޢުކޮށްފައި ހުރި‬ ‫މަޢުލޫމާތުތައް ނެގުމަށް އަންގައި‪ ،‬މި މައްސަލައާ ބެހޭގޮތުން އެ ކައުންސިލުން ގޮތެއް ނިންމާނެކަން ބަޔާންކޮށް ‪ 22‬ޖޫންގައި‬ ‫ނޫސް ބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪326‬‬ ‫ ‪224.‬ހަމައެހެންމެ‪ ،‬ޤަވާޢިދު ނަންބަރު ‪( R-70/2020‬ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޢާއްމު ޤަވާޢިދު) ގެ ‪18‬‬ ‫ވަނަ މާއްދާގެ (ށ)ގެ (‪ )1‬ގެ ދަށުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފަށް ކުޑަކުދިންގެ ޙައްޤުތަކަށް‬ ‫އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މަޢުލޫމާތު މީޑިއާގައި އާންމުކޮށްފައިވާ މީޑިއާއެއްގެ‬ ‫މައްޗަށް ‪ 2000/-‬ރ‪( .‬ދެހާސް ރުފިޔާ) އިން ޖުރިމާނާ ކޮށްފައިވާކަމާއި ހަމަ އެ އަކުރުގެ (‪ )2‬ގެ ދަށުން މީޑިއާތަކަށް ނަސޭހަތް‬ ‫ދީފައިވާކަމަށް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނޫސް ބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪327‬‬ ‫ ‪225.‬މި ބަޔާނުގައި ބަޔާންކުރާ ގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މީޑިއާތަކާ މެދު‬ ‫ފިޔަވަޅުއެޅުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް‪ ،‬އެފަދަ ފިޔަވަޅެއް އުޅުމުގެ އިޚްތިޞާޞް‬ ‫ލިބިގެންވަނީ މީޑިއާ ކައުންސިލަށްކަމަށް ބުނެ އެ ކައުންސިލާ މަޝްވަރާނުކޮށް‪ ،‬މިކަމާ ގުޅޭ އެސެސްމެންޓެއް އެކައުންސިލުން‬ ‫ހަދަމުންދަނިކޮށް އެފަދަ ފިޔަވަޅެއް އެޅުމުން އެކަން ކުށްވެރިކޮށް ނޫސްބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪328‬‬ ‫ހަމައެހެންމެ‪،‬‬ ‫މީޑިއާތަކަށް ފިޔަވަޅު އަޅާފައިވަނީ ކޮން ޚަބަރުތަކަކާ ގުޅިގެންކަން އެނގެން ނެތް ކަމަށާއި މި މަޢުލޫމާތު ސާފުކުރުމަށް ޗައިލްޑް‬ ‫އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް އެދުމުން އެމަޢުލޫމާތު ހިއްސާކޮށްފައިނުވާކަމާއި އެހެންކަމުން މި ހާދިސާއާ ގުޅިގެން‬ ‫ހަދާ އެސެސްމެންޓް ހެދުމަށް ދަތިވާކަމަށް ބުނެ މީޑިއާ ކައުންސިލުން ޓްވީޓް ކޮށްފައިވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪329‬‬ ‫ ‪226.‬މި ހާދިސާއާ ގުޅިގެން މީޑިއާތަކުން ކުރިން ޝާއިޢުކޮށްފައިވާ ކުއްޖާގެ ފޮޓޯ އާއި ޒާތީ އަދި ސައްޙަނޫން މަޢުލޫމާތު ހުރި‬ ‫ޚަބަރުތައް މިހާރު ނަގާފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ ‪227.‬ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ‪ 1‬މައްސަލަ ކޮމިޝަނުން އިސްނަގައިގެން ތަޙްޤީޤް ކޮށްފައިވެއެވެ‪ .‬އެގޮތުން‬ ‫ތަޙްޤީޤް ކުރެވުނު މައްސަލައިގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި‪،‬‬ ‫●މައްސަލާގައި ޙައްޤު ގެއްލިފައިވާ ކަމަށް ބުނާ ފަރާތުން މިމައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކޮށްފައިނުވުމާއި‪،‬‬ ‫އަދި ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި‪ ،‬ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ‬ ‫ޤަނޫނާއި‪ ،‬އެޗް‪.‬ޕީ‪.‬އޭއިން ކަނޑައަޅާފައިވާ ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި އެއްވެ އުޅުމާއި‪ ،‬އަދި ޢާއްމުން‬ ‫އެއްވާ ތަނެއްގެ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް‪ ،‬ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ދިމާއަށް ހަޑިހުތުރު‬ ‫ބަހުން މުޢާމަލާތުކޮށް ޢާއްމު އިޖްތިމާޢީ މިންގަނޑާ ޚިލާފަށް ބަސްމަގު ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަން‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪65‬‬

اختر الفقرة المستهدفة3