‫ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ލިބިފައިނުވާކަން ކޮމިޝަނުގެ ‪ 1424‬އަށް އެކި ކަންކަމުގައި ގުޅި ފަރާތްތަކުންވަނީ‬ ‫ފާހަގަކޮށްފައެވެ‪.‬‬ ‫‪191‬‬ ‫ ‪141.‬ކޯވިޑް‪ 19-‬ލޮކްޑައުންގެ ހާލަތު މޮނިޓަރކުރުމަށް‪ ،‬ކޮމިޝަނުން ޢާންމުކުރި ސުވާލުކަރުދާސް މެދުވެރިކޮށް ޢާއްމުން‬ ‫ފޯރުކޮށްދީފައިވާ މަޢުލޫމާތުންނާއި މަޢުލޫމާތުދިން ރަށްރަށުގެ ކައުންސިލު އިދާރާތަކުން ދިން މަޢުލޫމާތުން ފާހަގަކުރެވިފައިވާ‬ ‫ގޮތުގައި‪ ،‬ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ‪ ،‬ފިޒިއޮތެރަޕީ‪ ،‬ރިހެބިލިޓޭޝަންގެ ޚިދުމަތް ހޯދުމުގެ އިންތިޒާމް‬ ‫ހަމަޖެހިފައިވާކަމަށް ‪ 7%‬މީހުން މަޢުލޫމާތު ދީފައިވާއިރު‪ ،‬އަތޮޅުގެ އެހެން ރަށަކަށް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރުމުގެ‬ ‫އިންތިޒާމް ކައުންސިލުން ނުވަތަ ދައުލަތުން ހަމަޖައްސާފައިވާކަމަށް ‪ 3%‬މީހުން ބުނެފައިވާއިރު‪ ،‬މިފަދަ އެއްވެސް އިންތިޒާމެއް‬ ‫ހަމަޖެހިފައި ނުވާކަމަށް ‪ 16%‬މީހުން ވަނީ މަޢުލޫމާތު ދީފައެވެ‪.‬‬ ‫‪192‬‬ ‫އަދި ކޮމިޝަނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ‬ ‫ތެރެއިން ނަފްސާނީ ޑޮކްޓަރުންނާއި އެ ފަރާތްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގެ އިންތިޒާމް ދިރިއުޅޭ ރަށުން‬ ‫ހަމަޖެހިފައިވާކަމަށް ‪ 13%‬މީހުން މަޢުލޫމާތު ދީފައިވާއިރު‪ ،‬އަތޮޅުގެ އެހެން ރަށަކަށް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރުމުގެ‬ ‫އިންތިޒާމް ކައުސިލުން ނުވަތަ ދައުލަތުން ހަމަޖައްސާފައިވާކަމަށް ‪ 3%‬މީހުން ބުނެފައިވާއިރު‪ ،‬މިފަދަ އެއްވެސް އިންތިޒާމެއް‬ ‫ހަމަޖެހިފައި ނުވާކަމަށް ‪ 15%‬މީހުން ދެކޭކަމަށް ވަނީ މަޢުލޫމާތު ދީފައެވެ‪.‬‬ ‫‪193‬‬ ‫ ‪142.‬މިނިސްޓްރީ އޮފް ހެލްތުން ޙިއްޞާކޮށްފައިވާ “ނެޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ ފޮރ މޯލްޑިވްސް”‪،‬‬ ‫އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާތުން ރިވިއުކުރުމަށްފަހު‪ ،‬ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ކަމުގައިވާ‬ ‫ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތަކާއި‪ ،‬ގަނާކުރުމާއި‪ ،‬އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުން‬ ‫ނުވަތަ މަރުވާން އުޅުމާއި‪ ،‬ޢާއިލީ މައްސަލަތައް ފަދަ ޢިޖްތިމާއީ މައްސަލަތަކާ ގުޅޭ ތަފާސްހިސާބާއި މަޢުލޫމާތު ކަމާގުޅުންހުރި‬ ‫އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހޯދައި އެކަންކަމަށް ސްޓްރެޓެޖީގައި ރިޢާޔަތްކޮށްފައި ނުވާތީ އާއި‪ ،‬މިހާރު‬ ‫ޢަމަލުކުރަމުންދާ ޤާނޫނުތަކާއި‪ ،‬އުޞޫލުތަކާއި‪ ،‬އެކްޝަން ޕްލޭންތައް ދިރާސާކޮށް އެނަލައިޒްކޮށްފައި ނުވާތީ ރާއްޖޭގެ ޙާލަތާ ގުޅޭ‬ ‫ކަންކަމަށް މި ސްޓްރެޓެޖީގައި ރިޢާޔަތްކުރުމަށާއި‪ ،‬ތަޢުލީމީ މަންހަޖު އިތުރަށް ރިވިއުކޮށް ދަރިވަރުންގެ ނަފްސާނީ ޞިއްޙަތު ނުވަތަ‬ ‫ނަފްސާނީ ދުޅަހެޔޮކަން މިހާރަށްވުރެ ރަނގަޅުކުރުމަށް ސްކޫލް މާޙައުލުން ކުރެވިދާނެކަންކަން ފާހަގަކުރުމަށް ހުށަހަޅައި‪ ،‬ޖުމްލަ‬ ‫‪ 27‬އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް މިނިސްޓްރީ އޮފް ހެލްތާ ‪ 28‬ޖަނަވަރީ ‪ 2021‬ގައި ވަނީ ޙިއްޞާކޮށްފައެވެ‪.