‫‪.15‬‬ ‫ގންޖެހުންތަކާއި ޙައްލުކުރުމަށްކުރި މަސައްކަތް‬ ‫ވ ޮ‬ ‫ވނަ އަހަރު ދިމާ ި‬ ‫‪ަ 2021‬‬ ‫‪ 2.1‬ބަޖެޓް‬ ‫ބރު ‪( 13/2013‬އެންޓި ޓޯޗަރ ޤާނޫނު)ގެ ‪ 45‬ވަނަ މާއްދާގެ (ހ) ގައި މި ޤާނޫނު ހިންގަން ފެށުމަށްފަހު ވިދިގެން‬ ‫ޤާނޫނު ނަން ަ‬ ‫ބޖެޓު ފާސްކުރާއިރު‪ ،‬މި ޤާނޫނުގައިވާ‬ ‫ބޖެޓު އެކުލަވާލެވޭއިރު އަދި ރައްޔިތުންގެ މަޖިލީހުން އެ ަ‬ ‫އަންނަ އަހަރުތަކުގައި ކޮމިޝަންގެ ަ‬ ‫ކަންކަން ހިންގުމަށްޓަކައި‪ ،‬އެކަށީގެންވާކަމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ޢަދަދެއް ކޮމިޝަނަށް އެކަށައަޅަމުން ގެންދަންވާނެކަމަށް‬ ‫ބޔާންކޮށްފައިވާކަމާ‪ ،‬މީގެއިތުރުން‪ ،‬އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗާރ ގެ ‪ 18‬ވަނަ މާއްދާގެ‬ ‫ަ‬ ‫ބނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް‬ ‫(ނ) ގައި ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މައްސޫލިއްޔަތުތަކާއި ޒިންމާ އަދާކުރުމަށް ޭ‬ ‫ބޖެޓަށް ރިޢާޔަތްކޮށް ‪ 2021‬ވަނަ އަހަރުގެ އެން‪.‬ޕީ‪.‬އެމްގެ‬ ‫ބފައިވާ ަ‬ ‫ދަޢުލަތުގެ މަށްޗަށް ލާޒިމްކޮށްފައިވެއެވެ‪ .‬ކޮމިޝަނަށް ލި ި‬ ‫ބޖެޓް ސީލިންގއަށް ފެތޭގޮތަށް ތާވަލު އެކުލަވާލާފައިވެއެވެ‪ .‬މީގެއިތުރުން‪ ،‬އެން‪.‬ޕީ‪.‬އެމްގެ އަހަރީ ރިޕޯޓު ‪2020‬‬ ‫ޒިޔާރަތްތައް ަ‬ ‫ބޖެޓަށް ރިޢާޔަތްކޮށް އުނިކޮށްފައިވެއެވެ‪.‬‬ ‫ބނު ަ‬ ‫ބހަށް ތަރުޖަމާ ކުރުމަށް ތާވަލުކޮށްފައިވާ މަސައްކަތް‪ ،‬ލި ު‬ ‫އިނގިރޭސި ަ‬ ‫އޒަފުން‬ ‫‪ 2.2‬މުވަ ް‬ ‫އެން‪.‬ޕީ‪.‬އެމްގައި މަސައްކަތްކުރަނީ ޑިރެކްޓަރއަކާއި‪( 1 ،‬އެކެއް) އިންސްޕެކްޝަން އޮފިސަރާއި ‪( 4‬ހަތަރެއް) އެސިސްޓެންޓް‬ ‫ބލެހެއްޓުމަށް‬ ‫އިންސްޕެކްޝަން އޮފިސަރުންނާއެކު ޖުމްލަ ‪( 6‬ހައެއް) މުވައްޒަފުންނެވެ‪ .‬އެން‪.‬ޕީ‪.‬އެމްއިން އިންސްޕެކްޓްކޮށް ެ‬ ‫ބހާލާފައިވެއެވެ‪ .