ލބިދީފައިވުމާއި ،މި ޙައްޤު ބޭނުންކުރުމުގައި ޢަމަލުކުރަންވާނެ ގޮތާއި ،ޞުލްޙަވެރި އެއްވުމެއްގައި ބައިވެރިވާ ފަރާތްތަކާއި
ި
އެފަދަ އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި އެފަރާތްތަކުގެ ޒިންމާތައް އަދި ދައުލަތުގެ އިދާރާތަކުގެ
ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު ހިމަނާފައިވާނެއެވެ .މީގެ އިތުރުން ،އެ ލީގަލް ބްރީފްގައި ،ބައިނަލްއަޤްވާމީ އިންސާނީ
ޙައްޤުތަކުގެ ޤާނޫނުތަކާއި އެހެނިހެން ބައެއް ދީމިޤްރާޠީ ޤައުމުތަކުގައި އަސާސީ ޙައްޤެއްގެ ގޮތުގައި މި ޙައްޤު ލިބިދީފައިވާ
ގޮތުގެމައްޗަށް ޙުލާޞާގޮތެއްގައި ބަލާލުމާއެކު ،އެއްވެ އުޅުމުގެ ޙައްޤު އިތުރަށް ތަފްޞީލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނު
ނަންބަރު ( 1/2013ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި 2016 ،ވަނަ އަހަރު މި ޤާނޫނަށް
ގެނެވުނު އިޞްލާޙުގެ މައްޗަށް ތަފްޞީލު ކޮށްފައިވުމާއެކު ،އެ ލީގަލް ބްރީފުގައި ކޯވިޑް 19-ފަދަ ޞިއްޙީ ކުއްލި ނުރައްކަލުގެ
ޙާލަތްކުގައި އެއްވެ އުޅުމުގެ ޙައްޤު ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ ގުޅޭ މަޢުލޫމާތުވެސް ހިމަނާފައިވާނެއެވެ.
308
މީގެ
އިތުރުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ދިމިޤްރާޠީ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފަކަމަށް ވުމާއެކު،
ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރުތަކުގައިވެސް ،ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަކީ ،ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ
މުއާހަދާގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަން މި ލީގަލް ބްރީފްގައި ފާހަގަކޮށްފައިވާނެއެވެ.
203.ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މޯލްޑިވްސް ހިއުމަން ރައިޓްސް ރިޕޯޓު 2020ގައި ބަޔާންކޮށްފައިވާ ގޮތުގައި
ދިވެހިރާއްޖޭގެ ބައެއް ޞިނާޢަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްވެއުޅުމުގެ މިނިވަންކަން ވަނީ ހަނިކޮށްފައެވެ.
މީގެ ތެރޭގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންނާއި ،އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ،އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު
ޞިނާޢަތުކަމުގައިވާ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާކަން
ފާހަގަކޮށްފައިވެއެވެ.
309
204.މުޒާހަރާގެ ކަންކަން ކުރިއަށްގެންދަނީ އެއްވުމުގެ އެންމެހާ ބައިވެރިންގެ އިންސާނީ ޙައްޤަކަށް އުނިކަން ނާންނާނޭ ފަދައިން
ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން ‘ޕްރޮޓެސްޓް މޮނިޓަރ’ ކުރުމުގެ
މަސައްކަތް ވާނީ ކުރެވިފައެވެ.
އެގޮތުން ،ހުޅުމާލޭ ދަނބުގަސްމަގާއި ސައިމާ މަގުގައި އައިލެންޑް އެކްސްޕާޓަށް ނިސްބަތްވާ
ބިދޭސީ މަސައްކަތްތެރިން 2020ޖުލައި 13ވަނަ ދުވަހު ،އެ މީހުންނަށް 7މަސްދުވަހުގެ މުސާރައާ ޢިނާޔަތްތައް ނުލިބޭކަމަށް
ބުނެ ވަނީ މުޒާހަރާކޮށްފައެވެ .މި މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބި އާންމުންގެ މުދަލަށް
ގެއްލުން ލިބިފައިވާކަމާއި ،މި މުޒާހަރާ ކޮންޓްރޯލްކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ޙަރަކާތްތެރި ވެފައިވީނަމަވެސް ،ފުލުހުންގެ
ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވެއެވެ .އަދި މި މައްސަލަ ވަނީ ކޮމިޝަނުން ލޭބަރ
ރިލޭޝަންސް އޮތޯރިޓީގެ ސަމާލުކަށް ގެނެސްފައެވެ.
310
205.އެއްވެއުޅުމުގެ ޙައްޤާ ގުޅުންހުރި 8މައްސަލައެއް ،ޤާނޫނު ނަންބަރު ( 6/2006ހިއުމަންރައިޓްސް ކޮމިޝަނުގެ ޤާނޫނު)
ޤާނޫނު އަދި ޤާނޫނު ނަންބަރު ( 13/2013އެންޓި ޓޯޗަރ ޤާނޫނު )2013ގެ ދަށުން ތަޙްޤީޤުކޮށްފައިވެއެވެ .އެއްވެއުޅުމުގެ
މިނިވަންކަމާގުޅޭގޮތުން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކަކީ އެއްވުން ރޫޅާލުމުގައި އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ބާރުގެ
ބޭނުންކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ކަން ފާހަގަކުރެވެއެވެ .މައްސަލަތައް ބެލުމުގައި ،ކޮމިޝަނަށް ދިމާވި
ގޮންޖެހުންތަކުގެ ތެރޭގައި ،އެއްވުންތައް ރޫޅާލުމަށް ފުލުހުން ޢަމަލުކުރާ ވަކި އުސޫލެއް ލިޔެވިފައި ނެތުމުން ،އެއްވުން
ރޫޅާލުމުގައި ފުލުހުން ޢަމަލުކުރާގޮތް ތަޙްޤީޤުކުރަން އުނދަގޫވުމާއި ،އެއްވުންތައް ރޫޅާލުމުގައި ފުލުހުން ޢަމަލުކުރާގޮތް ވީޑިއޯ
ރިކޯޑްކޮށްފައި ނުހުރުން ހިމެނެއެވެ .މި މައްސަލަތައް ބެލުމުގައި ،ހާދިސާތައް ހިނގާފައިވާ ސަރަހައްދުތަކަށް ގޮސްގެން މަޢުލޫމާތު
އެއްކުރުމާ ،ގުޅުންހުރި މުއައްސަސާތަކުން ގުޅުންހުރި ލިޔެކިޔުން ހޯދައިގެން އަދި މައްސަލައާ ގުޅުންހުރި ފަރާތްތައް ކޮމިޝަނަށް
ހާޒިރުކޮށްގެން ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާފައިވާނެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
61