‫ކުއްޖާގެ ޚަރަދަށާއި ކުއްޖާ ބެލުމުގެ ޚަރަދަށް‪ ،‬އެއް ކުއްޖަކު ހުރިނަމަ‪ ،‬މަހަކު ‪ 2000/-‬ރުފިޔާ‪ ،‬އަދި އެއް ކުއްޖަކަށްވުރެ ގިނަ‬ ‫ކުދިން ތިބިނަމަ‪ ،‬އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު ‪ 1000/-‬ރުފިޔާއަށްވުރެ މަދުނޫން ޢަދަދެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪.‬‬ ‫ ‪54.‬ޤަވާޢިދު ނަންބަރު ‪( 2015/R-24‬ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރި ރެޖިސްޓްރީ ކުރުމުގެ ޤަވާޢިދު)ގެ ‪ 32‬ވަނަ މާއްދާގެ(ހ)‬ ‫ގައި އެއް އަނތްބަށްވުރެ ގިނަ އަނބިންނާއި ކައިވެނިކުރަން ހުށަހަޅާ މީހުންގެ ޝަރުޠުތަކުގެ ތެރޭގައި އެމީހެއްގެ އަނބި‬ ‫ދަރީންނަށް ކުރަންޖެހޭ ޚަރަދުކުރަމުން އަންނަ މީހަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬ޑިޕާޓްމަންޓް އޮފް ޖުޑީޝަލް‬ ‫އެޑްމިނިސްޓްރޭޝަނުން ‪ 2015‬އިން ‪ 2019‬އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާލާއިރު ކޮންމެ‬ ‫އަހަރަކު އެވެރެޖްކޮށް ‪ 169‬މީހުން އެއް އަންބަތްވުރެ ގިނަ އަނބިންނާ ކާއިވެނިކޮށްފައިވެއެވެ‪.‬‬ ‫‪62‬‬ ‫ ‪55.‬ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ‪ 2019‬ވަނަ އަހަރު ޝާއިޢުކޮށްފައިވާ ސަރކިއުލަރގައި އެއް އަނތްބަށް ވުރެ ގިނަ އަނބީންނާ‬ ‫ކާވެނިކުރާ ފިރިހެނާއަކީ އަނބިދަރިންނަށް ޚަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް އަނބިމީހާގެ ބަޔާން ނެގުމާގުޅޭ ގޮތުން‬ ‫ބަޔާންކޮށްފައިވަނީ ޢާއިލާއާބެހޭ ޤަވާޢިދުގެ ‪ 19‬ވަނަ މާއްދާގެ (ހ)ގެ ދަށުން‪ ،‬އެއް އަނތްބަށް ވުރެ ގިނަ އަނބީންނާއި ކައިވެނިކުރާ‬ ‫ފިރިހެނާއަކީ އަނބިދަރިންނަށް ޚަރަދުކުރަމުންދާ މީހެއްތޯ ސާފުކުރުމަށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓުތަކުން އަނބިމީހާގެ‬ ‫ބަޔާން ނަގަމުންދިޔަ ނަމަވެސް މިހާރަކަށް އައިސް ބައެއް ކޯޓުތަކުން‪ ،‬ކޯޓުގައި ޚަރަދުގެ ރެކޯޑެއްނެތްނަމަ އެއީ އަނބިދަރީންނަށް‬ ‫ޚަރަދުކުރާ މީހެއްކަމުގައި ބަލައި‪ ،‬އަނބިމީހާގެ ބަޔާން ނެގުމަކާ ނުލައި‪ ،‬ކައިވެނިކޮށްދެމުން ދާކަން ފާހަގަކުރެވިފައިވާތީ‪ ،‬އެއް‬ ‫އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަން އެދި ކޯޓަށް ހުށަހެޅޭ ޙާލަތްތަކުގައި‪ ،‬ޢާއިލާއާބެހޭ ޤަވާޢިދުގެ ‪ 19‬ވަނަ މާއްދާގެ‬ ‫(ހ)ގައިވާ ގޮތުގެމަތިން އެއް އަނތްބަށް ވުރެ ގިނަ އަނތްބަށް ކައިވެނިކުރަންއުޅޭ ފިރިހެނާއަކީ އެ ފިރިހެނާ އިނދެގެންއުޅޭ‬ ‫އަނބިމީހާއަށާއި ދަރިންނަށް ކުރަންޖެހޭ ޚަރަދު ކުރަމުންގެންދާ މީހަކުކަން ކަށަވަރުކޮށް‪ ،‬ޔަޤީންކުރުމުގެ ގޮތުން‪ ،‬އެ ފިރިހެނާ‬ ‫އިނދެގެން އުޅޭ އަނބިމީހާގެ ބަޔާނެއް ކޯޓުން ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާކަމެވެ‪.‬‬ ‫‪63‬‬ ‫ ‪56.‬ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ‪ 2015‬އިން ‪ 2019‬އަށް ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް‬ ‫ހިސާބަށް ބަލާލާއިރު ދަރިންގެ ޚަރަދާ ގުޅޭގޮތުން އެވެރެޖްކޮށް އަހަރަކު ‪ 456‬މައްސަލަ‬ ‫ކެނޑުމާގުޅޭގޮތުން ‪ 85‬މައްސަލަ ހުށަހަޅާފައިވެއެވެ‪.