‫ ‪195.‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ ޖަމުޢިއްޔާތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް‬ ‫ގެންދިއުމުގައި ގޮންޖެހުންތައް ނުހަނު ބޮޑުކަމާއި‪ ،‬ޚާއްޞަކޮށް މާލެ ސަރަހައްދުގައި ކުއްޔާއި އެހެނިހެން ޚަރަދުތައް ބޮޑުވުމުގެ‬ ‫ސަބަބުން މަދަނީ ޖަމުޢިއްޔާތަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވެއެވެ‪ .‬ކޯވިޑް‪ 19-‬ގެ ލޮކްޑައުންގެ ދުވަސްވަރުގައި‬ ‫މިފަދަ ބައެއް މަދަނީ ޖަމްޢިއްޔާތަކަށް އެފަރާތްތަކުގެ އޮފީސްތައް ބަންދުކޮށް އަމިއްލަ ގެއިން މަސައްކަތްކުރަން މަޖުބޫރުވިކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪295‬‬ ‫ ‪196.‬ކޯވިޑް‪ 19-‬އާ ގުޅިގެން ތަފާތު ގްރޫޕްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވީނަމަވެސް އިންސާނީ ޙައްޤުގައި‬ ‫މަސައްކަތްކުރާ މަދަނީ ޖަމުޢިއްޔާތަކަށް މާލީ އެހީތެރިކަމެއް ލިބިފައި ނުވާކަން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި‬ ‫މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪296‬‬ ‫ ‪197.‬އިންޑަސްޓްރިއަލް ރިލޭޝަން ޤާނޫނެއް މިހާތަނަށް ވުޖޫދުކުރެވިފައި ނުވާތީ ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ޓްރޭޑް‬ ‫ޔޫނިއަން ތަމްސީލު ނުކުރެވެއެވެ‪ .‬އަދި މިފަދަ ޖަމާޢަތްތައް ރަޖިސްޓްރީ ކުރެވިފައިވަނީ މަދަނީ ޖަމްޢިއްޔާގެ ހައިސިއްޔަތުން‬ ‫ކަމަށްވާތީ‪ ،‬މުވައްޒަފުންގެ ފަރާތުން ކަލެކްޓިވް ބާގެއިންކުރުމުގެ ފުރުސަތު ނުލިބޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪297‬‬ ‫ ‪198.‬އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ އ‪.‬ދ‪ .‬ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ)ގެ ކޮމިޓީއަށް‬ ‫ހުށަހެޅުމަށް އުތެމަ ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ޝެޑޯ ރިޕޯޓާ ގުޅޭގޮތުން ބައެއް ޖަމްޢިއްޔާތަކުން ނުރުހުންފާޅުކޮށް‪ ،‬ޖަމްޢިއްޔާ‬ ‫އުވާލުމަށް ގޮވާލައި ސޯޝަލްމީޑިއާގައި ކެމްޕެއިނެއް ކުރިއަށްގެންގޮސްފައިވެއެވެ‪.‬‬ ‫‪298‬‬ ‫މިކަމާ ގުޅޭގޮތުން އުތެމައިން ނެރެފައިވާ‬ ‫ބަޔާނުގައި‪ ،‬އިންސާނީ ޙައްޤުތަކަށް ދިވެހިރާއްޖޭގައި އަޑުއުފުލުމަކީ ނުރައްކާތެރި ކަމަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރާކަމާއި‪،‬‬ ‫ރާއްޖޭގެ ނޫސްތަކާއި މީސްމީޑިއާއަކީ ޙަޤީޤަތާ ޚިލާފު ވާހަކަ އުފައްދާ ވަކި ބަޔަކު ޝިކާރަކޮށް‪ ،‬ލޭބަލްކޮށް‪ ،‬ފުރައްސާރަކޮށް‪،‬‬ ‫ބިރުދައްކާ‪ ،‬ގޯނާ ކުރުމަށް އޮތް ވަސީލަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށް‬ ‫ހިފެހެއްޓުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ‪.‬‬ ‫ނޫސްވެރިންނަށާއި‪ ،‬ނޫސްވެރިކަމުގެ ފެންވަރު‬ ‫‪299‬‬ ‫ ‪199.‬ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން‪ ،‬ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ އަށް ލިބޭ ބާރުތަކުގެ ދަށުން އެއްވެސް ސަބަބެއް‬ ‫ދެއްކުމަކާ ނުލައި ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްނުދިނުމުގެ އިޚްތިޔާރު ްރަޖިސްޓްރަރ އަށް ލިބިދީފައިވެއެވެ‪ .‬މިފަދައިން‬ ‫ރަޖިސްޓްރަރ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހެދޭނެ ގޮތެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ‪ .‬އަދި ރަޖިސްޓްރަރ‬ ‫ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪300‬‬ ‫‪59‬‬

اختر الفقرة المستهدفة3