‬‬ ‫ ‪143.‬ޤާނޫނު ނަންބަރު ‪( 37/2015‬ޤާނޫނު ނަންބަރު ‪ 17/2011‬މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ‪ 2‬ވަނަ އިޞްލާޙު ގެނައުމުގެ‬ ‫ޤާނޫނު)‬ ‫‪194‬‬ ‫ގެ ‪ 47‬ވަނަ މައްދާގައި ބަޔާން ކޮށްފައިވާ ބައެއް ޚިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން ކުޑަކުދިންނަށް ޙާއްޞަ ޑްރަގް‬ ‫ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު އެކަށީގެންވާ ގޮތެއްގައި ޤާއިމްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪195‬‬ ‫ ‪144.‬ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެންސްޕާގެ ޑާޓާބޭސްގައި ރެޖިސްޓްރީކުރުމަށް ސައިކޮލޮޖިކަލް އެސެސްމަންޓެއް‬ ‫ހަދަންޖެހޭއިރު މި އެސެސްމަންޓް ހެދެނީ މާލެއިން އެކަނިކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪196‬‬ ‫ ‪145.‬ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ ތެލަސީމިއާ ހުންނަ މީހުން ގިނަ ޤައުމަކަށްވާއިރު‪،‬‬ ‫ބޭނުންވާ ޞިއްޙީ ފަރުވާ އެންމެ ފުރިހަމައަށް ލިބެން ނުހުރެއެވެ‪.‬‬ ‫‪197‬‬ ‫ތެލެސީމިއާ ހުންނަ ފަރާތްތަކަށް‬ ‫‪198‬‬ ‫ ‪146.‬ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި އެކަށީގެންވާ ފޮރެންސިކް ޚިދުމަތްތަކާއި‪ ،‬ފޮރެންސިކް ދާއިރާއިން ތަމްރީނުވެފައިވާ‬ ‫މުވައްޒަފުން ނެތުމަކީ‪ ،‬ކްރިމިނަލް ތަޙްގީގުތައް ކުރިއަށްގެންދިއުމަށް އެޅިފައިވާ ހުރަސްތަކެކެވެ‪.‬‬ ‫‪199‬‬ ‫ ‪147.‬ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭގޮތުން ‪ 33‬މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ‪.‬‬ ‫އެގޮތުން ފާހަގަކުރެވިފައިވަނީ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ އެމަރުކަޒެއްގެ‬ ‫އިދާރީ އޮނިގަނޑު ލިޔެވިފައިވާ ގޮތުގެ ސަބަބުން ނުވަތަ ތަރުތީބުވެފައިވާ ގޮތުން ފަރުވާދިނުމުގައި ލަސްވާ ލަސްވުމުގެ‬ ‫ސަބަބުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެވެ‪ .‬މިފަދަ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމުގައި ކަމާގުޅުންހުރި އިދާރާތަކުން‬ ‫އެކަށިގެންވާ އެއްބާރުލުން ކޮމިޝަނަށް އެންމެ އެކަށީގެންވާ މިންވަރަށް ލިބިފައިނުވާކަމާއި ކޯވިޑް‪ 19-‬ގެ ފުރަބަންދުގެ ހާލާތާ‬ ‫ގުޅިގެން ޞި��ްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެ ޙިދުމަތް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪47‬‬

Select target paragraph3