‬‬ ‫ހުށަހެޅިފައިވާއިރު‪ ،‬ދަރިންގެ ޚަރަދު‬ ‫‪64‬‬ ‫ ‪57.‬ޤާނޫނު ނަންބަރު ‪( 2/2014‬އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު)ގެ ‪ 10‬ވަނަ މާއްދާގެ ދަށުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި‬ ‫ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން‬ ‫ޝަރުޠުހަމަވާ ކޮންމެ ކުއްޖަކަށް މީލާދީ‬ ‫މަހެއްގެ ތެރޭގައި ލިބެނީ ‪ 1000‬ރުފިޔާއެވެ‪ .‬އަދި ‪ 11‬ވަނަ މާއްދާގެ ދަށުން އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މީލާދީ‬ ‫މަހެއްގެ ތެރޭގައި މާލީ އެހީގެ ގޮތުގައި ލިބިދެވޭނީ ގިނަވެގެން ‪ 10,000‬ރުފިޔާއެވެ‪ .‬އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން އެކަނިވެރި‬ ‫މައިންނާއި ކުދިންނަށް ދެވޭ އެހީ ލިބެނީ ޖުމްލަ ‪ 4965‬ކުދިންނަށެވެ‪.‬‬ ‫‪65‬‬ ‫ ‪58.‬ޢާއިލާއާބެހޭ ޤާނޫނުގެ ‪ 22‬ވަނަ މާއްދާގައި ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކު ކައިވެންޏެއް ކޮށްފިނަމަ އަދި ކައިވެނިކުރީ‬ ‫ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއް ހުންނަ ޤައުމެއްގައި ކަމަށްވާނަމަ‪ ،‬ކާވެނިކުރާ ދުވަހުން ފެށިގެން ދެމަސް ދުވަހުގެ ތެރޭގައި އެ‬ ‫ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬އެ ކައިވެންޏެއް ކުރިފަރާތުން އެ އޮފީހެއްގައި ރަޖިސްޓަރީ‬ ‫ކުރުމަށް ހުށަހަޅަންވާނެއެވެ‪ .‬އަދި ކައިވެނިކުރީ ދިވެހިރާއްޖޭގެ ރަސްމީ އޮފީހެއްނެތް ޤައުމެއްގައި ކަމަށްވާނަމަ‪ ،‬ކައިވެނިކުރާ‬ ‫ދުވަހުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި އާ ކައިވެންޏެއް‪ ،‬މި މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރުމަށް‬ ‫ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪ .‬މި ޤާނޫނުގެ ‪ 62‬ވަނަ މާއްދާގެ ދަށުން‬ ‫ހުރުމަކީ ކުށެއްކަމާއި‪ ،‬މި ކުށުގެ އަދަބަކީ ‪ 1000/-‬ޖޫރިމަނާ ކުރުމެވެ‪.‬‬ ‫ކައިވެނި ރަޖިސްޓްރީކުރުމަށް ހުށަނާޅައި‬ ‫ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން‬ ‫‪ 2015‬އިން ‪ 2019‬ޝާއިޢުކޮށްފައިވާ ޝަރުޢީ ދާއިރާގެ ތަފާސް ހިސާބަށް ބަލާއިރު‪ ،‬ދެ ދިވެހިން ބޭރުގައި ކުރާ ކައިވެނި‬ ‫ރެޖިސްޓްރީ ކުރަން އެވެރެޖްކޮށް އަހަރަކު ‪ 58‬ކައިވެންޏެއް ހުށަހަޅައެވެ‪ 66.‬ރާއްޖެއިން ބޭރުގައި ކުރާ ކައިވެނި ރެޖިސްޓްރީކުރުން‬ ‫ލަސްވާނަމަ އޭގެ ސަބަބުން ދަރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ރެޖިސްޓަރކުރުމަށާއި‪ ،‬އައިޑެންޓީޓީ ކާޑު ހެއްދުމަށާއި ޕާސްޕޯޓް‬ ‫ހެއްދުމަށް އަސަރުކުރެއެވެ‪.‬‬ ‫‪67‬‬ ‫ ‪59.‬ކޯޓުން ބޭރުގައި ކައިވެނިކުރުމާ އަދި ކުޑަކުދިންނާ ކައިވެނިކުރުމާ ބެހޭ ތަފާސް ހިސާބު ލިބެންނެތްކަން ފާހަގަކުރެވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪68‬‬ ‫‪29‬‬

Select target paragraph3