‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪1010‬މަސައްކަތްކުރުމުގެ ޙައްޤު‬ ‫މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން ފާހަގަވާ ކަންކަމުގެ ތެރޭގައި ހިމެނެނީ‬ ‫މުސާރައާއި އުޖޫރައާބެހޭ މައްސަލަތަކާއި ނުޙައްޤުން ވަޒީފާއިން ވަކިކުރުމުގެ އިތުރުން ވަޒީފާއާބެހޭ އެއްބަސްވުމާއި ވަޒީފާ ބަޔާނާއި‬ ‫ހާޒިރީއާއި ގުޅުންހުރި މައްސަލަތަކެވެ‪.‬‬ ‫އަންހެނުން އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ޑޭކެއަރ ސެންޓަރުތައް އަތްފޯރާފަށުގައި ހިންގުމަށް ދައުލަތުން‬ ‫ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއް ނެރެވިފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬އަދި އެހެންމީހުންނާ އެއްހަމައެއްގައި އެއްވެސް‬ ‫ތަފާތުކުރުމެއްނެތި ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މަގު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަނަވެސްކުރުމަށް އިތުރު މަސައްކަތްތަކެއް‬ ‫ކުރަންޖެހެކަން ފާހަގަކުރަމެވެ‪.‬‬ ‫‪16169‬ވަޒީފާއާބެހޭ ޤާނޫނުގައި ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ‬ ‫ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކާއި‬ ‫ވަޒީފާއާބެހޭ ޓްރައިބިއުނަލެއް ޤާއިމުކޮށް އަދި މިނޫންވެސް ވަޒީފާއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް‬ ‫ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ‪.‬‬ ‫‪152‬‬ ‫އަދި ޤާނޫނު ނަންބަރު ‪( 22/2020‬ޤާނޫނު ނަންބަރު ‪( 2/2008‬ވަޒީފާއާބެހޭ‬ ‫ޤާނޫނު) އަށް ‪ 6‬ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ‬ ‫ކަނޑައަޅައި ޢަމަލުކުރަންވާނެ މުއްދަތުތައް ކަނޑައަޅާފައިވެއެވެ‪.‬‬ ‫‪153‬‬ ‫‪17170‬ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށް ގެންގޮސްފައިވާ ''އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ ‪2019‬‬ ‫ގެ މަސައްކަތްތެރިކަން'' ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި ދިރިއުޅޭ ‪15‬‬ ‫އަހަރުން މަތީ ނުވަތަ މަސައްކަތްކުރާ ޢުމުރުފުރައިގެ އާބާދީގެ މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތް‬ ‫އަންހެނުންނަށްވުރެ މަތިކަން (އަންހެނުން ‪ 45.6%‬އަދި ފިރިހެނުން ‪ )77.1%‬ފާހަގަކޮށްފައިވެއެވެ‪.‬‬ ‫ވަކިން ބޮޑުކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪155‬‬ ‫‪154‬‬ ‫މިތަފާތު މާލޭގައި‬ ‫އަންހެނުންގެ ތެރެއިން ގިނަ ބަޔަކަށް ގޭތެރޭގެ މަސައްކަތާއި ދަރިން އަދި ޢާއިލާގެ‬ ‫މެމްބަރުންގެ ޚިދުމަތުގައި އަދާކުރާ ދައުރު އަދި މަސްއޫލިއްޔަތު ބޮޑުވުމުން މަސައްކަތުގެ މައިދާނުގައި ހަރަކާތްތެރިވުމަށް‬ ‫ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪156‬‬ ‫އާމްދަނީ ނުލިބޭ އުފެއްދުންތެރި މަސައްކަތުގައި އަންހެނުން ހޭދަކުރާ‬ ‫ވަގުތު ގިނައެވެ‪ .‬މިގޮތުން އަންހެނުން ވަގުތު ހޭދަކުރާ ކަންކަމުގެ ތެރޭގައި‪ ،‬ގިނަ ދުވަހު ބެހެއްޓޭފަދަ ކާބޯތަކެތި ހެދުން‪،‬‬ ‫ގޭބިސީގެ ބޭނުމަށް ދަނޑުވެރިކަން ކުރުން‪ ،‬ފެހުންފަދަ ކަންތައް ހިމެނޭކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪157‬‬ ‫‪17171‬މަސައްކަތްނުކުރާ‪ ،‬ތަޢުލީމް އަދި ތަމްރީންތަކުގައި ވެސް ނޫޅޭ އާބާދީއަކީ‪ 29 %‬ކަމަށްވާއިރު‬ ‫‪158‬‬ ‫އަންހެނުންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪159‬‬ ‫މީގެ ތެރެއިން ގިނައީ‬ ‫އަންހެނުންގެ ގިނަ ވަގުތު ގޭތެރޭގެ މަސައްކަތުގައާއި ޢާއިލާގެ ޚިދުމަތުގައި‬ ‫ހޭދަވެގެން ދިއުމަކީ މިކަމުގެ ސަބަބަކަށްވެއެވެ‪.‬‬ ‫‪17172‬ގޭތެރޭ މަސައްކަތާއި ކުދިން ބެލުން ފަދަ ކަންތަކުގައި އަންހެނަކު އެވްރެޖްކޮށް ދުވާލަކު ހޭދަކުރާ ގަޑިއިރު ފިރިހެނުންނަށްވުރެ‬ ‫މަތިކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪160‬‬ ‫ގޭތެރޭގެ މަސައްކަތާއި ކުދިން ބެލުން ފަދަ ކަންތަކުގައި އަންހެނަކު އެވްރެޖްކޮށް‬ ‫ދުވާލަކު ‪ 4‬ގަޑިއިރު ހޭދަކުރާއިރު ފިރިހެނުން ދުވާލެއްގެ މައްޗަށް ހޭދަކުރަނީ ‪ 2‬ގަޑިއިރެވެ‪.‬‬ ‫‪60‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪161‬‬ ‫އަންހެނުން އިޤްތިޞާދީ‬

Выберите целевой абзац3