‫‪ .4‬ނުކުޅެދުންތެރިކަން ހުންނަ މީހުން‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމާ އަދި މިފަދަ‬ ‫މައްސަލަތައް ރިޕޯޓު ކުރުމަށް ފަސްޖެހޭކަމާއި ރިޕޯޓުކުރެވޭ މައްސަލަ މަދުކަން ފާހަގަކުރެވުނެވެ‪ .‬ތަންފީޛީ އިދާރާތައް ބައްޓަން‬ ‫ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށް ނޫންކަން ފާހަގަކުރެވެއެވެ‪ .‬ނަފްސާނީ ބަލިތަކަށް‬ ‫ފަރުވާ ހޯދަމުންދާ ފަރާތްތައް އަނިޔާއަށް ހުށަހެޅިގެން ރިޕޯޓުކުރެވޭ އަދަދު އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ‬ ‫އަޅާބަލާއިރު ގިނައެވެ‪.‬‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހެއްގެ މައްޗަށް ބަރޯސާނުވެ‪ ،‬އަމިއްލަ މިނިވަންކަންމަތީގައި އުޅުމުގެ މަގު‬ ‫ފަހިވެފައި ނެތްކަން ފާހަގަކުރެވުނެވެ‪ .‬ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖްތަމައުގައި ބައިވެރިވުމާއި އެމީހުންގެ ބައިވެރިވުން‬ ‫މުޖްތަމަޢުން ބަލައިގަތުން ފަހަކަށްއައިސް ވަރަށް ބޮޑުތަން ރަނގަޅުވެފައިވާކަން ފާހަގަކުރެވިފައިވާއިރު‪ ،‬ކޯވިޑް‪ 19-‬ގެ ސަބަބުން‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖްތަމަޢުގައި ބައިވެރިވުން ކުޑަވެފައިވާކަން ލިބުނު މަޢުލޫމާތުން ފާހަގަކުރެވުނެވެ‪.‬‬ ‫ގ ޤާނޫނީ ނިޒާމްގެ ތެރެއިން ކަށަވަރުވެފައިވީނަމަވެސް‬ ‫ނ މަ ު‬ ‫ށ ކައިވެނި ކުރެވޭ ެ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަ ް‬ ‫ނނަ މީހުންނަށް‪ ،‬ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް‬ ‫ނ ހު ް‬ ‫އން ނުކުޅެދުންތެރިކަ ް‬ ‫ކައިވެނިކުރުމުގަޔާއި ކައިވެނީގެ ތެރެ ި‬ ‫ރައްކާތެރިކަން ކަށަވަރުވެފައިނުވެއެވެ‪.‬‬ ‫ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދޭ ސްކޫލުތަކުގެ ޢަދަދު އިތުރުވެފައިވެއެވެ‪ .‬އެހެން ނަމަވެސް‬ ‫ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ ކުދިންނަށް ތަޢުލީމު ހޯދުމަށް ހަމަހަމަ ފުރުޞަތުތަކެއް‬ ‫ތަނަވަސްވެފައި ނެތެވެ‪ .‬މީގެ އިތުރުން ވެސް މަތީ ތަޢުލީމާއި ފަންނީ މަސައްކަތްތެރިކަން ދަސްކުރުމަށް ހުރި ފުރުޞަތުތައް‬ ‫މަދުކަން ފާހަގަކުރެވެއެވެ‪.‬‬ ‫ކ އިމާރާތްކުރެވިފައިވާ ތަންތަނާއި މަގުތަކާއި ޕާކުފަދަ‬ ‫އެހެން މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެ ު‬ ‫އވާ ހުރަސްތަކުގެ ސަބަބުން މުޖުތަމަޢުގައި ފުރިހަމައަށް‬ ‫ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ވަނުމަށް ކުރިމަތިވެފަ ި‬ ‫އަދި އެހެން މީހުންނެކޭ އެއްހަމައަށް ބައިވެރިވުމަށް ދަތިވެއެވެ‪.‬‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ރެޖިސްޓްރީއެއް ޤާއިމުކުރުމަށް ލާޒިމުކޮށްފައިވީނަމަވެސް‪ ،‬މިހާތަނަށް މި ރެޖިސްޓްރީ‬ ‫ޤާއިމު ކުރެވިފައިނުވާކަމާއި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ‘ވޯޓަރސް ރެޖިސްޓްރީއެއް’ ޤާއިމުކުރުމުގައިވެސް އެންމެ‬ ‫ބޮޑު އެއް ގޮންޖެހުމަކީ ޤައުމީ ރެޖިސްޓްއީއެއް ނެތުންކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ދ ‪( 2000‬ދެހާސް) ރުފިޔާގެ މާލީ ޢިނާޔަތަކީ އެ މީހުންގެ ޒަރޫރީ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ޭ‬ ‫ކން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫން ަ‬ ‫ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އަނިޔާގެ މައްސަލަތައް ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމާއި‪ ،‬މިފަދަ‬ ‫މައްސަލަތައް ރިޕޯޓު ކުރުމަށް ފަސްޖެހޭކަން އަދި ރިޕޯޓުކުރެވޭ މައްސަލަ މަދުކަން ފާހަގަކުރެވުނެވެ‪ .‬އަދި ތަންފީޛީ އިދާރާތަކުގައި‬ ‫ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މައްސަލަތައް ހުށަހެޅުމަށް އެންމެ އެކަށީގެންވާ އިންތިޒާމް ހަމަޖެހިފައިނުވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫އަނިޔާގެ މައްސަލަތަކަށް ބަލާއިރު‪ ،‬ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި އަންހެންކުދިން އަނިޔާއަށް ހުށަހެޅުމުގެ‬ ‫ފުރުސަތުބޮޑުކަން ފާހަގަކުރެވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪7‬‬

Выберите целевой абзац3