180.ނާޖާއިޒު ފައިދާނެގުމާއި ،ހިއުމަން ޓްރެފިކިންގ ގެ ޝިކާރައަކަށްވުމުގެ ފުރުޞަތު ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ
ބިދޭސީންނަށް ބޮޑެވެ.
256
އާންމު ގޮތެއްގައި ބިދޭސީންނަށް ބޮޑު މުސާރައެއް ލިބޭނެކަމަށް ބުނެ ވައުދުވެ އެމީހުންގެ އަތުން
ކޮމިޝަންގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ބިދޭސީ “އޭޖެންޓުން” ނަގައެވެ .މިގޮތުން އާންމު ގޮތެއްގައި ބިދޭސީ “އޭޖެންޓުން”
ލައްކައިން ފައިސާ ނަގާކަމާއި ،މިފައިސާ ބިދޭސީ މަސައްކަތްތެރިން ހޯދަނީ ބިމާ އަދި އަތުގައި ހުންނަ ރަން ވިއްކައިގެންނެވެ.
257
181.ބައެއް ފަހަރު ބިދޭސީންނަށް ވައުދުވެފައިވާ ވަޒީފާއާ ތަފާތު ވަޒީފާއެއް އަދި އުޖޫރައިގެ ގޮތުން އެއްބަސްވި މިންވަރަށްވުރެ
ކުޑަ އުޖޫރައެއް ލިބޭކަން އެނގެނީ އެމީހުން ދިވެހިރާއްޖެއަށް އައުމުންނެވެ.
ނުލިބޭތަން އާދެއެވެ.
259
258
އަދި މިގޮތަށް މަސައްކަތްކުރުމުން ވެސް މުސާރަ
އެހެންކަމުން ،ބިދޭސީ މަސައްކަތްތެރިން ކޮމިޝަންގެ ގޮތުގައި ދެއްކި ފައިސާ ހޯދުމަށްޓަކައި ކޮންމެ
މަސައްކަތެއް ކުރަންވެސް ތިބެނީ މަޖުބޫރުވެފައެވެ.
260
ބައެއް ބިދޭސީން މިހާރު މަސައްކަތްކުރަމުން ދަނީ އަމިއްލައަށް ނުވަތަ
އެމީހުން ދިވެހިރާއްޖެއަށް ވަޒީފާއަދާކުރުމަށް އައި އިރު އެއްބަސްވެފައިވާ ވަޒީފާއަކު ނޫނެވެ.
މަސައްކަތްތެރިން މަސައްކަތެއް ހޯދުމަށް ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރުކުރެއެވެ.
261
މިގޮތުން ،ބައެއް ބިދޭސީ
262
182.ބައެއް ބިދޭސީ “އޭޖެންޓުން” ބިދޭސީންގެ ޕާސްޕޯޓު އެމީހުންގެ ރުހުމަކާނުލައި ނުވަތަ އެމީހުންނަށް އޮޅުވާލައިގެން
އަތުލާފައިވެއެވެ.
263
183.ބައެއް ބިދޭސީންނަށް މައްސަލަތައް ހުށަހަޅާނެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަކީ ކޮބައިކަން ނޭނގޭކަމާއި ވިސާ /އެކްޓިވް
ވަރކް ޕަރމިޓް ނެތުމަކީ ބިދޭސީ މަސައްކަތްތެރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ޖެހިލުންވާ
ސަބަބެކެވެ.
264
184.މަތީގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް އިޖްތިމާޢީ
ރައްކާތެރިކަމެއް ލިބިދީފައިނުވާކަމާއި ،އެމީހުންގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުޞަތު ބޮޑުކަމާ އަދި ހިއުމަން ޓްރެފިކިންގ ގެ
އަމަލުތަކަށް ފެތޭ އަމަލުތަކެއް ކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ.
265
185.ބައެއް ބިދޭސީ މަސައްކަތްތެރިން ވިސާގެ ގޮތުގައި “އޭޖެންޓުން”ނަށް އަދި ވަޒީފާއަދާކުރާ ފަރާތަށް ދިވެހިރާއްޖޭގައި
މަސައްކަތްކުރުމަށް ބޭނުންވާ ވިސާގެ ކަންކަން ހަމަޖެއްސުމަށް އެމީހުންގެ އަތުން ކޮންމެ 3މަހަކުން ވިސާއަށް ހަރަދުކުރެއެވެ.
266އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މިގޮތަށް އެމީހުން އަމިއްލަ ފައިސާ ދައްކާފައިވީނަމަވެސް ،ވިސާގެ ކަންކަން
ހަމަޖެހިފައިނުވާތަން އާދެއެވެ .ހަމަ މިގޮތަށް ބައެއް ފަހަރު ބިދޭސީ އިންޝުއަރެންސް ހެއްދުމުގެ ފައިސާ އެމީހުންގެ އަތުން
ވަޒީފާދިން ފަރާތުން ނަގަމުންދާއިރު ،އިންޝުއަރެންސް އާނުކުރެއެވެ.
އިންޝުއަރެންސް ޚިދުމަތް ކަށަވަރުވެފައިނުވެއެވެ.
268
267
އެހެންކަމުން ،ބިދޭސީ މަސައްކަތްތެރިންނަށް ހެލްތް
މިކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަތަކުގެ ތެރޭގައި
ބިދޭސީ މަސައްކަތްތެރީންނަށް ދިމާވާ ކުއްލި މެޑިކަލް އެމަރޖެންސީ ތަކުގައި އެފަރާތްތަކުގެ އިންޝުއަރެންސް ނެތުން ނުވަތަ
އިންޝުއަރެންސްގެ ލިމިޓް ހަމަވެފައިވާ ހާލަތްތަކުގައި ބިދޭސީންނަށް ބޭނުންވާ ފަރުވާތައް ހޯސްޕިޓަލުން ނުދެވި އަދި ކޮންމެހެން
ދޭންޖެހޭ ފަރުވާތައް ހޮސްޕިޓަލުގެ ޚަރަދުގައި ދޭންޖެހޭ ހާލަތްތައްވެސް އަންނަކަން ފާހަގަކުރެވެއެވެ .އަދި މިފަދަ ހާލަތްތަކުގައި
ރަސްމީ ލިޔުމެއް ނެތް ބިދޭސީ އެއް ނަމަ މިހާލަތުގައި ދިމާވާ ގޮންޖެހުން ބޮޑުކަން ވެސް ފާހަގަކުރަމެވެ.
186.ދިވެހިރާއްޖޭގައި ޞައްހަ ލިޔެކިޔުމެއްނެތި 63000ބިދޭސީ މަސައްކަތްތެރިން ތިބިކަމަށް ލަފާކުރެވެއެވެ 269.ނެޝަނަލް އެންޓި
ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން 2016ވަނަ އަހަރު ފާސްކޮށްފައިވާ ވިކްޓިމް އައިޑެންޓިފިކޭޝަން އެސްއޯޕީސް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ސަރވިސްގެ އޮފިސަރުންނާ ހިއްސާކޮށްފައި ވިޔަސް މިއެސްއޯޕީއަށް ހުރިހާ ހާލަތެއްގައި
ޢަމަލުކުރެވެމުން ނުދާކަން ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މޮނިޓަރ އެންޑް ކޮންބެޓް ޓްރެފިކިންގ އިން ޕާރސަންސްގެ
ފަރާތުން ނެރެފައިވާ 2021ޓްރެފިކިންގ އިން ޕަރސަންސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
270
187.ނުރަސްމީ ދާއިރާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންގެ ދިރިއުޅުމުގެ ފެންވަރު އާންމު ހާލަތަށްވުރެ
ނިކަމެތިކަމާއި ،ގިނަ އަދަދަކަށް ބިދޭސީން ވައި ދައުރުނުވާ ގޮތަށް ފަރުމާކުރެވިފައިވާ ކޮޓަރިތަކުގައި އުޅެންޖެހުމުން ތޮއްޖެހުމުގެ
މައްސަލައާ އަދި ސާފުތާހިރުކަން ކުޑަ މައްސަލައަކީ ކޯވިޑް 19-ޕެންޑެމިކާ ގުޅިގެން ފުރަބަންދުގެ ތެރޭގައިވެސް ފާހަގަކުރެވުނު
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
55