‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪ 15.15.2‬ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން‬ ‫‪22227‬ޤާނޫނު ނަންބަރު ‪( 11/2022‬ހެއްކާބެހޭ ޤާނޫނު) ގެ ‪ 4‬ވަނަ މާއްދާގެ (ބ) ގައި ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ރައްޔިތުންގެ‬ ‫މަޖިލީހުގެ ކޮމިޓީއެއްގައި ބަލާ މައްސަލައެއްގައި‪ ،‬ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ‬ ‫ގުޅޭގޮތުން އެ މަޖިލީހުން ކަމާބެހޭ އުޞޫލެއް ކަނޑައަޅާފައިވާނަމަ‪ ،‬މި ޤާނޫނުގެ މައްޗަށް ހިނގާނީ އެ އުޞޫލެއްކަމާއި‬ ‫ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މަޖިލީހަށް ޤާނޫނުއަސާސީގެ ‪ 88‬ވަނަ މާއްދާގެ‬ ‫ދަށުން ލިބިދޭ އިމްތިޔާޒަށް މި ޤާނޫނުގެ ސަބަބުން ހުރަހެއް ނާޅާކަމުގައި ބަޔާންކޮށްފައި އޮތުމުން‪ ،‬ރައްޔިތުންގެ މަޖިލީހުގެ‬ ‫އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ ‪ 18‬ވަނަ މާއްދާ މިހާރު އޮތްގޮތުން‪ ،‬ނޫސްވެރިންގެ މަސްދަރު ހޯދުމަށް ލާޒިމުކުރުމުން‬ ‫ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ގޮތަކަށް އެ މާއްދާ ބޭނުންކުރެވިދާނެކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪22228‬އެހެންނަމަވެސް ހެއްކާބެހޭ ޤާނޫނުގެ ‪ 136‬ވަނަ މާއްދާއިން ވަކި ސަބަބުތަކެއްގެ މައްޗަށް ރިޢާޔަތްކޮށް ނޫސްވެރިޔާއަށް‬ ‫މަޢުލޫމާތު ދިން މަސްދަރު‪ ،‬ޝަރީޢަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް‬ ‫މަޖުބޫރު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތީވެ‪ ،‬ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ ޙައްޤަށް އުނިކަން‬ ‫އައުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވިގެން ކޮމިޝަނުން އެ މާއްދާއަށް ހުށަހެޅި އިޞްލާޙުގައި އެއްވެސް ޙާލެއްގައި މަސްދަރު‬ ‫ހާމަކުރަންވާނީ ކުރިއަރާފައިވާ ދީމުޤްރާޠީ ޤައުމުތަކުގައިވެސް އަމަލުކުރަމުންދާ ގޮތްކަމުގައިވާ މަތީ މަރުޙަލާގެ ކޯޓެއްގެ އަމުރެއްގެ‬ ‫ދަށުންކަމުގައި ވުމުން މަސްދަރު ހާމަކުރުމަށް އަންގާ އެންގުމަކީ މަތީ މަރުޙަލާގެ ކޯޓަކުން އެންމެ ފަހުކަމެއްގެ ގޮތުގައި އަންގާ‬ ‫އެންގުމަކަށް ހެދުމަށް އިޞްލާހު ހުށަހަޅާފައިވީ ނަމަވެސް ކޮމިޝަނުން ހުށަހެޅި އިޞްލާހު ހިމަނާފައި ނުވެއެވެ‪.‬‬ ‫‪ 201922229‬ވަނަ އަހަރުން ފަށައިގެން ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ރޭންކް މަތިވަމުން ގޮސްފައި ވީނަމަވެސް‬ ‫‪ 2022‬ވަނަ އަހަރު ރާއްޖޭގެ ރޭންކްވަނީ ދަށަށް ގޮސްފައެވެ‪ .‬އެގޮތުން ‪ 2022‬ވަނަ އަހަރުގައި ވޯލްޑް ޕްރެސް ފްރީޑޮމް‬ ‫އިންޑެކްސްގައި ދިވެހިރާއްޖޭގެ ރޭންކް ވަނީ ‪ 72‬އިން ‪ 87‬އަށް ދަށްވެފައެވެ‪.‬‬ ‫‪221‬‬ ‫‪23230‬މި ރިޕޯޓްގެ މުއްދަތުގައި ފާސްކޮށްފައިވާ ޤާނޫނު ނަންބަރު ‪( 11/2022‬ހެއްކާބެހޭ ޤަނޫނު) ގެ ‪ 136‬ވަނަ މާއްދާގެ (ށ)‬ ‫ގައި ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މަދަނީ މިންގަނޑުގެ ތެރޭގައި ހިމެނޭ ހާލަތްތަކަކީ އެކަށީގެންވާ މިންވަރަށް މާނަ‬ ‫ކުރެވިފައިވާ ހާލަތްތަކަށްނުވާއިރު‪ ،‬މި ހާލަތްތަކުގެ މައްޗަށް ބަލައި ޝަރީޢަތުން ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން‬ ‫އަމުރު ކުރެވޭ ގޮތަށް އޮތުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކުރަމެވެ‪.‬‬ ‫‪222‬‬ ‫މިކަމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައ�� ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައިވާއިރު‪ ،‬މި ޤާނޫނަށް އަލުން އިޞްލާޙު‬ ‫ގެންނަން ރައީސް ނިންމަވާފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪223‬‬ ‫ޖަނަވަރީ ‪ 2023‬ގައި ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން‬ ‫ފަށާއިރު‪ ،‬ޤާނޫނަށް މި އިޞްލާޙު ގެނެސްފައިނުވާކަން ފާހަގަކުރަމެވެ‪.‬‬ ‫‪23231‬މި ރިޕޯޓުގެ މުއްދަތުގައި މުޒާހަރާތައް ކަވަރކުރުމަށް ޙަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިގެން ‪2‬‬ ‫މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާއިރު މި ‪ 2‬މައްސަލަ ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަދި‬ ‫ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވާފައިވެއެވެ‪.‬‬ ‫‪224‬‬ ‫މީގެ އިތުރުން‪ ،‬ނޫސްވެރިންނަށް ބިރު ދައްކައިގެން ފުރައްސާރަކުރުމުގެ‬ ‫‪ 2‬މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައިވެއެވެ‪.‬‬ ‫‪225‬‬ ‫މީގެ ތެރޭގައި އަންހެން ނޫސްވެރިއަކަށް ބިރުދައްކާފައިވާ‬ ‫މައްސަލައެއް ހިމެނެއެވެ‪.‬‬ ‫‪226‬‬ ‫‪23232‬އަންހެން ނޫސްވެރިންނާ ދެކޮޅަށް ކުރާ އަނިޔާތަކާއި‪ ،‬އަންހެނަކަށް ވީތީ ނޫސްވެރިންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ‬ ‫ގޮންޖެހުންތަކާމެދު ހޭލުންތެރިކަން ކުޑަކަމާއި އަންހެން ނޫސްވެރިންނަށް ކުރާ އަނިޔާގެ މައްސަލަތަކަށް ސަމާލުކަން ދޭ މިންވަރު‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪79‬‬

Выберите целевой абзац3