‫‪ 3.5‬އަންހެނުންނަށް ކުރާ އަނިޔާ‬ ‫އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ‬ ‫ޖިންސަށް ނުވަތަ އެނޫންވެސް ކަންކަމަށް ބަލައި ތަފާތުކޮށްގެން‬ ‫ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ‬ ‫‪ 17‬ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ‪.‬‬ ‫ޤާނޫނު އަސާސީގެ ‪ 20‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ‬ ‫ގޮތުގައިޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ‬ ‫ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤެކެވެ‪.‬‬ ‫އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހާ ތަފާތުކުރުންތައް‬ ‫ނައްތާލުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބަޔާންކޮށްފައިވާ‬ ‫ގޮތުގައި މި މުޢާހަދާގައި ބައިވެރިވާ ދައުލަތްތަކުން‪ ،‬އަންހެނުންނާ‬ ‫ދެކޮޅަށް ކުރެވޭ ތަފާތުކުރުންތަކާއި‪ ،‬އޭގެ އެންމެހައި ބާވަތްތައް‬ ‫ކުށްވެރިކޮށް‪ ،‬އެކަށީގެންވާ ހުރިހާ ގޮތަކުން‪ ،‬ލަސްނުކޮށް‪،‬‬ ‫އަންހެނުންނާ ދެކޮޅަށް ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް‬ ‫ސިޔާސަތުތައް ކަނޑައަޅަންވާނެއެވެ‪.‬‬ ‫ޤާނޫނު ނަންބަރު ‪( 3/2012‬ގެވެށި އަނިޔާ ހުއްޓުވުމުގެ‬ ‫ޤާނޫނު)ގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ހިނގާ ގެވެށި‬ ‫އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް‬ ‫ކަނޑައެޅުމާއި‪ ،‬ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ‬ ‫މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި‪،‬‬ ‫ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި‬ ‫އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި‪ ،‬ކަމާގުޅޭގޮތުން‬ ‫އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި‪ ،‬އެއް‬ ‫މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ‬ ‫ގޮތްތައް ކަނޑައެޅުމެވެ‪.‬‬ ‫މި ޤާނޫނުގެ ތެރެއިން ކޯޓުން ތަފްރީޤުކުރުމުގެ އަމުރަކާއެކު‪،‬‬ ‫އިސްލާމީ ޝަރީޢަތުގައި އަންހެންމީހާއަށް ލިބިގެންވާ‬ ‫ޙައްޤެއްކަމުގައިވާ ތަފްރީޤުކުރުން‪“ ،‬އެދެމީހުންގެ ދެމެދުގައިވާ‬ ‫ކައިވެނީގެ ގުޅުން ކަނޑާލުމާއި ކައިވެނި ރޫޅާލުމުގެ ޙައްގު”‬ ‫އަންހެންމީހާއަށް ލިބިގެންވެއެވެ‪.‬‬ ‫ޤާނޫނު ނަންބަރު ‪( 17/2014‬ޖިންސީ ކުށުގެ ޤާނޫނު)‬ ‫ގައިވާ ގޮތުގެ މަތިން ރޭޕްކުރުމާއި‪ ،‬މީހަކަށް ޖިންސީ އަނިޔާ‬ ‫ކުރުމާއި ޖިންސީގޯނާ ކުރުމަކީ ކުށެކެވެ‪ .‬އަދި މިދެންނެވުނު‬ ‫އަމަލެއްގެ ތެރެއިން އަމަލެއްކުރަން އުޅުމާއި ބައިވެރިވުމާއި‬ ‫އެހީތެރިވެދިނުމަކީވެސް ކުށެކެވެ‪.‬‬ ‫ ‪39.‬އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ތެރެއިން އެހީތެރިކަން ހޯދަނީ ފަސްބައިކުޅަ ދެބައި މީހުންކަން ފާހަގަކުރެވެއެވެ‪ 46.‬އަނިޔާއަށް‬ ‫ހުށަހެޅޭ އަންހެނުން ރިޕޯޓުކުރުމަށް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި ނިޒާމަށް އިތުބާރު ނުކުރެވުމާއި‪ ،‬ސިއްރު ނުހިފެހެއްޓުމާއި‪،‬‬ ‫ރިޕޯޓުކުރާ ފަރާތްތަކަށް އޮންނަ ރައްކާތެރިކަން ކުޑަވުން ހިމެނޭކަން ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފާހަގަކުރެވެއެވެ‪.‬‬ ‫‪47‬‬ ‫މީގެ އިތުރުން‪ ،‬ޖެންޑަރ ބޭސްޑް ވަޔަލެންސްގެ މައްސަލަތައް ހުށަހެޅުމަށް ހަދާފައިވާ ނިޒާމްތަކަކީ ޝަކުވާ ހުށެހުޅަށް ފަސޭހަ‬ ‫ނިޒާމްތަކެއް ނޫންކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪48‬‬ ‫ ‪40.‬އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ދީން ބޭނުންކުރާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪ 49.‬އަދި އަންހެނުންނަށް އަނިޔާކުރުމަށް ދީން ހަތިޔާރެއްގެ ގޮތުން ބޭނުންކުރާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪50‬‬ ‫ ‪41.‬ނޮން‪-‬ކޮންސެންޝުއަލް ޕޯނޯގްރަފީ‪ ،‬ރެކޯޑެޑް ސެކްޝުއަލް އެސޯލްޓް އަދި ސެކްސްޓޯޝަން ފަދަ ސައިބަރ ކްރައިމްސް‬ ‫މުޖްތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪ .‬އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރަމުން ދާތީ ތަންފީޒީ އިދާރާތަކުން‬ ‫އަނިޔާ ލިބުނު ފަރާތަކީ ކުށްކުރި ފަރާތެއްކަމުގައި ބެލެވިދާނެތީ‪ ،‬އަނިޔާ ލިބިފައިވާ ފަރާތް އިތުރު އަނިޔާއަށް ހުށަހެޅިގެންދާކަމާއި‬ ‫މިކަމުގެ ސަބަބުން ރިޕޯޓުކުރަން ފަސްޖެހޭކަން ފާހަގަކުރެވުނެވެ‪.‬‬ ‫ ‪42.‬ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަކުރުމާއި ކޮޑިފައި ކުރުމުގައި މުއައްސަސާތަކުގެ މެދުގައި ތަފާތުކުރުން އުޅޭކަން‬ ‫ފާހަގަކުރެވެއެވެ‪ .‬އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ގެވެށި އަނިޔާއަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވުމުގެ‬ ‫ސަބަބުން‪ ،‬ގެވެށި އަނިޔާގެ މައްސަލަތަކަށް ދަޢުވާކުރަނީ އެހެނިހެން ޤާނޫނުތަކުގެ ދަށުންކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪ 201543.‬ވަނަ އަހަރާއި ‪ 2020‬ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން‬ ‫ގިނަ މައްސަލަތަކަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައްކަން ފާހަގަކުރެވެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪51‬‬ ‫‪25‬‬

Select target paragraph3