178.އެހެންމީހުންނާ އެއްހަމައެއްގައި އެއްވެސް ތަފާތުކުރުމެއްނެތި ފަސޭހަކަމާއެކު މަސައްކަތްކުރުމުގެ މަގު ނުކުޅެދުންތެރިކަން
ހުންނަ މީހުންނަށް ތަނަވަސްވެފައި ނުވާކަން ފާހަގަކުރެވެއެވެ .ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ދިވެހި އާބާދީގެ
ނުކުޅެދުންތެރިކަން ( 5އަހަރުން މަތީގެ އާބާދީ) ހަޔަސް 2019ގައި ޝާއިޢުކޮށްފައިވާ ގޮތުން އެވްރެޖްކޮށް މުވައްޒަފަކަށް
ގަޑިއިރަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އާމްދަނީ އާދައިގެ މީހަކަށް ލިބޭވަރަށްވުރެ
މަދުކަން ފާހަގަކޮށްފައިވެއެވެ.
252
179.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރު ތަރައްޤީ ކުރެވިފައިނެތުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނުކުމެ އާމްދަނީ ހޯދުމަށް
ހުރަސްތަކާ ކުރިމަތިވެފައިވެއެވެ 2016 .ވަނަ އަހަރު ސަރުކާރުން ވަނީ ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ
ފުރުޞަތުތަނަވަސް ކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.
253
އެހެންނަމަވެސް ވަޒީފާއަދާކުރާ މާހައުލަކީ އެންމެން
ޝާމިލްކުރުވަނިވި މަސައްކަތުގެ މާހައުލްތަކަކަށް ހެދުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ވަޒީފާއަދާކުރާ ތަންތަނުގައި ޤާއިމުނުކޮށް،
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ވަޒީފާ ލިބުނު ނުކުޅެދުންތެރިކަން ހުންނަ
ބައެއް މީހުން ވަޒީފާގައި ދެމިނުތިބުމެވެ.
254
.10ހިއުމަން ޓްރެފިކިންގ
ޤާނޫނު ނަންބަރު ( 12/2013މީހުން ޓްރެފިކްކުރުން
ހުއްޓުވުމުގެ ޤާނޫނު)ގައި މީހުން ޓްރެފިކްކުރުމަކީ ކުށެއްކަމާއި
މީހުން ޓްރެފިކްކުރުމަކީ ކޮބައިކަމާއި އެކްސްޕްލޮއިޓޭޝަން
ހިމެނޭ ގޮތަށް މީހުން ޓްރެފިކްކުރުމަކީ ކޮބައިކަން ދިވެހިރާއްޖޭގެ
255
ޤާނޫނީ އޮނިގަނޑުގައި ކަނޑައަޅާފައިވެއެވެ.
މުޢާހަދާގެ 6ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ބައިވެރިވާ
ގައުމުތަކުން އަންހެނުން ގަނެ ވިއްކުން ނައްތާލައި އަދި
އަންހެނުން ނާސީންގެ ގޮތުގައި ބޭނުންކުރުން މަނާކުރުމަށްޓަކައި
އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ތެރޭގައި ޤާނޫނީ ފިޔަވަޅު
އެޅުންވެސް ހިމެނޭކަމަށެވެ.
ޤާނޫނު ނަންބަރު ( 12/2013މީހުން ޓްރެފިކްކުރުން
ހުއްޓުވުމުގެ ޤާނޫނު) އަށް ވަނީ ދެވަނަ އިޞްލާޙު
ގެނަވިފައެވެ .މި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި
12ވަނަ މާއްދާގެ ދަށުން މީހުން ޓްރެފިކްކުރުމާ ގުޅޭގޮތުން
ހުރި ބައިތަކާއި 13 ،ވަނަ މާއްދާގައި އެކްސްޕްލޮއިޓޭޝަންގެ
ޢަމަލެއް ހިންގުމާ ގުޅޭގޮތުން ހުރި ބައިތައް އަދި 14ވަނަ
މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުމާ ގުޅޭގޮތުން ހުރި ބައިތައް
އިތުރަށް ތަފްސީލްކޮށްފައިވެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ
35ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެއްވެސް
ގޮތަކަށް އަދި އެއްވެސް ސަބަބަކާހުރެ ނުވަތަ ބޭނުމަކާހުރެ
ކުޑަކުދިން ވަގަށް ނެގުމާއި ވިއްކުން ނުވަތަ ކުޑަކުދިން
ވިއްކުމުގެ ވިޔަފާރިއެއް ހިންގިޔަ ނުދިނުމަށްޓަކައި ފިޔަވަޅު
އަޅަންވާނެ އެވެ .އަދި 36ވަނަ މާއްދާގައި ކުޑަކުއްޖާގެ
ވެލްފެއަރއަށް އެއްވެސް އުނިކަމެއް ލިބިދާނެކަންކަމުން ނުވަތަ
ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަމުން ،ކުއްޖާ ޚިމާޔަތް
ކޮށްދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ
މުޢާހަދާގެ 8ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެއްވެސް މީހަކު
އަޅުވެތިކަމުގައި ގެންގުޅެގެންނުވާނެކަމަށެވެ .އަޅުވެތިކުރުމާއި
އަޅުންގެ ވިޔަފާރިއަކީ ،އޭގެ ހުރިހާ ބާވަތެއްވެސް ހިމެނޭގޮތުން،
މަނާކުރެވިގެންވާ ކަންކަމުގައެވެ.
އަންހެނުންނާމެދު ކުރެވޭ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ
54
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަ ް
ނ
ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމްގެ
ކަމުގައިވާ ޕްރޮޓޮކޯލް ޓު ޕްރިވެންޓް ،ސަޕްރެސް
ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ
ޗިލްޑްރަން ތަސްދީޤުކޮށްފައިވަނީ 2015ވަނަ
އ��ގެއިންސްޓް
ޕްރޮޓޮކޯލްއެއް
އެންޑް ޕަނިޝް
ވިމެން އެންޑް
އަހަރުއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