164.ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށް ގެންގޮސްފައިވާ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2019
ގެ މަސައްކަތްތެރިކަމާ ގުޅޭގޮތުން ޝާއިޢުކޮށްފައިވާ ރިޕޯޓަކީ ޤައުމީ ލެވެލެއްގައި މަސައްކަތްތެރިކަމާ ގުޅޭ އެންމެ ފަހުގެ ތަފާސް
ހިސާބު ދައްކައިދޭ ރިޕޯޓެވެ .މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި ދިރިއުޅޭ
15އަހަރުން މަތީ ނުވަތަ މަސައްކަތްކުރާ ޢުމުރުފުރާގެ އާބާދީގެ 60އިންސައްތަ މީހުން އިޤްތިސާދީ ގޮތުން ހަރަކާތްތެރިވެއެވެ.
224
އަދި މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތް އަންހެނުންނަށްވުރެ މަތިކަން ފާހަގަކޮށްފައިވެއެވެ.
225
މިތަފާތު މާލޭގައި ވަކިން ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
226
މީގެ އިތުރުން ވެސް އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ގޭތެރޭގެ
މަސައްކަތާއި ދަރިން އަދި ޢާއިލާގެ މެންބަރުންގެ ޚިދުމަތުގައި އަދާކުރާ ދައުރު އަދި މަސްއޫލިއްޔަތު ބޮޑުވުމުން މަސައްކަތުގެ
މައިދާނުގައި ހަރަކާތްތެރިވުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަކޮށްފައިވެއެވެ.
227
165.މި ރިޕޯޓުން ފާހަގަވާ ގޮތުގައި އެވްރެޖްކޮށް އާމްދަނީ ލިބޭ މަސައްކަތުގައި ހަރަކާތްތެރިވާ މީހަކަށް މަހެއްގެ މައްޗަށް
ލިބޭ އާމްދަނީއަށް ބަލާއިރު ،ފިރިހެނުންނަށް ލިބޭ މިންވަރު އަންހެނުންނަށްވުރެ ބޮޑެވެ .އަދި އަތޮޅުތަކާ އަޅާބަލާއިރު މާލޭގައި
މަސައްކަތްކުރާ މީހުންނަށް ލިބޭ މިންވަރު ގިނައެވެ .މިގޮތުން އެވްރެޖްކޮ��ް ފިރިހެނަކަށް ގަޑިއިރަކަށް 79ރުފިޔާ ލިބޭއިރު
އަންހެނަކަށް ލިބެނީ 66ރުފިޔާއެވެ.
228
166.ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ބިދޭސީ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް
މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅާފައެވެ.
229
މިގޮތުން ސިވިލް ސާރވިސް މުވައްޒަފުންނަށް
ލިބޭނެ އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000ރުފިޔާއެވެ.
230
އެންމެ ކުޑަމިނުން ދޭންޖެހޭ
އުޖޫރައެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް
8،000ރުފިޔާ ކަނޑައަޅާފައިވާއިރު ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ 7000
ރުފިޔާއެވެ.
231
އަދި ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައެއްގެ ގޮތުގައި
ކަނޑައަޅާފައިވަނީ 5000ރުފިޔާއެވެ.
232
167.މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި ދިރިއުޅޭ 15އަހަރުން މަތީ
ނުވަތަ މަސައްކަތްކުރާ ޢުމުރުފުރާގެ އާބާދީގެ 40އިންސައްތައަކީ އިޤްތިސާދީ ގޮތުން ހަރަކާތްތެރިނުވާ މީހުންނެވެ.
ޒުވާނުންގެ ޢުމުރުފުރައިގައި މަސައްކަތެއް ލިބިފައިނުވާ އާބާދީ މަތިކަން ފާހަގަކުރެވެއެވެ.
234
233
އަދި
ޒުވާނުންގެ މެދުގައި ރަނގަޅު
ތަޢްލީމު ،ތަމްރީނާއި ހުނަރު އަދި މަސައްކަތުގެ ތަޖުރިބާ ނެތުމުގެ ސަބަބުން މަސައްކަތް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވާކަން
ފާހަގަކޮށްފައިވެއެވެ.
235
168.ރަޖިސްޓްރީނުކޮށް ހިންގޭ ވިޔަފާރި ނުވަތަ އަމިއްލަ މަސައްކަތްތެރިންގެ ތެރެއިން މަސައްކަތްކުރުމަށް ވަކިތަނެއް
ކަނޑައެޅިފައިނުވާ އަދި އެއްވެސް އިޖުތިމާއީ ރައްކާތެރިކަމެއްނެތި ނެތި މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން
މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ .މިއީ ގިނަ ފަހަރު ޕެންޝަން ،މުސާރައާއި އިނާޔަތެއް ލިބޭ ގޮތަށް ޗުއްޓީ ދެވޭނެ ފަދަ ނިޒާމެއް
ނެތި މަސައްކަތް ކުރާ މީހުންނެވެ.
236
169.އާމްދަނީ ނުލިބޭ އުފެއްދުންތެރި މަސައްކަތުގައި އަންހެނުން ހޭދަކުރާ ވަގުތު ގިނައެވެ .މީގެ ތެރޭގައި ގިނަ ދުވަހު ބެހެއްޓޭފަދަ
ކާބޯތަކެތި ހެދުން ،ގޭބިސީގެ ބޭނުމަށް ދަނޑުވެރިކަން ކުރުން ،ފެހުންފަދަ ކަންތައް ހިމެނޭކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
170.މަސައްކަތްނުކުރާ އަދި ތަޢުލީމް އަދި ތަމްރީންތަކުގައި ވެސް ނޫޅޭ އާބާދީއަކީ 29އިންސައްތަކަމަށްވާއިރު
ގިނައީ އަންހެނުންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
239
238
237
މީގެ ތެރެއިން
އަންހެނުންގެ ގިނަ ވަގުތު ގޭތެރޭގެ މަސައްކަތުގަޔާއި ޢާއިލާގެ
ޚިދުމަތުގައި ހޭދަވެގެން ދިއުމަކީ މީގެ ސަބަބަކަށް ވެއެވެ.
171.ގޭތެރޭގެ މަސައްކަތާއި ކުދިން ބެލުން ފަދަ ކަންތަކުގައި އަންހެނަކު އެވްރެޖްކޮށް ދުވާލަކު ހޭދަކުރާ ގަޑިއިރު ފިރިހެނުންނަށް
ވުރެ މަތިކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
240
ޑޭކެއަރ ސެންޓަރުތަކެއް ހިންގުމަށް ދައުލަތުގެ އެހީތެރިކަން ލިބުމަކީ
އަތްފޯރާފަށުގައި ޑޭކެއަރ ސެންޓަރުތައް ހިންގުމަށް އެހީތެރިކަމެއް ލިބިގެންދާނެ ކަމެއްކަމާ އަދި އަންހެނުން އިޤްތިޞާދީ ގޮތުން
52
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