‫ހަރަކާތްތެރިވުމަށް މަގުފަހިވެގެންދާނެކަމެކެވެ‪.‬‬ ‫‪241‬‬ ‫ ‪172.‬އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް އިތުރުކުރުމުގެ ގޮތުން ސަރުކާރުގައި ވަޒީފާއަދާކުރާ އަންހެން‬ ‫މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ‪ 6‬މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ‪.‬‬ ‫‪242‬‬ ‫ ‪173.‬ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ‪ 2019‬ވަނަ އަހަރު ޝާއިޢުކޮށްފައިވާ އެމްޕްލޯއިމަންޓް އިން ޓުއަރިސްޓް‬ ‫ރިސޯޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޓުއަރިޒަމް އިންޑަސްޓްރީގައި ބައިވެރިވާ އަންހެނުންގެ ނިސްބަތަކީ ‪3‬‬ ‫އިންސައްތައެވެ‪.‬‬ ‫‪243‬‬ ‫އަންހެނުންނަށް ރިސޯޓުތަކުގައި ވަޒީފާއަދާކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކޮންމެ ދުވަހަކު‬ ‫ރިސޯޓުތަކަށް ވަޒީފާއަދާކުރުމަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންނާއި ސަގާފީ ގޮތުންނާއި މުޖުތަމަޢުން އަންހެނުންގެ‬ ‫ދައުރު ކަނޑައަޅާފައި އޮންނަ ގޮތްތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪244‬‬ ‫ ‪174.‬ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމާއި‪ ،‬ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދޭ‬ ‫ޕްރޮގްރާމްތަކަށް ވާސިލްވުމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހޯމް‬ ‫ބޭސްޑް ކުދި ވިޔަފާރިތައް ކުރުމާއި‪ ،‬ދަނޑުވެރިކަން އަދި މަސް ޕްރޮސެސްކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ‪.‬‬ ‫‪245‬‬ ‫ ‪175.‬މިކޮމިޝަނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔޫ‪.‬އެން‪.‬ޑީ‪.‬ޕީއާ ގުޅިގެން ޝާއިޢުކޮށްފައިވާ ‘ރިފްލެކްޓިން ‪ 15‬އިޔާޒް ދަ‬ ‫ރައިޓްސް ސައިޑް އޮފް ލައިފް’ ‪ 2019‬ގައި ފާހަގަކޮށްފައިވާ ގޮތުން ވަޒީފާގެ މާހައުލުގައި ‪ 1.2‬އިންސައްތަ މީހުންނަށް ރުހުމަކާ‬ ‫ނުލައި ގަދަ ބާރުން ޖިންސީ ބޭނުން ފުއްދުމަށް މަޖުބޫރުކުރުން ނުވަތަ އެކަމަށް މަސައްކަތް ކޮށްފައިވެއެވެ‪.‬‬ ‫‪246‬‬ ‫އަދި ޖިންސީ‬ ‫ފުރައްސާރަކުމާގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހޭކަން ފާހަގަކުރެވެއެވެ‪ .‬ދިރާސާގެ ބައިވެރިން ވަނީ އެއީ އެކަށީގެންވާ‬ ‫ސީރިއަސް މައްސަލައެއް ކަމަށް ގަބޫލުނުކުރާކަމަށާއި‪ ،‬މީހުން ޤަބޫލުނުކޮށްފާނެތީ އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި އެކަން‬ ‫މައްސަލައެއްގެ ގޮތުގައި ނަހަދައި ދޫކޮށްލާކަން ފާހަގަކޮށްފައެވެ‪.‬‬ ‫ ‪ 2020176.‬އަހަރު އޫ‪.‬އެން‪.‬ޑީ‪.