‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1212‬އެއްވެ އުޅުމުގެ މިނިވަންކަން‬ ‫ޤަނޫނުއަސާސީގެ ‪ 32‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު‬ ‫އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދީފައިވެއެވެ‪ .‬އެހެންނަމަވެސް‪ ،‬ޤާނޫނު ނަންބަރު ‪( 1/2013‬ޞުލްޙަވެރިކަމާއެކު‬ ‫އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ‪ 1‬ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ‪ 24‬ވަނަ މާއްދާގެ (ޅ)ގެ ދެށުން‪ ،‬ވެރިރަށް މާލޭގައި‬ ‫އެއްވެއުޅުމުގެ މިނިވަން ހަނިކޮށްފައިވެއެވެ‪ .‬ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނަށް ގެނެވުނު މި އިޞްލާޙު އިންސާނީ ޙައްޤުތަކުގެ‬ ‫ނަޒަރުން ރިވިއުކުރުމުގެ މަސައްކަތް ކޮމިޝަނުން އަންނަނީ ކުރަމުންނެވެ‪.‬‬ ‫‪20206‬ޤަނޫނުއަސާސީގެ ‪ 32‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން‪ ،‬ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި‬ ‫ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދީފައިވެއެވެ‪ .‬ޤާނޫނު ނަންބަރު ‪1/2013‬‬ ‫(ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ‪ 1‬ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ‪ 24‬ވަނަ މާއްދާގެ‬ ‫(ޅ) ގެ ދަށުން ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލެ ސިޓީގައި އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރެވިފައިވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪ .‬މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި‪ ،‬ޤާނޫނުގައި މިހެން އޮތްކަމުގައިވީ ނަމަވެސް‪ ،‬ދިވެހި ފުލުހުންގެ‬ ‫ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި‪ ،‬ދިވެހިރާއްޖޭގެ ވ��ރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ‬ ‫އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ‪ ،‬މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް‬ ‫އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވެއެވެ‪ .‬އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން‬ ‫‪ 4‬ޖުލައި ‪ 2020‬ގައި ނެރެފައިވާ އިޢުލާނުގެ ދަށުން ދުރާލާ ހުއްދަ ނުހޯދައި މާލެ ސަރަޙައްދުގައި އެއްވެ އުޅެވޭނީ‬ ‫ހަމައެކަނި ކާނިވާ ސަރަޙައްދުގައި ކަމަށް ކަނޑައަޅާފައިވެއެވެ‪ .‬ވީމާ‪ ،‬އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ހަނިކޮށްފައިވަނީ‬ ‫ޤާނޫނުއަސާސީގެ ‪ 16‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިނިވަން ދިމިޤްރާޠީ މުޖުތަމަޢެއްގައި ޢަމަލުކުރަމުންދާ މިންގަނޑުތަކާ‬ ‫ތައާރުޒުވާގޮތަށް ކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪20207‬މި ރިޕޯޓުގެ މުއްދަތުގައި އެއްވެ އުޅުމުގެ މިނިވަންކަމާގުޅޭ ‪ 6‬މައްސަލަ ކޮމިޝަނުން ތަޙްޤީޤު ކުރުމަށް ނިންމާފައިވެއެވެ‪ .‬މި‬ ‫‪ 6‬މައްސަލައިގެ ތެރެއިން ‪ 2‬މައްސަލައެއް ކޮމިޝަނުން އިސްނަގައިގެން ތަޙްޤީޤުކުރުމަށް ނިންމާފައިވެއެވެ‪ .‬މި މައްސަލަތަކުގެ‬ ‫ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ‪ 1‬މައްސަލައާއި‪ ،‬ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުންހުރި ‪ 5‬މައްސަލަ‬ ‫ހިމެނެއެވެ‪ .‬މި މައްސަލަތަކުގެ ތެރެއިން ‪ 5‬މައްސަލައިގެ ތަޙްޤީޤު ދަނީ ކުރަމުންނެވެ‪ .‬އެއްވެއުޅުމުގެ މިނިވަންކަމާ ގުޅޭގޮތުން‬ ‫ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު‪ ،‬އެއްވުން ރޫޅާލުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލު ކުރާއިރު‬ ‫ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ‪ .‬މި މައްސަލަތަކުގެ ތަޙްޤީޤުތަކުގައި އެއްވުންތައް ކުރިއަށް‬ ‫ދާއިރު‪ ،‬އެއްވުންތައް ކުރިއަށް ދާގޮތާއި‪ ،‬އަދި އެ އެއްވުމެއް ފުލުހުން ރޫޅާލާއިރު ވީޑިއޯ ރެކޯޑިންގ ހަދާފައި ނުހުންނަކަމާއި‪،‬‬ ‫މުޒާހަރާތަކާއި އެއްވުންތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދާ މީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ‬ ‫މަޢޫލޫމާތު ލިޔެކިޔުމުން ބަލަހައްޓާފައި ނުވާކަމާއި‪ ،‬މިފަދަ މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ތަޙްޤީޤުތަކަށް ބޭނުންވާ މަޢުލޫމާތު‬ ‫ލިބުމުގައި ދަތިތަކެއް ހުރިކަންވެސް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪211‬‬ ‫‪20208‬ޤާނޫނު ނަންބަރު ‪( 20/2016‬ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަކަންކަމުގެ ޤާނޫނަށް ‪ 1‬ވަނަ އިޞްލާޙު ގެނައުމުގެ‬ ‫ޤާނޫނު)އިން މާލެ ސަރަޙައްދުގައި އެއްވެ އުޅުމުގެ މިނިވަންކަންކަމުގެ ޙައްޤު ހަނިވެފައިވާކަން ‪ 2021‬ވަނަ އަހަރުގެ‬ ‫ހިއުމަން ރައިޓްސް ރިޕޯޓްގައި ފާހަގަކުރެވިފައިވާކަމާއި‪ ،‬އެހެންނަމަވެސް‪ ،‬މިހާތަނަށް މި ޤާނޫނު އިޞްލާޙު ކުރެވިފައިނުވާކަން‬ ‫ފާހަގަކުރަމެވެ‪.‬‬ ‫‪212‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪73‬‬

Выберите целевой абзац3