3.6ޤާނޫ ީނ ހަމަހަމަކަން
48.ދިވެހިރާއްޖޭގެ ގިނަ ބިންތައް މިލްކުވަނީ ދައުލަތަށްކަމާއި ،މިފަދަ ބިންތައް ބެހުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި
ހަމަހަމަކަން ގެންގުޅެއެވެ 54.އަމިއްލަ ބިން ވާރުތަކުރުމާއި ބެހުމުގައި ޝަރުޢީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ،އަންހެން ދަރިންނަށް
ލިބޭވަރަށްވުރެ ދެގުނަ އިތުރަށް ފިރިހެން ދަރިންނަށް ލިބެއެވެ 55.އެހެންނަމަވެސް ،އާންމުގޮތެއްގައި ބިން ބެހުމުގައި އާއިލާއިން
އެދޭނަމަ އަމިއްލަ މީހުންގެ ބިންވެސް ބަހަނީ އެއް ހަމައެއްގައިކަން ފާހަގަކުރެވިފައިވެއެވެ.
49.ޤާނޫނު ނަމްބަރު ( 4/2000ޢާއިލާއާބެހޭ ޤާނޫނު)އަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން ވަރިކުރުމުގެ ކުރިން ދެމަފިރިން
އެކުގައި ހޯދާފައިވާ މުދާ ޢަދުލުވެރިކަމާއެކު ބެހުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ .މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި،
ކައިވެނި ރޫޅޭ ޙާލަތުގައި ،ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހޯދާފައިވާ މުދަލާއި ފައިސާއާމެދު ޢަމަލުކުރާނެ އުސޫލެއް
ބަޔާންކޮށް މި ޤާނޫނާ އެއްގޮތްވާ ގޮތެއްގެ މަތިން އެއްބަސްވުމެއް އެކުލަވާލާފައި ވާނަމަ ،ވަރިކުރުމުގެ ހުއްދަ ދިނުމުގެ ކުރިން
ނުވަތަ ކައިވެނި ރޫޅައިދިނުމުގެ ކުރިން ،ނުވަތަ ވަރި ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން ،ކައިވެނީގެ މުއްދަތުގައި ދެމަފިރިން
އެކުގައި ހޯދާފައިވާ މުދަލާއި ފައިސާ ،މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތެއްގެމަތިން ،އެ ދެމަފިރިންގެ މެދުގައި ޢަދުލުވެރި
ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ 56.އެހެންނަމަވެސް ،މިފަދަ ކައިވެނީގެ އެއްބަސްވުމަކީ އާ އެއްޗަކަށްވުމާއި ،އަދި
މި ކަމާގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރި ވެފައިނުވާތީ މިފަދަ އެއްބަސްވުންތައް ވެވެނީ މަދުންކަން ފާހަގަކުރެވިފައިވެއެވެ .އާންމުން
ހޭލުންތެރިކޮށް މެޓްރިމޯނިއަލް ޕްރޮޕަރޓީ ދެ ފަރާތުގެ ދެމެދުގައި ހަމަހަމައަށް ބެހޭނެ ފަދައަކުން ޤާނޫނު އިޞްލާޙުކުރަންޖެހޭކަން
ކޮމިޝަނުން ފާހަގަކުރަމެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
27