‬ޕީއިން ކޯވިޑް‪ 19-‬ކާރިސާއާ ގުޅިގެން ދިރިއުޅުމަށް ކުރާ އަސަރު ދެނެގަތުމަށް ކުރި ރެޕިޑް‬ ‫އެސެސްމަންޓްގެ ޚުލާސާ ރިޕޯޓުގައިވާ ގޮތުން ކާރިސާގެ ސަބަބުން ވަޒީފާތަކަށް ވަރަށް ފުޅާގޮތުގައި އަސަރުކޮށްފައިވާކަން‬ ‫ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪247‬‬ ‫މިގޮތުން މުވައްޒަފުން މަދުކުރުމުގެ ތެރެއިން ވަޒީފާއިން ވަކިކުރާކުރުމާއި މުސާރަ ނުލިބޭ ޗުއްޓީ އަދި‬ ‫މުސާރަ ކުޑަކުރުން ހިމެނެއެވެ‪.‬‬ ‫‪248‬‬ ‫އަދި ކާރިސާގެ ފުރަތަމަ ފިޔަވަހި (އޭޕްރީލް‪-‬ޖޫން ‪ )2020‬ނިމުމާއެކު ވަޒީފާ ނެތުމުގެ ބިރު‬ ‫އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪249‬‬ ‫ވަޒީފާ އަދާކުރާ އާބާދީއަށް ކުރި އަސަރަށް ބަލާއިރު އަންހެނުންނަށް ތަފާތު ބޮޑުކޮށް‬ ‫އަސަރުކޮށްފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪250‬‬ ‫މީގެ އިތުރުން ވެސް ވަޒީފާއަށް ނޭދެވޭ އަސަރު އެންމެ ބޮޑަށް‬ ‫ކުރުމުގެ ފުރުސަތު އޮތް ގްރޫޕްތަކުގެ ތެރޭގައި ހިމެނެނީ ޒުވާނުންނާއި‪ ،‬ޕްރޮބޭޝަން ކޮންޓްރެކްޓުގައި ތިބި މުވައްޒަފުންނާއި‪،‬‬ ‫ނުރަސްމީ މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނާއި‪ ،‬އަމިއްލަ މަސައްކަތްކުރާ މީހުންނާއި‪ ،‬ފްރީލާންސަރުން އަދި ކޮމިއުނިޓީ‬ ‫ވެންޑަރުންނެވެ‪.‬‬ ‫‪251‬‬ ‫ ‪177.‬މި ރިޕޯޓްގެ މުއްދަތުގައި މަސައްކަތްކުރުމާއި އެކަށީގެންވާ އުޖޫރަލިބުމުގެ ޙައްޤަށް ރިޢާޔަތްކޮށް ‪ 29‬މައްސަލައެއް ކޮމިޝަނަށް‬ ‫ހުށައެޅިފައިވެއެވެ‪ .‬މި މައްސަލަތަކުގެ ތެރޭގައި ތަފާތު ކުރުން ގެންގުޅުމުގެ ސަބަބުން ހުށައެޅިފައިވާ މައްސަލަތަކާއި ވަޒީފާއިން‬ ‫ވަކިކުރުމުގެ ސަބަބުން ހުށައެޅިފައިވާ މައްސަލަތަކާއި މަސައްކަތުގެ މާޙައުލުގައި ގޯނާ ކުރުމުގެ ސަބަބުން ހުށައެޅިފައިވާ‬ ‫މައްސަލަތަކާއި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަ ކުރުމުގެ ސަބަބުން ހުށައެޅިފައިވާ މައްސަލަތަކާއި މުސާރަ ނުލިބުމުގެ‬ ‫މައްސަލަތަކާއި ވަޒީފާގެ ބިރު ދެއްކުމުގެ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ‪ .‬ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން‬ ‫މުސާރަ ނުލިބުމުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ޙައްލު ކުރަންޖެހޭ އިދާރާއަކީ ލޭބަރ ރިލޭޝަންސް އޮތޯރިޓީކަމަށްވެފައި‪،‬‬ ‫އެއިދާރާއިން މިފަދަ މައްސަލަތައް ބެލުމުގައި ލަސްވުމުގެ ސަބަބުން ޙައްޤު ގެއްލިގެންދާކަމަށްބުނެ ކޮމިޝަނަށް މައްސަލަތައް‬ ‫ހުށައަޅާފައި ހުރިކަން ފާހަގަކުރެވިފައިވެއެވެ‪ .‬އެހެންކަމުން މި މައްސަލަތަކަށް ރިޢާޔަތްކޮށް ކޮމިޝަނުން ލޭބަރ ރިލޭޝަންސް‬ ‫އޮތޯރިޓީއާއެކު މިފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް‬ ‫ކުރިއަށް ގެންގޮސްފައިވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪53‬‬

اختر الفقرة المستهدفة3