h
ފެށުން
އިންސާނުންނަކީ ކަރާމާތްތެރި ބައެއްކަމުގައި ލައްވަވައި ،ރައްކާތެރިކަމާއި އަމާންކަމާއެކު ދިރިއުޅުމުގެ ޙައްޤު އިންސާނުންނަށް މިންވަރު
ކުރެއްވި މާތް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަމެވެ .އަދި މި ޙައްޤުތައް ލިބުމުގައި އިންސާނުންނަކީ ހަމަހަމަ ބައެއްކަން
އަންގަވައި އެންމެ ރިވެތި މިސާލު ދެއްކެވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ
ކުރަމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި އަސާސީ ޙައްޤުތަކަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާނެ
ގޮތުގެމަތިން ކޮންމެ މީހަކަށްވެސް ލިބިގެންވާނެކަމަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ .އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ
މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓިދާނެ ޤާނޫނީ އުސޫލުވެސް މި ޤާނޫނު އަސާސީގައި ވަނީ ކަނޑައަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަމުގެ ފޮނި މީރުކަން ދިވެހިރައްޔިތުންނަށް ލިބިދެވޭކަން
ކަށަވަރުކުރުމުގެ ޤާނޫނީ ޒިންމާ މި ކޮމިޝަނަށްވަނީ މަތިކޮށްފައެވެ .އެގޮތުން ،ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ހިތާ މިންވަރު ވަޒަން
ކުރުމަށްޓަކައި މައުލޫމާތު އެއްކޮށް ރިޕޯޓެއް ނެރޭ މިއީ ފުރަތަމަ ފަހަރެވެ.
އަޅުގަނޑުގެ އުއްމީދަކީ ،ރާއްޖޭގައި އިންސާނީ ޙައްޤުގެ ހާލަތު ބަލައި ދިރާސާކޮށް އަހަރަކު އެއްފަހަރު ރިޕޯޓެއްގެ ސިފައިގައި މަޢުލޫމާތު
ޢާއްމުކުރުމެވެ .އަދި ހަމައެހެންމެ މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް ރައްކާތެރި މާޙައުލެއް ޤާއިމުވެގެން
ދިޔުމެވެ .އަޅުގަނޑުގެ ދުއާއަކީ އިންސާނީ ޙައްޤުތައް ކުރިއަރުވައި އޭގެ ރޫޙު އާލާކުރުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މިފަދަ
އެންމެހައި މަސައްކަތުގައި މާތްﷲ ސުބުހާނަހޫ ވަތަޢާލާ ބަރަކާތް ލެއްވުމެވެ.
މަރްޔަމް މުނާ
ކޮމިޝަނުގެ ރައީސް