‬އެ މުވައްޒަފަކަށް‬ ‫ބ މުވައްޒަފުންގެ މެދުގައި ަ‬ ‫ހަމަޖެހިފައިވާ ތަންތަނުގެ ދާއިރާތައް‪ ،‬ޑިރެކްޓަރ ފިޔަވައި ދެން ތި ޭ‬ ‫ކަނޑައެޅިފައިވާ ދާއިރާއެއްގެ ޒިޔާރަތްތަކާއި އެހެނިހެން މަސައްކަތްތައް ކޮމިޝަނާ‪ ،‬ޑިރެކްޓަރގެ އިރުޝާދާއެކު ރާވައި‬ ‫ކުރިއަށްގެންދިއުމަކީ މި ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ‪.‬‬ ‫ބލެހެއްޓުމަށް ހަމަޖެހިފައިވާ ތަ��ްތަނުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާއި‪،‬‬ ‫އެން‪.‬ޕީ‪.‬އެމްއިން އިންސްޕެކްޓްކޮށް ެ‬ ‫ތަންފީޛްކުރަމުންދާ ޤާނޫނުތަކާއި އަލަށް ވުޖޫދަށް އަންނަ ޤާނޫނުތަކާގުޅިގެން އިތުރު މަރުކަޒުތައް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން‬ ‫ފާސްކޮށްފައިވުމާއި‪ ،‬އިތުރު މަރުކަޒުތައް ޤާއިމްކުރުމުގެ ޒިންމާ ސަރުކާރަށް މަތިކޮށްފައިވާއިރު‪ ،‬މި މަސައްކަތްކުރުމަށް އެކަށީގެންވާ‬ ‫އަދަދަށް އެން‪.‬ޕީ‪.‬އެމްގައި މުވައްޒަފުން ނެތުމަކީ މަސައްކަތް ކުރުމަށްއޮތް ގޮންޖެހުމެއްކަމުގައިދެކެމެވެ‪ .‬އެގޮތުން‪ ،‬ޒިޔާރަތްކުރާ‬ ‫ބލަހައްޓާ‬ ‫ތަންތަނުގެ މައިގަނޑު ‪( 9‬ނުވައެއް) ދާއިރާ (ޖަލުތައް‪ ،‬ޕޮލިސް ސްޓޭޝަންތައް‪ ،‬ކަސްޓޯޑިއަލްތައް‪ ،‬ކުޑަކުދިން ަ‬ ‫ބލަހައްޓާ މަރުކަޒުތައް‪،‬‬ ‫ބނުންވާ މީހުންނަށް ފަރުވާދޭ މަރުކަޒުތަކާއި އުމުރުންދުވަސްވީ ފަރާތްތައް ަ‬ ‫މަރުކަޒުތައް‪ ،‬ޚާއްޞައެހީއަށް ޭ‬ ‫ބނުންކުރާ ފަރާތްތަކަށް ފަރުވާދޭ މަރުކަޒުތައް‪ ،‬ގެވެށި އަނިޔާގެ‬ ‫އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތައް‪ ،‬މަސްތުވާތަކެތި ޭ‬ ‫ޝިކާރައަށްވާ ފަރާތްތަކަށް ހިމާޔަތްދޭ މަރުކަޒުތައް‪ ،‬ރީއިންޓަރގްރޭޝަން ސެންޓަރުތައް) ހިމެނިފައިވާއިރު‪ ،‬މިއިން ކޮންމެ‬ ‫ދާއިރާއެއްގައި ގިނަ މަރުކަޒުތަކެއް ހިމެނޭއިރު‪ ،‬އެން‪.‬ޕީ‪.‬އެމް މަސައްކަތުގައި މަދުވެގެން މިއިން ކޮންމެ ދާއިރާއަކަށް ފޯކަލްޕޮއިންޓެއް‬ ‫ހަމަޖެހިފައި ހުރުމުން މަސައްކަތް ރާވައި ކުރިއަށްގެންދިއުމުގައި ފަސޭހަވެގެންދާނެކަން ފާހަގަކުރަމެވެ‪.‬‬ ‫‪69‬‬ ‫އެން‪.‬ޕީ‪.‬އެމް އަހަރީ ރިޕޯޓު ‪2021‬‬ ‫‪Imf‬‬

Выберите целевой абзац3