‫‪ 3.3‬ރަށްރަށުގައި ދިރިއުޅޭ އަންހެނުން‬ ‫ސީޑޯގެ ‪ 14‬ވަނަ މާއްދާގައި‪ ،‬ދައުލަތުން ރަށްފުށު‬ ‫ހިސާބުތަކުގައި ދިރިއުޅޭ އަންހެނުންނަށް ޚާއްޞަކޮށް ދިމާވާ‬ ‫ދަތިތައް ދެނެގަނެ‪ ،‬ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ‬ ‫އަންހެނުންނަކީ އެމީހުންގެ ޢާއިލާތައް ދެމެހެއްޓުމުގައި މުހިއްމު‬ ‫އަދި ޚާއްޞަ އިޤްތިޞާދީ ދައުރުތަކެއް‪ ،‬އޭގެ ތެރޭގައި‬ ‫ޚާއްޞަކޮށް ފައިސާގެ އިނާޔަތްތައް ނުލިބޭ އިޤްތިޞާދީ‬ ‫ދާއިރާތަކުގައި މުހިއްމު ދައުރުތަކެއް އަދާކުރާ ބައެއްކަން‬ ‫ދެނެގަނެ‪ ،‬ރަށްފުށު ހިސާބުތަކުގައި ދިރިއުޅޭ އަންހެނުންނަށް‬ ‫މި މުއާހަދާގައި ބަޔާންކޮށްފައިވާ ހުރިހާ ކަންތައްތަކެއް‬ ‫ފޯރުކޮށްދެވޭކަން ޔަޤީން ކުރަންޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ‪.‬‬ ‫ހަމައެހެންމެ މި މުއާހަދާގައި ބައިވެރިވާ ހުރިހާ ދައުލަތްތަކަކުން‪،‬‬ ‫އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމަށް ބިނާކޮށް‪،‬‬ ‫ރަށްފުށުގައި ދިރިއުޅޭ އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހާ‬ ‫ތަފާތުކުރުންތައް ނަތްތާލުމުގެ ގޮތުން‪ ،‬ރަށްފުށު ހިސާބުތަކުގެ‬ ‫ތަރައްޤީގައި އަންހެނުން ބައިވެރިކޮށް‪ ،‬އެ ތަރައްޤީގެ ފައިދާ‬ ‫އަންހެނުންނަށް ލިބޭކަން ޔަޤީންކުރުމަށްވެސް ލާޒިމްކުރެއެވެ‪.‬‬ ‫ ‪33.‬ތަރައްޤީގެ މަޝްރޫޢުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންނުކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް އަތޮޅު ތެރޭގައި‬ ‫ދިރިއުޅޭ މީހުންނަށް ކުރަމުންދާކަން ފާހަގަކުރެވެއެވެ‪ 38.‬ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވެގެން ދިރިއުޅުން ބައްޓަން ކުރެވިފައިވާ‬ ‫މީހުންނަށް ވަކިން ބޮޑަށް އަސަރު ކުރާކަމާއި‪ ،‬ދިރިއުޅުމަށް ކުރާ މަސައްކަތަށް މިކަމުގެ ސަބަބުން ބުރޫއަރާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪39‬‬ ‫ ‪34.‬އާމްދަނީ ހޯދުމަށް ކުނާ ވިއުމާއި ރޯނުވެށުން ފަދަ ޡަޤާފީ މަސައްކަތް ކުރާ ފަރާތްތަކަށް މަސައްކަތް ކުރުމަށް ބޭނުންވާ‬ ‫އެހީތެރިކަމާއި ވިޔަފާރި ކުރެވޭނެ މަގު ފަހިވެފައި ނެތްކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪40‬‬ ‫ ‪35.‬ފަތުރުވެރިކަމުގެ ދާއިރާގައި ޢާއްމު ގޮތެއްގައިވެސް އަންހެނުންގެ ބައިވެރިވުން ކުޑަކަން ފާހަގަކުރެވޭއިރު‪ ،‬އަތޮޅުތަކުގައި ދިރިއުޅޭ‬ ‫އަންހެނުންގެ ބައިވެރިވުން ޢާއްމު މިންވަރަށްވުރެވެސް ދަށްކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪41‬‬ ‫ޞދީގޮތުން އެ ީހތެރިކަން ފޯރުކޮށްދިނުން‬ ‫‪ 3.4‬މާލީ އަދި އިޤްތި ާ‬ ‫ޅ މުޢާހަދާގައި ބަޔާންވެގެންވާ އިޤްތިޞާދީ އިޖްތިމާޢީ އަދި‬ ‫ބައިނަލްއަޤްވާމީ އިޤްތިޞާދީ އަދި އިޖްތިމާޢި ޙައްޤުތަކާގު ޭ‬ ‫މުޢާހަދާ‪‘ ،‬އިންޓަނޭޝަނަލް ކޮންވެންޝަން އޮން އިކޮނޮމިކް‪ ،‬ޘަޤާފީ ހުރިހާ ޙައްޤުތަކެއް އަންހެނުންނާއި ފިރިހެނުންނަށް‬ ‫‪42‬‬ ‫ދގެ ހަމަހަމަކަމާއެކު ލިބިދިނުން ކަށަވަރު ކުރުމަށް އެއްބަސްވެއެވެ‪.