ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހަމަޖެއްސުމާއި ސްކޫލަށް ވަދެނުކުމެ އުޅުމަށާއި ފާޚާނާ ބޭނުންކުރުމަށް ސްކޫލް ޓީޗަރުންނާއި މުވައްޒަފުންގެ އެހީތެރިކަން
ހޯދުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ.
97
10107ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެންމެ ގިނަކުދިން ތަޢުލީމު ހާސިލްކުރަމުންދަނީ މެއިންސްޓްރީމް ކްލާސްތަކުގައެވެ.
98
އަދި އުނގެނުމުގައި ތަފާތު ދަތިތައް ކުރިމަތިވާ ދަރިވަރުންނާ ( )Students with Learning Difficultiesއަދި
ސަމާލުކަން ދަމަހައްޓަން ދަތިވުމުގެ ސަބަބުން ކިޔެވުމުގައި ތަފާތު މައްސަލަތައް ދިމާވާ ދަރިވަރުން (Students with
)Attention-deficit Hyperactivity Disorderގިނަކަން ފާހަގަކުރެވެއެވެ.
99
ހުރިހާ ކުދިން ޝާމިލްކޮށްގެން ތަޢުލީމު
ފޯރުކޮށްދިނުމުގައި ޓީޗަރުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ސަބަބުތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ
ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ހުނަރު ބިނާކުރުމަށް އެކަށީގެންވާ ތަމްރީން ލިބިފައިނެތުމާއި ،ޕެރާ-ޓީޗަރުން ނެތުމާއި
އެސިސްޓިވް ޓެކްނޮލޮޖީގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައިނެތުން ހިމެނެއެވެ.
100
ހަމައެހެންމެ ސްޕެޝަލް
އެޑިޔުކޭޝަން ޓީޗަރުންނާއި މެއިންސްޓްރީމް ޓީޗަރުންނާއި ސްކޫލް މެނޭޖްމަންޓާ ދެމެދު އޮންނަ ގުޅުން ކުޑަވުން ހިމެނެއެވެ.
101
ޗިލްޑްރަން ވިތް ކޮމްޕްލެކުކްދިން
ސްގެ ޕްޢަރޮދަފަދުއިލްސް 2020
1984
470
އެހެނިހެނެ
117
171
216
917
512
1176
ހިއަރިން
ވިޒުއަލް
ފިޒިކަލް
އިންޓަލެކްޗުއަލް
އޯޓިޒމް
އެޓެންޝަން
އިމްޕެއަރމެންޓް
އިމްޕެއަރމެންޓް
އިމްޕެއަރމެންޓް
އިމްޕެއަރމެންޓް
ސްޕެކްޓްރަމް
ޑެފިސިޓް ހައިޕަރ
ޑިސޯޑާރ
އެކްޓިވް ޑިސޯޑާރ
ލާނިން
ޑިސެއެބިލިޓީސް
ޗިލްޑްރަން ވިތް ކޮމްޕްލެކްސް ޕްރޮފައިލްސް ،2020ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
10108އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވަކިން ޚާއްޞަކޮށް އަތޮޅުތެރޭގެ ސްކޫލުތަކަށް
ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ މައްސަލަ ފާހަގަކުރެވެއެވެ .އަޑުއިވުމުގެ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވާދިނުމަށްޓަކައި އިޝާރާތުން ބަސް ބޭނުންކުރަން ފަރިތަ އަދި މިކަމަށް އެންމެ
ފުރިހަމަ ތަމްރީން ލިބިފައިވާ ޓީޗަރުން މަދުކަން ފާހަގަކުރެވެއެވެ.
102
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން
ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކަށް އަލިއަޅުވާލާއިރު ޖުމްލަ 64ޓީޗަރުންނަށް 2021ވަނަ އަހަރު ބޭސިކް ސައިން
ލެންގްއޭޖްގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު އިތުރު 30ޓީޗަރުންނަށް އެމެރިކަން ސައިން ލެންގުއޭޖް
ތަޢާރަފްކުރުމަށް ޕްލޭންކުރެވިފައިވެއެވެ.
103
10109ފެނުމުގައި އެކި މިންވަރަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޮޑެތި އަކުރުން ޕްރިންޓްކޮށްފައިވާ ވަރކްޝީޓްތައް
ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ .އެހެންނަމަވެސް ،ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޕްރިންޓަޑް
މެޓީރިއަލްސްގެ އޯޑިއޯ ރިކޯޑިންގެ ޚިދުމަތް ތަޢާރަފްކުރުމަށް އިންތިޒާމްތައްވެސް ހަމަޖެހިފައިނުވާކަން ފާހަގަކުރެވެއެވެ.
104
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކަށް އަލިއަޅުވާލާއިރު ފެނުމުގެ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ސްކްރީން ރީޑިން ސޮފްޓްވެއަރ ''ޝާމިލް އަޑު'' 2022ވަނަ އަހަރު
ގާއިމުކޮށްފައިވެއެވެ.
105
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ކިޔަވަމުންދާ ސްކޫލްތަކުގެ ސްޕެޝަލް އެޑިޔުކޭޝަން
ޓީޗަރުންނަށާއި ދިވެހި ބަހުގެ ޓީޗަރުންނަށް ޝާމިލް އަޑު ސޮފްޓްވެއަރއަށް އަހުލުވެރިކުރުމުގެ ގޮތުން ޖުމްލަ 24ޓީޗަރުންނަށް
ހިއުމަން ރައިޓްސް ރިޕޯޓް 2022
43