ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
17178ޖިންސީ ފުރައްސާރައާބެހޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލަތައް މަދުކަން ފާހަގަކުރެވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު 2020ވަނައަހަރު ހުށަހަޅާފައިވާ މައްސަލައަކީ
ވަޒީފާ ދިން ފަރާތުން ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ކޮމިޓީ އުފައްދާފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އަދި 2021ވަނަ އަހަރު ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވެއެވެ .މިކޮމިޝަނުން
ޝާއިޢުކޮށްފައިވާ 'ރިފްލެކްޓިން 15ޔިއަރސް ދަ ރައިޓްސް ސައިޑް އޮފް ލައިފް' 2019ގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ
ފުރައްސާރަކުރުމާގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ފަސްޖެހޭކަން ފާހަގަކުރެވެއެވެ .ދިރާސާގެ ބައިވެރިން ވަނީ އެއީ އެކަށީގެންވާ
ސީރިއަސް މައްސަލައެއް ކަމަށް މީހުން ޤަބޫލުނުކޮށްފާނެތީއާއި އާދައިގެ ކަމެއްގެ ގޮތުގައި ދެކި އެފަދަ މައްސަލަ ދޫކޮށްލާކަން
ފާހަގަކޮށްފައެވެ .މި ރިޕޯޓުން ދައްކާގޮތުން ވަޒީފާގެ މާހައުލުގައި 1.2%މީހުންނަށް ނުރުހުމުގައި ޖިންސީ ބޭނުން ފުއްދުމަށް
މަޖުބޫރުކުރުން ނުވަތަ އެކަމަށް މަސައްކަތް ކޮށްފައިވެއެވެ.
172
17179ލޭބަރ ރިލޭޝަންސް އޮތޯރިޓީން ޖުމްލަ 486އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވާއިރު މީގެ ތެރެއިން 271
އިންސްޕެކްޝަންތަކަކީ ކުރިން ދުރާލާ އެންގުމަކާނުލައި ކުރިއަށް ގެންގޮސްފައިވާ އިންސްޕެކްޝަންތަކެވެ .މި ހުރިހާ
އިންސްޕެކްޝަންތަކުން ކޮންމެވެސް މިންވަރަކަށް ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުވެފައިވާކަން ފާހަގަވެފައިވާއިރު 61ވަޒީފާދޭ ފަރާތަކަށް
ފިޔަވަޅުއަޅާފައިވާކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ .އެންމެ ގިނައިން ފާހަގަވެފައިވަނީ
ވަޒީފާއާބެހޭ އެއްބަސްވުމާއި ވަޒީފާގެ ބަޔާނާއި ހާޒިރީއާ ގުޅުންހުރި މައްސަލަތަކެވެ .ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް
ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ބަޖެޓްގެ ދަތިކަމާއި އިންސްޕެކްޝަންތަކާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމްތަކަށް
ފުރުޞަތު ތަނަވަސް ވެފައިނެތުމުގެ އިތުރުން މުއާމަލާތު ކުރުމުގައި ދިމަވާ ހުރަސްތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
173
18180ހަމައެހެންމެ ،ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ
ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކެވެ .މީގެ އިތުރުން ވެސް މުސާރައާއި އުޖޫރައާބެހޭ މައްސަލަތައް ހުށަހަޅާފައިވާކަން
ފާހަގަކުރެވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތައް
250
196
200
145
48
150
65
21
އެހެނިހެން
100
42
1
އަންފެއަރ ޑިސްމިސަލް
މުސާރައާއި އުޖޫރަ
1
ޕްރޮމޯޝަން
7
8
ރެކްރޫޓްމަންޓް
ޕްރެކްޓިސަސް
2021
62
ހިއުމަން ރައިޓްސް ރިޕޯޓް 2022
2020
50
0