‫ޚުލާސާ ރިޕޯޓު‬ ‫‪ .1‬ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤު‬ ‫ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން‪ 2050 ،‬ވަނަ އަހަރާ ހަމައަށް ‪60‬‬ ‫އަހަރުން މަތީގެ އާބާދީ ދެ ބިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވެއެވެ‪ .‬އަދި ދިވެހިރާއްޖޭގެ ‪ 2014‬ވަނަ އަހަރުގެ ބޯހިމެނުމުގެ‬ ‫ތަފާސްހިސާބުތައް ދައްކާގޮތުން‪ 2045 ،‬ވަނަ އަހަރު‪ ،‬ޢުމުރުން ‪ 45‬އަހަރުން މަތީގެ އާބާދީ އެއަށްވުރެ ދަށުގެ ޢުމުރުފުރާގެ‬ ‫އާބާދީއާ އަޅާބަލާއިރު އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ‪.‬‬ ‫ދޮށީއުމުރުގެ މީހުންނަށް މުޖުތަމަޢުގައި ހަމަޖެހިފައި ހުންނަންޖެހޭ ޚާއްޞަ ކަންކަން ބަޔާންކޮށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ‬ ‫އެންޑް ސޯޝަލް ސަރވިސަސްއިން ‪ 2018‬ވަނަ އަހަރު ދޮށީ ޢުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތެއް ވަނީ އެކުލަވާލާފައެވެ‪.‬‬ ‫‪ .2‬ކުޑަކުދިންގެ ޙައްޤުތައް‬ ‫ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި މޯލްޑިވްސް ޕޮލިސް‬ ‫ސަރވިސްއަށް ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާއާއި އިހުމާލު އަދި‬ ‫ޖިސްމާނީ އަނިޔާގެ މައްސަލައެވެ‪ .‬މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ދިޔަ އަހަރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ‬ ‫ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލައެވެ‪.‬‬ ‫ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ‪.‬‬ ‫ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި‬ ‫އިޖުތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސް ކުރެވިގެން ނުދާކަން ފާހަގަކުރެވެއެވެ‪ .‬ޖިންސީ ވިޔަފާރީގައި‬ ‫ކުޑަކުދިން ބޭނުންކޮށްފައިވާ މައްސަލަތައް މުޖުތަމަޢުން ނައްތާލުމަށްޓަކައި ގޮތްނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް‬ ‫ކުރަންޖެހިފައިވާކަމަށް ކޮމިޝަނުން ދެކެއެވެ‪.‬‬ ‫‪ .3‬އަންހެނުންގެ ޙައްޤުތައް‬ ‫އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން މުޖުތަމަޢު ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫އެގޮތުން އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪ .‬އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ނ ކުޑަކަން ފާހަގަކުރެވެއެވެ‪ .‬މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ‬ ‫ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވު ް‬ ‫ފއި ވީނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ‬ ‫ނނީ އޮނިގަނޑު ފަރުމާކުރެވި ަ‬ ‫ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ޤާ ޫ‬ ‫މަސައްކަތްކުރެވިފައި ނުވެއެވެ‪.‬‬ ‫ރަށްރަށުގައި އުޅޭ އަންހެނުން ބާރުވެރިވުމަށް ހުރި ފުރުސަތުތައް މަދުކަން ފާހަގަކުރެވެއެވެ‪.‬‬ ‫އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާކުރެވޭ އަދަދު މަދުކަން ފާހަގަކުރެވެއެވެ‪.‬‬ ‫ނޮން‪-‬ކޮންސެންޝުއަލް ޕޯނޯގްރަފީ‪ ،‬ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް‬ ‫މުޖްތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ވަރީގެ ނިސްބަތް މަތިކަމާ އަދި ޤާނޫނާ އެއްގޮތަށް ވަރި ކުރަން އެދި ހުށަހަޅާފައި ވަނީ ގިނައިން އަންހެނުންނެވެ‪ .‬ވަރީގެ‬ ‫މައްސަލަތަކުގެ ތެރޭގައި ޤާނޫނާ ޚިލާފަށް ކުރާ ވަރީގެ (ކޯޓުން ބޭރުގައި) ނިސްބަތް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަކަން‬ ‫ފާހަގަކުރެވެއެވެ‪ .‬އަދި ވަރިވުމަށް‪/‬ވަރިކުރުމަށް ހުށަހަޅައިގެން ސުލްހަވި މައްސަލަތަކުގެ ނިސްބަތް މަދެވެ‪.‬‬ ‫ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރެޖިސްޓްރީކުރުން ލަސްވާނަމަ އޭގެ ސަބަބުން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް‬ ‫ހެއްދުމަށާއި‪ ،‬އައިޑެންޓިޓީ ކާޑު ހެއްދުމަށާއި ޕާސްޕޯޓް ހެއްދުމަށް އަސަރުކުރާނެއެވެ‪.‬‬ ‫‪6‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3