‫އޮފްލައިން ވަޔަލަންސާއި ކުރިމަތިލާންޖެހޭކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪319‬‬ ‫އަންހެން ނޫސްވެރިންނަށް އަނިޔާ ކޮށްގެން‬ ‫މި ދެ އަހަރުތެރޭގައި ‪ 8‬މައްސަލަ ރިޕޯޓު ކޮށްފައިވާއިރު ތަޙްޤީގު ކޮށްފައިވަނީ އެންމެ މައްސަލައެއްކަން މި ރިޕޯޓުގައި‬ ‫ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪320‬‬ ‫ ‪215.‬އަންހެން ނޫސްވެރިން ފުލުހުންނަށް މައްސަލަ ހުށަހަޅަން ބޭނުންނުވާ އެންމެން މައިގަނޑު ސަބަބަކީ މައްސަލަ ހުށަހަޅައިގެން‬ ‫އިންސާފު ނުލިބޭތީއާއި ފުލުހުންގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަމުގެ އިތުބާރު ނޫސްވެރިންނަށް ނެތުމުންކަމަށްވެސް މި‬ ‫ރިޕޯޓުން ފާހަގަކުރެވެއެވެ‪.‬‬ ‫‪321‬‬ ‫އަދި ހަމައެހެންމެ ބާރުގަދަ މަޤާމުތަކުގައި ތިބޭ ފިރިހެނުން‪ ،‬އަންހެން ނޫސްވެރިންނަށް ޖިންސީ‬ ‫ފުރައްސަރާކުރުމަށްފަހު އަދަބު ނުލިބި ސަލާމަތްވާކަން މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪322‬‬ ‫‪ 14.2‬މަސްދަރު ާހމަނުކުރުން‬ ‫ ‪216.‬ޤާނޫނު ނަންބަރު ‪( 5/2013‬ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު)ގެ ‪ 17‬ވަނަ މާއްދާގެ ދަށުން‬ ‫މަޖިލީހަށް ހާޒިރުވެ‪ ،‬މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހަޅަން‬ ‫ލާޒިމްކުރާކަމާއި ޤާނޫނުގެ ‪ 18‬ވަނަ މާއްދާގެ (ހ)ގެ ދަށުން‬ ‫މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާ ކުރެވޭ‬ ‫ސުވާލުތަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަށް ތެދުބަހުން ޖަވާބުދިނުމަށް ލާޒިމް ކޮށްފައިވާއިރު‪ ،‬ދިވެހިރާއްޖޭގެ ސުޕްރީމް‬ ‫ކޯޓުގެ ޤަޟިއްޔާ ނަންބަރު ‪ SC-C/12/2013‬އިން‪ 18 ،‬ވަނަ މާއްދާގެ (ހ) މާނަކުރަންވާނީ ޤާނޫނު އަސާސީގެ ‪ 28‬ވަނަ‬ ‫މާއްދާގައި ކަނޑައަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭފަދަ ގޮތަކަށްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވެއެވެ‪.‬‬ ‫ ‪ 28217.‬މެއި ‪ 2021‬ގައި މިހާރު ނޫހުގައި “ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމް‪.‬އެން‪.‬‬ ‫ޑީ‪.‬އެފުން އެންގި” މި ސުރުހީގެ ދަށުން ޝާއިޢުކޮށްފައިވާ ލިޔުމުގައި ހިއްސާކޮށްފައިވާ މަޢުލޫމާތަކީ ޤައުމީ ސަލާމަތާ ގުޅުންހުރި‬ ‫މަޢުލޫމާތު ކަމާ މި މަޢުލޫމާތު އެއްވެސް ފަރާތަކާ ޙިއްސާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށަކަށްވާތީ މި‬ ‫މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއިން ބެލުމަށް ނިންމާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން ނޫސްބަޔާން‬ ‫ނެރެފައިވެއެވެ‪.‬‬ ‫‪323‬‬ ‫ ‪218.‬ހަމައެހެންމެ‪ ،‬އެއްވެސް ތަހްޤީޤެއްގެ ތެރެއިން މި ލިޔުމުގެ މަސްދަރު ހޯދުމަށް މަސައްކަތް ކުރުމަކީ މޯލްޑިވްސް މީޑިއާ‬ ‫ކައުންސިލުން ކަންބޮޑުވާކަމެއްކަމާއި‪ ،‬މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރާ ގުޅައި ކައުންސިލުން‬ ‫މަޝްވަރާކުރިކުރުމުގައި‪ ،‬ކޮމިޓީއިން ކުރާ ތަޙްޤީޤުގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން‬ ‫ކޮމިޓީގެ މުޤައްރިރުގެ ފަރާތުން ލިބިފައިވާކަމަށް ބަޔާންކޮށް މީޑިއާ ކައުންސިލުން ނޫސްބަޔާން ނެރެފައިވެއެވެ‪.‬‬ ‫‪324‬‬ ‫ ‪219.‬ކޮމިޓީއިން ނޫސްވެރިންގެ މަސްދަރު ހޯދުމަށް މަސައްކަތް ނުކުރާނެކަމުގެ ޔަޤީންކަން ދިންނަމަވެސް‪ ،‬އަދި އިސްވެދެންނެވި‬ ‫ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި‪ ،‬ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ‪ 18‬ވަނަ މާއްދާގެ‬ ‫(ހ) މާނަކުރަންވާނީ ޤާނޫނުއަސާސީގެ ‪ 28‬ވަނަ މާއްދާގައި ކަނޑައަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭފަދަ‬ ‫ގޮތަކަށްކަން ބަޔާންކޮށްފައިވީނަމަވެސް‪ ،‬ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ‪ 18‬ވަނަ މާއްދާ މިހާރު‬ ‫އޮތްގޮތުން‪ ،‬ނޫސްވެރިންގެ މަސްދަރު ހޯދުމަށް ލާޒިމުކުރުން ފަދަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ގޮތަކަށް އެ‬ ‫މާއްދާ ބޭނުންކުރެވިދާނެކަން ފާހަގަކުރަމެވެ‪.‬‬ ‫ ‪220.‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ‪ 28‬ވަނަ މާއްދާގެ ދަށުން‪ ،‬ނޫސްވެރިކަން ކުރުމާއި‪ ،‬މުއާޞަލާތީ‬ ‫ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ‪ .‬މީގެތެރޭގައި ޚަބަރާއި‪ ،‬މަޢުލޫމާތާއި‪ ،‬ފެންނަ‬ ‫ގޮތްތަކާއި‪ ،‬ޚިޔާލުތައް ފާޅުކުރުމާއި‪ ،‬ޝާއިޢުކުރުމާއި‪ ،‬ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ‪ .‬މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ‬ ‫ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމުގައި ބަޔާންކޮށްފައިވާކަން‬ ‫ފާހަގަކުރަމެވެ‪ .‬އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ތިންވަނަ ދައުރަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގެ‬ ‫‪ 136‬ވަނަ މާއްދާއިން ވަކި ސަބަބުތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ނޫސްވެރިޔާއަށް މަޢުލޫމާތު ދިން މަސްދަރު ޝަރީޢަތަށް‬ ‫‪64‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3