‬‬ ‫ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް’ގެ ‪ 3‬ވަނަ މާއް ާ‬ ‫ދަށުން އެ މުޢާހަދާގައި ބައިވެރިވެފައިވާ ދައުލަތްތަކުން‪ ،‬މި‬ ‫ ‪36.‬ދައުލަތުން ދޫކުރާ ލޯނުތަކުގެ ތެރެއިން ‪ 25%‬ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނާއި ޒުވާނުންނަށެވެ‪ .‬އެސްއެމްއީ ޑިވެލޮޕްމަންޓް‬ ‫ފައިނޭންސް ކޯޕަރޭޝަން (އެސް‪.‬ޑީ‪.‬އެފް‪.‬ސީ) ގެ ލޯނުތަކަށް އަންހެނުން ކުރިމަތިލީނަމަވެސް‪ ،‬އަތޮޅުތެރޭގައި ދިރިއުޅޭ އަންހެނުންނަށް‬ ‫ފުރިހަމައަށް އެސް‪.‬ޑީ‪.‬އެފް‪.‬ސީ‪.‬އިން އާންމު ގޮތެއްގައި ދޫކުރާ ލޯނުތަކުގެ މަޢުލޫމާތު ލިބިފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪43‬‬ ‫ ‪37.‬ކޯވިޑް‪ 19-‬ކާރިސާއާ ގުޅިގެން ދިރިއުޅުމަށް ކުރާ އަސަރާ ގުޅޭގޮތުން ޔޫއެންޑީޕީއިން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ‬ ‫ގޮތުގައި‪ ،‬ކޯވިޑް‪ 19-‬އާ ގުޅިގެން ކުރިމަތިވީ އިޤްތިޞާދީ ލޮޅުމުގައި��� ،‬ފިރިހެނުންގެ ތެރެއިން ‪ 47%‬މީހުން ރިޑަންޑަންޓްވީއިރު‪،‬‬ ‫އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް ‪ 55%‬މީހުން ވަނީ ރިޑަންޑަންޓްވެފައެވެ‪ .‬އަދި ފަތުރުވެރިކަމުގެ ދާއިރާގައި މި ތަފާތު‬ ‫އިތުރަށް ބޮޑުކަން ފާހަގަކޮށްފައިވެއެވެ‪ .‬ޖޮބްސެންޓަރުގައި ހުރި ފަތުރުވެރިކަމާގުޅޭ މަޢުލޫމާތު ދައްކާގޮތުން‪ 65% ،‬އަންހެނުން‬ ‫ރިޑަންޑެންސީއާ ކުރިމަތިލާން ޖެހުނުއިރު‪ 54% ،‬އިންސައްތަ ފިރިހެނުން ރިޑަންޑަންޓް ކުރެވުނުކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪44‬‬ ‫ ‪38.‬ކޯވިޑް‪ 19-‬ގެ ސަބަބުން އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު‪ ،‬ތައުލީމީ ދާއިރާއިން އަސަރުކޮށްފައިވާ ކޮންމެ‬ ‫‪ 10‬މީހަކުން ‪ 8‬މީހަކީ އަންހެނެކެވެ‪ .‬އަދި ޞިއްޙީ ދާއިރާ‪ ،‬ގޭތެރޭގެ މަސައްކަތްތައް އަދި ފަންނީ ޚިދުމަތްތައް ފަދަ ‘އެހެނިހެން’‬ ‫ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އަސަރުކުރި އަންހެނުންގެ ނިސްބަތް އިތުރުވެފައިވާއިރު‪ ،‬މިނޫން ދާއިރާތަކުގައި‬ ‫އަސަރުކުރި ފިރިހެނުންގެ ނިސްބަތް އިތުރުކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪24‬‬ ‫‪45‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Выберите целевой абзац3