ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނަގާދީފައިވާ ރައްކާތެރިކުރުމުގެ އަމުރާއި އަމުރާ ޚިލާފުވެފައިވާ މައްސަލަތައް
26
11
8
6
4
1
ފިރިހެން
1
0
އަންހެން
ފިރިހެން
ރައްކާތެރިކުރުމުގެ އަމުރާ ޚިލާފުވެފައިވާ މައްސަލަތައް
2022
އަންހެން
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުގެ އަދަދު
2021
6969ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ކަމާބެހޭ އިދާރާތަކުގެ ދައުރު ސާފުކޮށް އެނގެން ނެތުމާއި އިދާރާތަކުން ޢަމަލުކުރުމަށް
ދެމެހެއްޓެނިވި ސްޓޭންޑަރޑް އުސޫލެއް އެކުލަވާލާފައި ނެތުމަކީ ދިމާވާ ގޮންޖެހުމެއްކަން އެފް.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ.
46
މި މައްސަލައަށް ހައްލެއް ހޯދުމަށް އެފް.ޕީ.އޭއިން ގެވެށި އަނިޔާގެ މައްސަލަތައް ބަލާ އިދާރާތަކުން ޢަމަލުކުރުމަށް މިނިމަމް
ސްޓޭންޑަރޑްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
47
7070ގެވެށި އަނިޔާގެ ޢަމަލަކީ ޖިނާއީ ވަކި ކުށެއް ގޮތުގައި ކަނޑައަޅާފައިނެތުމަކީ ގެވެށި އަނިޔާގެ މައްސަލަތައް ޕްރޮސެކިއުޓް
ކުރުމަށް ދިމާވާ ގޮންޖެހުމެއްކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ 48.މީގެ އިތުރުން ،��ާނޫނީ އޮނިގަނޑު
އެކުލަވާލާފައިވާ ގޮތުން ޖިނާއީ ކުށްތަކުގައި ކުށްކުރާ މީހާއާއި ކުށުގެ ޝިކާރައަކަށްވާ މީހާއާ ދެމެދު އޮންނަ ގުޅުމަށް ރިޢާޔަތް
ނުކުރެވެއެވެ.
49
ގެވެށި އަނިޔާގެ ކުށްތަށް ދަރަޖަ ކުރެވެނީ އެހެނިހެން މާރާމާރީގެ ކުށްތަކާ އެއްހަމައެއްގައިކަމުން ގެވެށި އަނިޔާ
ކުރާ މީހުންނަށް ކުޑަ އަދަބެއް ލިބިގެން ދާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
50
7171ނިޒާމުގެ ތެރެއިން ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި ސަޕޯޓު ނުލިބުމާއި ،ގެވެށި އަނިޔާގެ
މައްސަލަތަކުގައި ރެސްޓޮރޭޓިވް ޖަސްޓިސް އެޕްރޯޗެއް ނުގެންގުޅުމާއި ،ރިފަރަލް މެކޭނިޒަމް ހަރުދަނާ ނުވުމާއި ،ކުށުގެ
ޝިކާރައަކަށްވާ މީހުންނާއި އެމީހުންގެ ޢާއިލާތަކަށް އެހީތެރިވުމަށް ފައިނޭންޝަލް ސަޕޯޓް ސިސްޓަމެއް ގާއިމްވެފައި ނެތުމާއި،
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ހަރުދާނާ ނިޒާމެއް ގާއިމްވެފައި ނެތްކަމާއި
ގެވެށި އަނިޔާގެ މައްސަލަ ބަލާ މުއައްސަސާތަކުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަން އެފް.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ.
51
7272މި ރިޕޯޓުގެ މުއްދަތުގައި 2އަންހެނެއްގެ މަރުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަމުންދާކަން ފާހަގަކުރެވިފައިވެއެވެ.
52
7373ޖަނަވަރީ 2019އިން އޮގަސްޓު 2022އާ ދެމެދު އަންހެނުންނަށް އަނިޔާކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ 1201
މައްސަލައެއް ބަލާފައެވެ .މީގެތެރެއިން އެންމެގިނައީ ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ .އޭގެ ތެރޭގައި
ހިމެނެނީ މާރާމާރީ އަދި ގެވެށި އަނިޔާގެ މައްސަލަތަކެވެ.
53
32
ހިއުމަން ރައިޓްސް ރިޕޯޓް 2022