‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪8 .8‬ބޯހިޔާވަހިކަން ލިބުމުގެ ޙައްޤު‬ ‫ރާއްޖޭގެ އާބާދީގެ ‪ 47%‬ދިރިއުޅޭނީ މާލޭގައެވެ‪ .‬މާލޭގެ އާބާދީގެ ‪ 74%‬ދިރިއުޅެނީ ކުއްޔަށްކަން ފާހަގަކުރެވުނެވެ‪ .‬ހަމައެހެންމެ‬ ‫ރަށްރަށުގައި ދިރިއުޅޭ މީހުންނަށްވެސް ގެދޮރުގެ ދަތިކަންހުރިކަން ފާހަގަކުރެވުނެވެ‪ .‬ބޯހިޔާވަހިކަމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް‬ ‫ސޯޝަލް ހައުސިންގ މަޝްރުއޫތައް ފަށާފައިވާއިރު‪ ،‬ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން އެކުލަވާލާ އުސޫލުތަކަކީ ހަމަހަމަކަމާއި‬ ‫ތަފާތުކުރުމެއްނެތި ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތަކަށް އެކަލަވާލާފައިވާ އުސޫލުތަކަކަށް ވާންޖެހޭކަން ފާހަގަކުރަމެވެ‪.‬‬ ‫‪15152‬ބޯހިޔާވަހިކަމުގެ ދަތިކަމަކީ މިހާރު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދިމާވެފައިއޮތް ކަމެކެވެ‪ .‬ރާއްޖޭގެ އާބާދީގެ ‪ 47%‬ދިރިއުޅެނީ‬ ‫މާލޭގައެވެ‪.‬‬ ‫‪142‬‬ ‫މާލޭގެ އާބާދީގެ ‪ 74%‬ދިރިއުޅެނީ ކުއްޔަށްކަން ނެޝަނަލް ބިއުރޯއޮފް ސްޓެޓިސްޓިކްސްއިން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪143‬‬ ‫ހަމައެހެންމެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށްވެސް ގެދޮރުގެ ދަތިކަންހުރިކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪15153‬ގާނޫނު ނަންބަރު ‪( 1/2002‬ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު) ގެ ‪ 11‬ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދޫކުރެވޭނެ ގޮތްތައް‬ ‫އަދި‪ ،‬މި މާއްދާގެ (ރ) ގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަންވާނީ‪ ،‬މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ‬ ‫ގޮތުގެ މަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ‪ .‬މިގޮތުން އެކުލަވާލެވިފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ‬ ‫‪ 10‬ވަނަ މާއްދާގައި‪ ،‬މި ޤަވާޢިދުގެ ދަށުން ގޯތި ދޫކުރާއިރު‪ ،‬އެފަހަރަކު ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދަށާއި‪،‬‬ ‫ބިމުގެ ތަނަވަސްކަމަށާއި‪ ،‬ބިން ބޭނުންކުރުމުގެ ޕްލޭންތަކަށް ބެލުމަށްފަހު އެ ސަރަޙައްދަކުން ގޯތި ދޫކުރުމުގައި މި ޤަވާޢިދުގެ ‪7‬‬ ‫ވަނަ ނަންބަރުގައި ބުނެފައިވާ ޝަރުޠުތަކުގެ އިތުރު ޝަރުޠުތައް ކަނޑައެޅިދާނެކަމަށާއި މި ނަންބަރުގެ ދަށުން އިތުރު ޝަރުޠު‬ ‫ކަނޑައެޅޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހަޅައި އެފަރާތުގެ‬ ‫ހުއްދަ ލިބިގެން ކަމަށާއި‪ ،‬މިގޮތުން ކަނޑައަޅާ ޝަރުޠުތައް މި ޤަވާޢިދުގެ ‪ 13‬ވަނަ މާއްދާގައި ބުނެފައިވާ އިޢުލާނުގައި‬ ‫ހިމަނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬މި ޤަވާޢިދުގެ ‪ 10‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރުޠު ކަނޑައެޅުމަށް‬ ‫ކައުންސިލްތަކަށް ދޫކޮށްފައިވުމުން‪ ،‬ބައެއް ކައުންސިލްތަކުން ޝަރުޠު ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ ‪ 17‬ވަނަ މާއްދާއާ‬ ‫ޚިލާފަށް ތަފާތުކުރުމަށް މަގުފަހިވާގޮތަށް ޝަރުޠު ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވެއެވެ‪ .‬ގޯތިގެދޮރާއި ބޯހިޔާވަހިކަމުގެ‬ ‫ޙައްޤާ ގުޅޭގޮތުން މިހާތަނަށް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކާއި ކޮމިޝަނަށް ފާހަގަކުރެވިފައިވާ މައްސަލަތަކަށް ބަލާއިރު‪،‬‬ ‫ޢުމުރާއި‪ ،‬ކައިވެނީގެ ޙާލަތަށް ބަލައި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪15154‬މި ރިޕޯޓުގެ މުއްދަތުގައި ބޯހިޔާވަހިކަމުގެ ޙައްޤާ ގުޅޭގޮތުން ‪ 7‬މައްސަލައެއް ބަލައި ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމާފައިވެއެވެ‪.‬‬ ‫މި މައްސަލަތަކުގެ ތެރެއިން ‪ 4‬މައްސަލައެއް ވަނީ ބަލައި ތަޙްޤީޤުކޮށް ނިންމާފައެވެ‪.‬‬ ‫‪15155‬މި މައްސަލަތަކުގެ ތެރޭގައި ވާރުތަވެރިންނަށް ނޭނގި ރަށު ކައުންސިލްގެ އިދާރާއިން ގޯތީގެ ރަޖިސްޓަރީ ވަކި މީހަކަށް‬ ‫ރަޖިސްޓަރީ ކޮށްދީފައިވާކަމަށްބުނެ ހުށަހެޅުނު މައްސަލައަކާއި‪ ،‬ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން‬ ‫ހުށަހެޅުނު ‪ 5‬މައްސަލައަކާއި ގޯތީގެ އިންފާރު ވަކިކުރުމުގެ މައްސަލައެއް ހިމެނެއެވެ‪.‬‬ ‫‪15156‬ދިވެހިރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުމުގެ ސަބަބުން ދިވެހިރާއްޖޭގައި ބޯހިޔާވަހިކަން ލިބިފައިނުވާ‬ ‫ފަރާތެއް ދިވެހިރާއްޖޭގައި ދިރިއުޅުމަށް އެނބުރި އައުމުން ވަގުތީ ބޯހިޔާވަހިކަން ގުޅުންހުރި އިދާރާތަކުން ހަމަޖައްސައިދިންކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪55‬‬

Выберите целевой абзац3