ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
2 .2ކުޑަކުދިންގެ ޙައްޤު
ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން މަނާކުރުމާ ގުޅޭގޮތުން ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ.
ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަންއަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ
ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކާއި އިހުމާލުގެ
މައްސަލަތައްކަން ފާހަގަކުރެވޭއިރު ދިވެހި ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.
އަދި މި މައްސަލަތަކުގެ ތެރެއިން ޖިންސީ އަނިޔާއަށް ގިނައިން ހުށަހެޅިފައިވަނީ އަންހެންކުދިންނެވެ .މީގެ އިތުރުން ،ސްކޫލްގެ މާހައުލުން
ކަންބޮޑުވާ މިންވަރަށް ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވެފައިވެއެވެ.
ހަމައެހެންމެ ،ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ރިޕޯޓުގެ މުއްދަތުގައި ވެސް އަނިޔާއާއި ކުރިމަތިލާންޖެހިފައިވެއެވެ .މި
މައްސަލަތަކުގައި އަމަލުކުރަން އޮންނަ ނިޒާމް ހަރުދަނާ ކުރަން އެޅިދާނެ ފިޔަވަޅުތައް ކޮމިޝަނުންވަނީ ކަމާބެހޭ މުއައްސަސާތަކުގެ
ސަމާލުކަމަށް ގެނެސްފައެވެ.
ޤާނޫނު ނަންބަރު ( 2019/18ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގައި ،ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި ،އިންސާނީ
ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ކުރެވުނު ޢަމަލަށް ޒިންމާ ނަގައި ،ކުއްޖާ ކުރި ޢަމަލުތަކުގެ ބާވަތަށް ބަލައި ،މައްސަލަ
ޝަރީޢަތަށް ހުށަހެޅުމުގެ ބަދަލުގައި ،ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް ،ހެޔޮގޮތުގައި މުޖުތަމަޢަށް
އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީފައިވެއެވެ .ޤާނޫނު ނަންބަރު 2019/18
(ކުޑަކުދިންގެ އަދުލުގެ ޤާނޫނު)އާ އެއްގޮތްވާގޮތުގެމަތިން ،ޖުވެނައިލް ޑައިވަރޝަން ނިޒާމުގެދަށުން ޢަމަލުކޮށް ޝަރީއަތްކުރުމުގެ ބަދަލުގައި
އެހެނިހެން ގިނަ ފިޔަވަޅުތަކެއް އަޅައިފައިވެއެވެ.
1111ޤާނޫނު ނަންބަރު ( 18/2019ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ،ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި،
އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ކުރެވުނު ޢަމަލަށް ޒިންމާ ނަގައި ،ކުއްޖާ ކުރި ޢަމަލުގެ ބާވަތަށް
ބަލައި ،މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ބަދަލުގައި ،ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް،
ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީފައިވެއެވެ.
ޤާނޫނު ނަމްބަރު ( )18/2019ކުޑަކުދިންގެ އަދުލުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ،ޖުވެނައިލް ޑައިވަރޝަން ނިޒާމުގެދަށުން
ޢަމަލުކޮށް ޝަރީޢަތްކުރުމުގެ ބަދަލުގައި އެހެނިހެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ .ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔަ
ކުޑަކުއްޖެއްގެ މައްސަލައެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން ދީފައިވާ ހުށަހެޅުމާ އެއްގޮތަށް ،ކުއްޖާ ބަންދުކޮށްފައިވާ ބަންދު
މަރުކަޒަކީ ،ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށްވާތީ ކުއްޖާގެ ބަންދަށް ލުޔެއްދީ ޝަރުޠުތަކާއެކު
އެކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ.
1212ޤާނޫނު ނަންބަރު ( 19/2019ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) އާއި ( 18/2019ކުޑަކުދިންގެ ޢަދުލުގެ
ޤާނޫނު) ފާސްވެގެން ދިއުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ނަމަވެސް ،ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަދިވެސް ފެންމަތިވަމުންދާއިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުނުވާކަން
ދޭހަވާ މައްސަލަތައް މުޖްތަމަޢުން ފެންނަމުންދެއެވެ .އެގޮތުން މި ރިޕޯޓުގައި ހިމަނާފައިވާނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ
މައްސަލަތަކުގެ އިތުރުން ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރެއިން ފާހަގަކުރެވިފައިވާ
މައްސަލަތަކެވެ.
16
ހިއުމަން ރައިޓްސް ރިޕޯޓް 2022