‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ގިނަ ޢަދަދެއް ނަމަ އެ ފަރާތަށް އަސާސީ ޕެންޝަންގެ ގޮތުގައި ދެވޭ އިނާޔަތް ޙައްޤުނުވާނެކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪.5‬‬ ‫‪5‬ޤާނޫނު ނަންބަރު ‪( 4/2000‬ޢާއިލާއާ ބެހޭ ޤާނޫނު) ގެ ‪ 58‬ވަނަ މާއްދާގައި މައިންބަފައިން ބެލެހެއްޓުމުގައި ދަރިންގެ ޒިންމާތައް‬ ‫ބަޔާންކޮށްފައިވީ ނަމަވެސް‪ ،‬ދަރިންގެ އިހުމާލުން މިފަދަ ޒިންމާތައް އަދާނުކުރާނަމަ އުފުލަންޖެހޭ މަދަނީ މަސްއޫލިއްޔަތުތައް‬ ‫ޤާނޫނުގައި ވަކިން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ‪ .‬މިފަދަ ޙާލަތްތަކުގައި މަސްއޫލުކުރެވެން އޮތް ފަރާތްތަކަށް‬ ‫ކަނޑައެޅެން އޮތް އަދަބަކީ ޤާނޫނު ނަންބަރު ‪( 4/2000‬ޢާއިލާއާ ބެހޭ ޤާނޫނު) ގެ ‪ 70‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ‪1000‬‬ ‫ރުފިޔާއިން ޖޫރިމަނާ ކުރުންކަމަށްވާއިރު‪ ،‬މި އަދަބަކީ މައިންބަފައިންނާމެދު އިހުމާލުވެ ޝަރުޢީ އަދި ޤާނޫނީ މަސްއޫލިއްޔަތު‬ ‫އަދާނުކުރާ ފަރާތްތަކަށް އެކަށޭނަ އަދަބެއްނޫންކަމުގައި ފާހަގަކުރަމެވެ‪.‬‬ ‫‪3‬‬ ‫‪.6‬‬ ‫‪6‬އުމުރުން ދުވަސްވީ މީހުން ބެލުމަށް ނުވަތަ އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެ މީހުންނަށް ބޭނުންވާ އަޅާލުމާއި‬ ‫ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އުމުރުން ދުވަސްވީ މީހުންގެ ރެޒިޑެންޝަލް މަރުކަޒެއް ރާއްޖޭގައި މިހާތަނަށް‬ ‫ގާއިމުކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪ .‬މިކަމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުމުރުން ދުވަސްވީ މީހުން‬ ‫މިވަގުތު ބަލަހައްޓަމުން ދަނީ ކ‪ .‬ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކަމާއި‪،‬‬ ‫މި މަރުކަޒަކީ ނަފްސާނީ ނުކުޅެދުންތެރިކަމެއް ނެތް އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް އެކަށީގެންވާ މަރުކަޒެއް ނޫންކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪.7‬‬ ‫‪7‬އުމުރުންދުވަސްވީ މީހުންނާ ގުޅޭ މަސްއޫލިއްޔަތުތައް ކަނޑައަޅައި‪ ،‬އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލެއް‬ ‫އެކުލަވާލުމުގެ މަސައްކަތް ކުރެވެމުން އައުމަކީ އެމީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި އެޅިގެންދިޔަ‬ ‫ހަރުދަނާ ފިޔަވަޅެއްކަން ފާހަގަކުރަމެވެ‪ .‬މި ބިލުގައި އުމުރުން ދުވަސްވީ މީހުންނަށް ހޯމް ކެއަރ ފެސިލިޓީއަކާއި ރެޒިޑެންޝަލް‬ ‫ފެސިލިޓީއެއް ގާއިމުކޮށް‪ ،‬އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ރައްކާތެރިކަން ބޭނުންވާ މީހުންނަށް ރެޒިޑެންޝަން ކެއަރ‬ ‫ފެސިލިޓީތައް މެދުވެރިކޮށް ރައްކާތެރިކަން ދިނުމަށް މި ބިލުގައި ކަނޑައެޅިގެން ދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ‪.‬‬ ‫‪4‬‬ ‫‪.8‬‬ ‫‪8‬އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާގުޅޭ ބިލަށް އިންސާނީ ޙައްޤުތަކުގެ ނަޒަރުން ކޮމެންޓްކޮށް ‪ 19‬އެޕްރީލު ‪2022‬‬ ‫ގައި މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ހިއްސާކޮށްފައިވާނެއެވެ‪ .‬މިއަދާ ހަމައަށް މި ބިލު‬ ‫ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪.9‬‬ ‫‪9‬މި ރިޕޯޓުގެ މުއްދަތުގައި އުމުރުން ދުވަސްވީ މީހުންނާ ގުޅުންހުރި ‪ 2‬މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލައި‬ ‫ތަޙްޤީޤުކޮށްފައިވެއެވެ‪ .‬މިގޮތުން އުމުރުން ދުވަސްވީ މީހެއްގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ މައްސަލައެއް ތަޙްޤީގުކޮށް ގުޅުންހުރި‬ ‫އިދާރާއިން އެމީހާގެ ހާލަތު މޮނިޓަރ ކުރުމަށް މި ކޮމިޝަނުން މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމިލީ އެންޑް ސޯޝަލް‬ ‫ސަރވިސަސްއަށް އިލްތިމާސްކޮށްފައިވާނެއެވެ‪ .‬އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އަނިޔާ ކޮށްފައިވާ ކަމަށް‬ ‫ބުނެ ހުށަހެޅުނު މައްސަލައިގެ ތަޙްޤީގުން މި މައްސަލައިގެ ޙާދިސާ ރިޕޯޓެއް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން‬ ‫ހަދާފައި ނުވާކަމާއި‪ ،‬މި ޙާދިސާ ބެލުމަށް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާތީ ކޮމިޝަނުގެ ކަންބޮޑުވުން‬ ‫މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހިއްސާކޮށްފައިވާނެއެވެ‪.‬‬ ‫‪1010‬އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާ ގުޅިގެން ކޮމިޝަނަށް މި މުއްދަތުގައި މުޖުތަމަޢާއި ޢާއިލާގެ ފަރާތުން އަނިޔާ ލިބިގެން‬ ‫މައްސަލައެއް ހުށަހެޅިފައިނުވެއެވެ‪ .‬މި ރިޕޯޓްގެ މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ހުށަހެޅިފައިވަނީ ދައުލަތުގެ‬ ‫ބެލުމުގެދަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް‬ ‫އެކަނިކަން ފާހަގަކުރެވެއެވެ‪ .‬އުމުރުން ދުވަސްވީ މީހުންނަށް އިޖްތިމާޢީ ގޮތުންނާއި‪ ،‬އިޤްތިޞާދީގޮތުން ދިމާވާ ތަފާތު‬ ‫‪14‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

Выберите целевой абзац3